24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ސިޔާސީ ލީޑަރުން

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

  • އިސްލާހަށް ނިކުތް ރައްޔިތުން މާޔޫސްވީ ސިޔާސީ މީހުންގެ ސަބަބުން
  • ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެތައް ހައްގުތަކެއް ނިގުޅައިގެންފި
ސަހުބާން ފަހުމީ | sahubaan

| 7 މާރޗް 2017 | އަންގާރަ 06:37 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ އުއްޗުއާ އެކު ބައެއް ސިޔާސީ ލީޑަރުން ފަރިއްކޮޅެއްގައި -- ގޫގުލް

ޤައުމުގައި މައްސަލަ ހުރި ކަމުގެ ވާހަކައަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ޖުމްލަ ގޮތެއްގައި ޤަބޫލުކުރާ ވާހަކައެކެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހުރި މައްސަލަތަކާއި އަދި "މިނިވަން" ބޯޑު އަޅުވާފައިވާ އެކި މުއައްސަސާތަކުގައި ވެސް މައްސަލަތައް ހުރި ކަމަށް ހުރިހާ ކުލައެއްގެ ރައްޔިތުން ވެސް ޤަބޫލުކުރެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިން ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤުތައް ހަނިކުރަމުން ގެންދާ އިރު ގިނަ ރައްޔިތުންނަށް އެކަމެއް ނޭނގެއެވެ. ނުވަތަ އެނގޭކަށް ބޭނުމެއް ވެސް ނުވަނީއެވެ. ގިނަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި "އަބުރު ރައްކާތެރިކުރުމުގެ ގާނޫނު" އެއީ ނޫސްވެރިންނަށް އަމާޒުކޮށްގެން ފަރުމާ ކޮށްފައިވާ އެއްޗެކެވެ. އެއީ ނޫސްވެރިން "ހަމަ މަގަށް" އެޅުވުމަށް ކުރެވޭ މަސައްކަތެކެވެ.

އެހެން ނަމަވެސް ކަމުގެ ހަގީގަތަކީ މިއީއެވެ. އަބުރުގެ ގާނޫނު ވުޖޫދަށް އައުމުން ނޫސްވެރިއެކޭ އެއްފަދައިން އާންމު ރައްޔިތުންނަށް ވެސް ގެއްލުމާއި ނުރައްކާ ކުރިމަތިވީއެވެ. ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެއްކޮށް ހަނިވެގެން ހިނގައްޖެއެވެ.

ރައްޔިތުންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް ހަނިކުރަމުން ދާއިރު، އެ ޤާނޫނުތައް ފާސްކުރަން މަޖިލީހުގައި ތިއްބަވާ މެންބަރުންގެ ޙައްޤުތައް އިތުރުވެގެން ދަނީއެވެ. މަޖިލީހުގެ ކޮންމެ މެންބަރަކަށް ކާރެއް ދޭ ވާހަކަ އާއި، އެބޭފުޅުންގެ މެޑިކަލް އިންޝުއުރެންްސް އިތުރުކުރާ ވާހަކައެވެ. ނުވަތަ ކޮންމެވެސް އެލަވެންސެއް ނުވަތަ އެބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަކުރާ ވާހަކައެވެ.

މިއީ ދައްކަން އެހާ "ރައްކާތެރި" ވާހަކައެއް ކަމަށް ފަހަރެއްގައި ނުވެދާނެއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ މުދަލުން 1.2 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް މިވަނީ ކޮށްފައެވެ. ދިވެހިރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ޤާނޫނު ފާސްކޮށްފިއެވެ.

ފުލުފުލުގައި ޖަލު ޙުކުމްތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ސިޔާސީ ލީޑަރުންގެ ޙައްޤުގައި ވާހަކަ ދައްކައިފި ނަމަ އެއީ ޝަރުޢީ ދާއިރާގެ އަގުވައްޓާލަން މަސައްކަތް ކުރާ މީހެކެވެ. ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް އެނގޭ މީހާ ވެސް، ތިމާއަށް ލިބޭ މަންފާއަކަށްޓަކައި އެވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އެވާހަކަ ދައްކަން ފަށަނީ އަމިއްލަ އަށް ނުވަތަ ތިމާގެ މީހަކު އެކަން ތަޖުރިބާ ކުރަން ޖެހޭ ހިސާބުންނެވެ.

ގައުމުގެ އަދުގެ ހާލަތަށް ބަލާއިރު ޓްވީޓެއްކޮށްގެން ނުވަތަ ފޭސްބުކްގައި ލިޔާ ލިޔުމަކުން މިދަނީ ކުށްވެރިވަމުންނެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެ، މާތް ﷲ ދުޢާ ދެންނެވުން މިވަނީ މިގައުމުގެ އެންމެ ބޮޑު ކުށައް ވެފައެވެ. ދެތިން މީހަކު އެއްތަނަކަށް އެއްވެލިއަސް ފުލުހުން ނިކުމެ ރޫޅާލަނީއެވެ.

މިހުރިހާ ކަމެއް މިހެން އޮތަސް، ވަކި ބަޔަކު ބޭނުންވީމާ ދިވެހިން ވާވައްދައިގެން ކުޅިވަރާއި މަޖަލުގެ ކަނޑަށް ގަންބާލައެވެ. ފަހަރުގައި މިއީ ދިވެހިން ބޭނުންވާ ގޮތެވެ. ނޫނީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ދިވެހިން އިތުބާރު ނުކުރާތީ މާޔޫސް ކަންމަތީގައި ތިބީ ކަމަށް ވެދާނެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޚުގައި ތިބި ފަރާތްތަކަށް ރައްޔިތުން އިތުބާރު ނުކުރަނީ އެމީހުންގެ ބަހާއި ޢަމަލާ ދިމާ ނުވާތީއެވެ. ސީދާ ރައްޔިތުންނަށް ގެއްލުން ހުރި ކަންކަން ކުރުމަށް އެމީހުން ޖެހިލުން ނުވާތީއެވެ. ސިޔާސީ މީހުން އަބަދުވެސް ބަލަނީ އެމީހުންނަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. މިއީ ހަމައެކަނި ރާއްޖޭގައި މިކަން ހިނގާ ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެއީ ރައްޔިތުންނަށް ހަރާންކޯރުވުމަށް ދެއްކޭނެ ޙުއްޖަތެއް ނޫނެވެ.

ހުރިހާ ސިޔާސީ މީހުންގެ ލަވައަކީ، މިއީއެވެ. ތިމަންނާ މެންގެ މަސައްކަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވަނީ ވެސް ހަމަ ރައްޔިތުންނަށް ހެޔޮ އެދިގެން ކަމަށެވެ. އެ ބަދަލަށް ފަހު، އެ ބޭފުޅަކަށް ކުއްލިއަކަށް މިލްކު ކުރައްވާ ބިންތަކާއި ފްލެޓްތަކުގެ ވާހަކަ އަކީ ރާއްޖޭގެ ރައްޔިތުންނަށް އާ ވާހަކައެއް ނޫނެވެ.

މެއި 1، 2015 ގައި މާލޭގެ މަގުތަކުން ފެނުނު މަންޒަރުން މަޖުބޫރީ ޙާލަތުގައި ސަރުކާރުން މަޝްވަރާގެ މޭޒު އިޚްތިޔާރު ކުރިއެވެ. ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ފަރާތްތަކުން ވެސް ސަރުކާރާ ވާހަކަ ދައްކަން އެއްބަސްވިއެވެ.

އެ މަޝްވަރާތަކާ އެކު ދެން ފެނިގެން ދިޔައީ ސަރުކާރުން ބޭނުންވާ ކަންތައް މަޖިލީހުން ފާސްކުރުމަށް، އެމްޑީޕީން އެހީތެރިވާން ފެށި މަންޒަރެވެ. ޖަލުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު ވެސް ކުއްލިގޮތަކަށް ގޭބަންދަށް ބަދަލު ކުރެވުނު ތަނެވެ.

އެ ދުވަސްވަރު ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ދޫކުރިކަމުގެ ލިޔުމެއް ދޫކުރިއެވެ. އެކަން މީޑިޔާތަކަށް ތިލަވީ، ސަރުކާރުން ބޭނުންވި ކަންތައް ޙާސިލްވުމުން އެމްޑީޕީ އަށް ކެހި ދިން ހިސާބުންނެވެ.

އޭރު ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙާއި، ނައިބު ރައީސްކަމަށް އަދީބު ގެންނަށް އެމްޑީޕީ މަޖިލިސް މެންބަރުންގެ ތާއީދު ހޯދާފައެވެ. އެކަން ހަމަ ހާސިލްވުމާ އެކު އެމްޑީޕީ "ފޮޅާލީ"އެވެ. ރައީސް ނަޝީދު ވެސް ޖަލަށް ބަދަލު ކުރީއެވެ.

އެމަނިކުފާނަށް ދޫކުރި ކަމަށް ބުނާ "ގޭބަންދަށް ދޫކުރި ކަމުގެ ލިޔުން" އެއީ ސައްޙަ އެއްޗަކަށް ވެސް ނުވީއެވެ.

ފުލުހުން މިހާރު ވެސް އެއީ އަސްލު ލިޔުމެއްތޯ ބެލުމަށް މަސައްކަތް ކުރަމުން ގެންދާ އިރު އެ ލިޔުން ދޫކުރީ އަދީބު އަޑީގައި ހުންނަވައިގެން ކަމަށް ދޭހަވާ ގޮތަށް ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ އާއި އަދީބު ގުޅިގެން މަޝްވަރާކުރެވުނު ވާހަކަ ވެސް މީޑިޔާތަކަށް ތިލަވިއެވެ. އަދީބު ނައިބު ރައީސްކަމަށް ގެންނެވުމަށް ވެސް ވޯޓު ދެއްވި އެމްޑީޕީގެ މަޖިލިސް މެންބަރުން އެކަމާ ބެހޭ ގޮތުން މާގިނަ ވާހަކަތަކެއް ނުދައްކަވައެވެ. ޤައުމާއި މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވެސް ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީ އާއި އަދީބު ގުޅިގެން މަސައްކަތް ކުރި ކަމަށް ވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކާ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަށް ތާއީދު ލިބުން ވެގެން ދިޔައީ، ސަރުކާރާ ދެކޮޅަށް ނިކުމެ ތިބި ރައްޔިތުންގެ ހިތް "މަރުވި" ކަމަކަށެވެ.

ޤައުމު އިސްލާޙް ކުރަން ނިކުތް، ރައްޔިތުންނަށް ސިޔާސީ ފަރާތްތަކުން ކެހި ދިނުމުން މިއަދު އެމީހުން ތިބީ މާޔޫސް ކަމުގައެވެ. ރައްޔިތުން ޤައުމަށް ބަދަލެއް ގެންނަން ކިތަންމެ ބޭނުންވި ނަމަވެސް، އެމީހުންނަށް އެކަން ފަހި ކޮށްދޭން ތިބި ސިޔާސީ ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތެވެ. ސަރުކާރުން ހިންގާ ނޭއްގާނީ ކަންކަމާއި ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ނުކުންނަށް ރައްޔިތުން ޖެހިލުން ވަނީ މަޝްވަރާގެ މޭޒު ދަށުން ރައްޔިތުންގެ އެ ހައްގުތަކުގެ ވިޔަފާރިކުރާތީ އެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވަޒަންބެ

2 އަހަރު ކުރިން

އުރަވަޅި އޮޕަރޭޝަންކުރަންވެގެން ޗަންޕާގެ ހުއްދަ ނުލިބިގެން ބައެއްމީހުން އެބައުޅޭ

1
0