16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ދިވެހި ފިލްމް

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

  • ކޯޓުގައި ޖަވާބުދާރީ ވެފައި ވަނީ ވަކީލުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 މާރޗް 2017 | ބުދަ 16:06 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ވިޝްކާގެ ޕްރޮމޯޝަނަލް ޕޯސްޓަރު -- ފޭސްބުކް

ބުދަ ދުވަހު ހަވީރު ޝްވެކް ސިނަމާގައި ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކްވެރިކަން ކަށަވަރު ކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ފިލްމްގެ ޕްރޮޑިއުސަރ އައިޝާތު ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ އެވެ.

 

ރިޝްމީގެ ފަރާތުން އަންގާރަ ދުވަހު ކޯޓުގައި ޖަވާބުދާރީ ވެފައި ވަނީ އޭނާގެ ވަކީލުންނެވެ.

 

ކޯޓުގައި ހިނގަމުންދަ މައްސަލއަކަށް ވާތީ އެއްވެސް ކޮމެންޓެއް ކުރަން މިވަގުތު ބޭނުން ނުވާ ކަމަށް ރިޝްމީ ބުންޏެވެ.

 

ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ވިޝްކާ" އާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައި ވަނީ އާދީއްތަ ދުވަހު ކަމަށެވެ. ދެން އެ މައްސަލަ ފޮނުވާނީ ޑިސްޕިއުޓް މަރުހަލާ އަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލަ ޝަރީޢަތަށް ފޮނުވާނީ ދެ ފަރާތް ވާހަކަ ދައްކައިގެން ހައްލެއް ނުލިބިއްޖެ ނަމަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވިޝްކާގެ ވާހަކަ އާއި ސްކްރީން ޕްލޭގެ މިލްކުވެރިކަން ކަށަވަރު ކުރުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކެމެރާމަން ހަސަން ހަލީމް (ކޮކޯ ހަސަން) އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޮކޯ ހަސަން ބުނެފައިވަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށް ގަބޫލު ކުރެވޭތީ މިލްކްވެރިކަން ސާބިތު ކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެކަން ސާބިތު ކުރާނެ ކަމަށެވެ.

މި މައްސަލާގައި ފިލްމްގެ ޕްރޮޑިއުސަރ އަދި ބަތަލާ ރިޝްމީ ކުރިން ބުނެފައި ވަނީ "ވިޝްކާ"އަކީ ހަސަންގެ ހައްގެއް ނަމަ ފިލްމުގެ މަސައްކަތް ކުރިއަށް ދިޔައިރު ހުއްޓުވަން ނޫޅުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އެފިލްމަކީ ރިޝްމީގެ އެއްޗެއް ނޫން ކަމަށް ވެއްޖެ ނަމަ އެހާ ބޮޑު ޚަރަދެއް ކުރަންވީ ކީއްވެތޯ ކަމަށް އޭނާ ބުންޏެވެ.

ވިޝްކާގެ ސްޓޯރީގެ މައްސަލަ ޖެހިފައިވާއިރު ފިލްމްގެ ޕްރޮމޯޝަނަލް ޓްރެއިލާ ދެއްކިއިރު އެފިލްމްގެ ސްކްރިޕްޓް ލިޔުނު ކަމަށް ބުނާ އަހުމަދު ޒަރީރަށް ކްރެޑިޓް ދީފައި ނުވާ ކަމަށް ބުނެ އެމައްސަލަ ވެސް ވަނީ ހޫނު ވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހަކަށް ވާއިރު ޒަރީރުގެ މަސައްކަތަށް ކްރެޑިޓް ދޭން ނުޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މީގެ އިތުރުން ރަވީ ބުނީ ފިލްމްގެ ޝޫޓިންތައް ކުރިއަށް ދިޔައިރު ސްކްރިޕްޓަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ފިލްމް ބަލައިފި ނަމަ ޒަރީރަށް އެކަން އެނގިގެން ދާނެ ކަމަށް ރަވީ ބުންޏެވެ.

އެހެން ކަމުން ޒަރީރަށް މި ފިލްމްގެ ކްރެޑިޓް ދޭނަމަ ފިލްމްގެ ޑައިރެކްޓަރ ރަވީ އަދި ޕްރޮޑިއުސަރ ރިޝްމީއަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މި މައްސަލާގައި ޒަރީރާ އެކު ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ރަވީ ވަނީ ގޮވާލާފައެވެ.

މި ފިލްމުގެ ޓައިޓިއުލާ ރޯލުން ރިޝްމީ ފެނިގެނދާއިރު ދެން މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.

ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ. މި ފިލްމް މިވަގުތު އަޅުވަނީ ޝްވެކް ސިނަމާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް