19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ވެށި ތަޣައްޔަރުވުން

ވެށި ތަޣައްޔަރުވުމުގެ ސަބަބުން، 1.7 މިލިއަން ކުދިން މަރުވޭ

  • ދުނިޔޭޣެ އެއްބައިކުޅަ ހަތަރުބއި ކުޑަކުދިން މަރުވަނީ ނުސާފު ފެނާއި ވައިގެ ސަބަބުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 7 މާރޗް 2017 | އަންގާރަ 13:38 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


ވައި ތަޣައްޔަރުވުން -- ގޫގުލް

ތިމާވެށީގެ މައްސަލަތަކަކީ ދުނިޔޭގެ ތަފާތު އެކި ހިސާބުތަކަށް ދިމާވެފައިވާ، ހައްލު ކުރުމަށް ގޮންޖެހުންތަކެއް ހުރި މައްސަލަ އެކެވެ. ތަރައްގީއަށް ވާސިލް ވުމަށްޓަކާއި ކުރާ ތަފާތު ކަންކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާ މައްސަލަކީ އެތައް ބަޔަކު ދައްކަމުންދާ ވާހަކަ އެވެ.

 އެހެން ނަމަވެސް ގިނަ ފަހަރަށް ތިމާވެށީގެ މައްސަލަ ތަކަކީ އަދިވެސް މާ ބޮޑު ސީރިއަސް ކަމެއް ގައުމުތަކުންދޭ ކަމެއް ނޫނެވެ. ނަތީޖާއަކަށް ވަނީ ތިމާވެށީގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، އިންސާނުންގެ ދިރިއުޅުމަށް އޭގެ ނުރައްކާ ކުރަން ފެށުމެވެ.

އެންމެ ފަހުގެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހޯދުންތަކުން ދައްކާގޮތުން ދުނިޔޭގެ ހަތަރު ބައިކުޅަ އެއްބައިގެ، ފަސް އަހަރުން ދަށުގެ ކުދިން މަރުވަނީ މާހައުލު ތަޣައްޔަރު ވުމުގެ ތަފާތު މައްސަލަތަކުގަ އެވެ. އެގޮތުން ގާތްގަނޑަކަށް 1.7 މިލިއަން ކުދިން މިފަދަ ގޮތްގޮތައް ކޮންމެ އަހަރު މަރުވެއެވެ.

ދިރިއުޅޭ ސަރަހައްދު ތަޣައްޔަރުވުމުގެ ސަބަބުން ހީނުކުރާ ސިއްހީ މައްސަލަތައް ކުރިމަތިވެ އެވެ.

"ކުޑަކުދިންގެ ހަށިގަނޑުގެ ގުނަވަންތައް ބޮޑުވުމަށާއި ދިފާއީ ނިޒާމު ބަލިކަށިވެގެންދަނީ ތަޣައްޔަރުވެފައިވާ ވަޔާއި ނުސާފުބޯފެން ބޭނުން ކުރުމުގެ ސަބަބުން" ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ މާގްރެޓް  ޗެން ވިދާޅުވި އެވެ.

ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާގޮތުން އެކުދިންނަށް އާއްމުކޮށް ބޮޑު މީހަކަށް ބޭނުންވާ ވަރަށްވުރެ  އިތުރަށް ކާނާ އާއި ފެނާއި، ނޭވާލާ އިރު ގިނަ އިން ހަޑިގަނޑުގެ ތެރެއަށް ވައި ވަނުމަށް މަގުފަހިވެ އެވެ. އަދި ކުޑަކުދިން ގެއިން ބޭރުގައި ގިނަ ވަގުތު ކުޅުމުގައި އުޅުމުގެ އިތުރުން، އަގަޔަށް އެއްޗެހި ލުމާއި ވެލިގަނޑަށް އަތް ގިނައިންލަ އެވެ. މިކަމުގެ ސަބަބުން  ތަފާތު އެކި ކަހަލަ ބަލިތަކައި، އެކި ކަހަލަ ނުރައްކާތަކަށް ބޮޑެތި މީހުންނަށް ވުރެ އެކުދިންގެ ހަށިގަނޑު ފަސޭހައިން ހުށަހެޅިގެންދެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހޯދި ހޯދުންތަކުން ދައްކާގޮތުން، ފަސް އަހަރުން ދަށުގެ 570،000 ކުދިންނަށް ނޭވާލާ ނިޒާމުގެ ބަލިތަކާއި ނިއުމޯނިއާ ފަދަ ބަލިތައް ކުރިމަތިވެ އެވެ. މި ބަލިތައް ޖެހެނީ ދިރިއުޅޭ މާހައުލުގެ ވައި ތަޣައްޔަރުވުމުގެ ސަބަބުންނެވެ.  އެގޮތުން ސާފުނޫން ތެޔޮ ބޭނުންކޮށްގެން ކެއްކުމުން އަރާ ދުމާއި ދުއްވާ އުޅަނދު ފަހަރުން އަރާ ދުން ހިމެނެ އެވެ.

މީގެ އިތުރުން، 361،000 ކުދިން ސާފުފެން ބޭނުން ނުކުރުމުގެ ސަބަބުން ޑައިރިއާ އާއި ތަފާތު ބޭރަށް ހިނގުމުގެ ބަލިތަށް ޖެހިފައިވެ އެވެ. އަދި 270،000 ކުދިން ކުއްޖާ އުފަންވާ ފުރަތަމަ މަހުގައި މަރުވާ ކަމަށް މި ހޯދުންތަކުން ދައްކަ އެވެ. މިގޮތަށް މަރުވުމަށް މަގުފަހިވަނީ، ދަރިފުޅުގެ މަންމަ އަށް ސާފު ބޯފެނާއި ސާފުވައި ނުލިބުމުގެ ސަބަބުން ނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 200،000 ކުދިން މެލޭރިއާ ފަދަ ބަލިތަށް ޖެހުމުންވެސް ވަނީ މަރުވެފަ އެވެ. މިގޮތަށް ދިމާވަނީ ދިރިއުޅޭ ވެށީގައި މަދިރިއުފެދުމަށް މަގުފަހިވާ ގޮތަށް ފެއް ބެހެއްޓިފައި ހުރުކުމުގެ ސަބަބުން ނެވެ.

މީގެ އިތުރުން 200،000 ކުދިން ގަސްދުގާ ނޫން ގޮތްގޮތަށް ދިމާވާ ހާދިސާތައް ކަމުގައިވާ، ތަންތަނުން ވެއްޓުމާއި، ވިހަވުމާއި، ގެނބުންފަދަ ހާދިސާ ތަކުގައި މަރުވެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސިއްހަތު ޖަމިއްޔާ އިން ވަނީ 75 ޕަސެންޓް ގޭގެއިން ކައްކާދުން ނާރާގޮތަށް ކައްކައިފި ނަމަ ނިއުމޯނިއާ ފަދަ ބަލިތަކުން 46 ޕަސެންޓް ކުޑަކުދިން ސަލާމަތް ކުރެވެ އެވެ.

މީގެ އިތުރުން ސާފު ބޯފެނައި، ފެންވެރުމާ އެހެން ބޭނުންތަކަށް ސާފު ފެން ބޭނުން ކޮށްފި ނަމަ، 45 ޕަސެންޓް ކުދިން ޑައރިއާ ފަދަ ބަލިތަކުން ސަލާމަތްވެގެންދާނެ އެވެ.

މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފަރުދީފެންވަރުގަޔާއި، އަދި ގައުމީ ފެންވަރުގާވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އެގޮތުން ސާފުތާހިރު ދިރިއުޅުމެއްގެ އިތުރުން ތަފާތު ނުރައްކާ ވިހަ ގޭސްތައް މީހުން ދިރިއުޅޭ ސަރަހައްދުގައި ނާރާނޭ ފަދަ ގޮތަކަށް މުޖުތަމައުގެ ކަންކަން ބައްޓަންކުރެ އެވެ. މިކަމަކީ ސީރިއަސް މައްސަލައެއް ގޮތުގައި ނުދެކޭ ނަމަ، މިކަމުގެ ސަބަބުން އިންސާނުންނަށް ދިރިއުޅުމުގެ ހައްގު ގެއްލިގެން ހިނގައިދާނެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް