19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

އާލިއާ ބަޓް

ހަމްސަފަރްގެ އަންހެން އަޑަކަށް އާލިއާ

  • ލަވަ ރިކޯޑް ކުރީ ފޭނުންގެ އެދުމަށް
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 7 މާރޗް 2017 | އަންގާރަ 18:05 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


އާލިއާ ބަޓް -- ގޫގުލް

ބޮލީވުޑްގެ ޒުވާން އެކްޓްރެސް އާލިއާ ބަޓްއަކީ މީގެ ކުރިން އޭނާގެ ފިލްމުތަކަށް މޮޅެތި ލަވަތަކެއް ކިޔައިދިފައިވާ ބަޠަލާއެކެވެ.

އާލިއާގެ އަޑުން އާންމުންނާ ހަމައަށް ގެނެސްދީފައިވާ ލަވަތަކުގެ ތެރޭގައި، "ހަމްޓީ ޝަރްމާ ކީ ދުލްހަނިޔާ" އަށް އޭނާ ކިޔައިދީފައިވާ "ސަމްޖާވާ" އާއި، "ހައިވޭ"ގެ "ސޫހާ ސަހާ"ގެ އިތުރުން "އުޅްތާ ޕަންޖާބް"ގެ "އިކް ކުޅީ" އާއި "ޑިއަރ ޒިންދަގީ"ގެ ޓައިޓަލް ޓްރެކްގެ "ކްލަބް ރިމިކްސް" ހިމެނެއެވެ.

ނަމަވެސް އާލިއާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު، "ބަދްރިނާތު ކީ ދުލްހަނިޔާ" އަށް އޭނާ ލަވައެއް ނުކިޔުން ހާމަވެގެން ދިއުން ވީ އާލިއާގެ ފޭނުންނަށް ޤަބޫލުކުރަން ދަތިވި ކަމަކަށެވެ. އެ ފިލްމަށް އާލިއާ ލަވައެއް ނުކިޔާ ޚަބަރު ފެތުރިގެން ދިއުމާ އެކު، އާލިއާއަށް ތާޢީދުކުރާ ފަރާތްތަކުން، WewantHumsafarbyAlia ގެ ނަމުގައި ކެމްޕެއިނެއް ފެށިއެވެ.

މި ކެމްޕެއިނަށް ފަހު، ފިލްމު އުފައްދާ ފަރާތްތަކުން ފޭނުންގެ ބަސް ޤަބޫލުކޮށް، މި ފިލްމަށް އަކިލް ސަޗްދޭވާ ކިޔައިދީފައިވާ ލަވަ، "ހަމްސަފަރް" މިހާރު ވަނީ އުމުރުން 23 އަހަރުގެ އެކްޓެރެސް، އާލިއާގެ އަޑުން ވެސް ރިކޯޑް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ލަވައަށް ޚާއްސަ ވީޑިއޯއެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

އާލިއާގެ އަޑުން ރިކޯޑްކޮށް، އާލިއާ އާއި ވަރުން ދަވަން އެކްޓްކުރާ މި ލަވަ އާންމުކޮށް، ޓިވީ ޗެނަލްތަކުން ދައްކަން ފަށާނީ، ފިލްމު ރިލީޒްކުރުމަށް ފަހުއެވެ.

"ބަދްރިނާތު ކީ ދުލްހަނިޔާ" އަށް އާލިއާ ލަވައެއް ރިކޯޑް ކޮށްފައިވާއިރު، ކުރިއަށް އޮތް އޭނާގެ ދެ ފިލްމު ކަމުގައިވާ، ރަންބީރު ކަޕޫރާ އެކު ކުޅޭ، އާޔަން މުކަރްޖީގެ ސުޕަހީރޯ ފެންޓަސީ އެޑްވެންޗަރ ފިލްމު، "ޑްރެގަން" އާއި، ރަންވީރު ސިންގާއި އެކު ކުޅޭ ޒޯޔާ އަޚްތަރުގެ މިއުޒިކަލް "ގަލީ ބޯއީޒް" އަށް ވެސް ލަވަކިޔަން ބޭނުންވާކަން އާލިއާ ބަޓް ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް