20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މަޖިލިސް ރައީސް ބޭރުކުރުން

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

  • މަސީހުއާ މެދު ގިނަ މެންބަރުން ހިތްހަމައެއް ނުޖެހޭ
  • މަސީހު ބޭރުކުރުމުން، ރައްޔިތުންނަށް މެޖޯރިޓީ ލިބުނީ
އަޒުމޫން އަހުމަދު | azmoon_ahmed

| 8 މާރޗް 2017 | ބުދަ 22:02 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު -- ޓްވިޓަރ

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް އިއްވުމަށް ރައްޔިތުން އައްޔަން ކޮށްފައިވާ މަންދޫބުންތަކުގެ މަޖިލީހެކެވެ. ރައްޔިތުންގެ ޚިޔާލާއި ބަސް, ވެރިންނާ ހަމައަށް ފޮރުކޮށްދިނުމުގެ އާރުކާޓީންނަކީ މަޖިލިސް މެންބަރުންނެވެ. ރައްޔިތުންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ މެދު ސަރުކާރު ޖަވާބުދާރީކުރުމަކީ މެންބަރުންގެ ޒިންމާއެކެވެ.

ނަމަވެސް، މިއަދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިދިކީލަކޮށް، ދިމާ ބަޅުކޮށް ހިނގަމުންގޮސް، ބޭއިންސާފާއި އަނިޔާވެރިކަން މިވަނީ އާންމުވެފަ އެވެ. ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ނާޖާއިޒު ފައިދާ ލިބިގަތުން އިންތިހާ އަށް ގޮސްފި އެވެ. ރައްޔިތުންގެ ބައިތުލްމާލުގެ ފޫކަހާލައި، ރައްޔިތު މީހާގެ ކަރަށް އަތްބާނައި ގޮހޮރު ދަމައިގަންނަން މިވަނީ ހިފާފަ އެވެ.

މި ހުރިހާ ކަމެއް އިންތިހާއަށް ދިއުމުގެ ޒިންމާ އުފުލަންޖެހެނީ ރައްޔިތުންގެ ޚާދިމުން ކަމަށް ހެދިގެން މަޖިލީހަށް ވަދެ ތިބި މެންބަރުންނެވެ. ޚާއްސަކޮށް މަޖިލީހުގެ ރިޔާސަތުންނެވެ. ރައްޔިތުންގެ ބަސް އިއްވުމަށް މެންބަރުންނަށް ހުރަސް އަޅައި، ސަރުކާރުން ފޮނުވާ ކޮންމެ އެއްޗެއް އޮމާންކޮށް ފުށް ޖަހައިގެން  ފާސްކޮށް ގާނޫނު ހަދައި ރައްޔިތުން ނިކަމެތި ކޮށްލުމުގެ ޒިންމާ ރިޔާސަތުން އުފުއްލަވަން ޖެހެ އެވެ.

ރައްޔިތުންގެ ބަސް ވެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް މެންބަރުން ކުރައްވާ މަސައްކަތްތަކަށް ރިޔާސަތުން ކިތަންމެ ފަހަރަކު ހުރަސް އަޅާފައި އެބަހުއްޓެވެ. އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް އަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ނުދެއްވާ، އެ ފުރުސަތު އެހެން މެންބަރުންނަށް ދެއްވާފައި އެބަހުއްޓެވެ. މަޖިލީހުގައި މެންބަރުން ދައްކަވާ ވާހަކަތަކަށް ރިޔާސަތުގައި އަބްދުﷲ މަސީހު އިންނަވައިގެން ވަރުގަދަ ރައްދު ދެއްވާފައި އެބަހުއްޓެވެ.

މަސީހުގެ ނެވިކަމުގެ ދަށުގައި ރައްޔިތުންގެ މަޖިލީހުގެ އޮޑި ދުއްވަމުން ދަނީ ރައްޔިތުންނާއި ވީހާ ވެސް ފެޔަކަށެވެ. މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ރައްޔިތުން މާޔޫސްކުރުމުގެ ސިޔާސަތު ދަމަހައްޓައި، ރައްޔިތުން ބިކަކުރުމުގެ ފަލްސަފާއެއް ދިރުވަމުންދާ ތަނަކަށް މަޖިލީސް ބަދަލުވެއްޖެ އެވެ. މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި ސިޔާސީ އެޖެންޑާތައް ފަތުރައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާއިރު، އެ މުއައްސަސާތަކުގެ ވެރިން "ސައިޒު" ކުރެވޭނެ ހުރިހާ މަގުތަކެއް މިވަނީ ބަންދުކުރުވާފަ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު އަޒުލުކޮށްފިނަމަ، ރައްޔިތުންނަށް ބާރުތައް ލިބުމުގެ މަގު ފަހުވެގެންދާނެ އެވެ. ވެރިކަމުގެ ފުށުން ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމާއި ބޭއިންސާފަށް ނިމުމެއް ގެނެއުމުގެ ބާރު ލިބިގެންދާނެ އެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނާއި މިނިސްޓަރުންނާއި ބާރުވެރިންނާ ހިސާބަށް ގާނޫނުގެ ދިގު އަތް ނުފޯރާ އޮތް އޮތުމަށް ނިމުމެއް އައިސް، ގާނޫނުގެ ހަގީގީ ބާރުވެރިކަން ދައްކާލުމަށް ފަހި ފުރުސަތެއް ލިބިގެންދާނެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރެވިއްޖެނަމަ އޭގެ މާނައަކީ މެންބަރުންތައް ސަރުކާރަށް ނޫނެކޭ ބުނާ ކަމެވެ. އަބުރުގެ ގާނޫނުން ފެށިގެން އެއްވެ އުޅުން މަނާކުރި ގާނޫނާއި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ފާސްކުރި ގާނޫނު ފަދަ ގާނޫނުތައް އުވާލުމުގެ ބާރު އެ ލިބުނީ އެވެ. ސަރުކާރުން ފޮނުވާ ހަމަ ކޮންމެ ބިލެއް ފާސްކޮށް، ރައްޔިތުންނާ މެދު ވިސްނާލުމެއް ނެތި ހިންގަމުން އައި ޖަރީމާތަކަށް ނިމުމެއް އައީ އެވެ.

ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ހުރިހާ މައްސަލަތަކުގެ ފެށުން މަޖިލީހުން އައިސްފައިވާއިރު، މަސީހު އަޒުލުކުރުމަކީ ރައްޔިތުންނަށް ބާރުލިބުމުގެ ފުރުތަމަ ނިޝާނެވެ. ނަމަވެސް، މަސީހު ބޭރުކޮށްލެވޭ ވަރުގެ އަޣްލަބިއްޔަތެއް އިދިކޮޅުގައި ތިބި ފަރާތްތަކަށް ހަމަ ލިބިދާނެތޯ އެވެ؟ ރައީސް ޔާމީން ދެން ކުޅުއްވާނީ ކޮން ކާޑެއްތޯ އެވެ؟ މި ސުވާލުތަކަށް ޖަވާބު ލިބެން މާގިނަ ދުވަހެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް