17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ގާބިލް އަންހެނުން

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ ދަތުރުކޮށް ރެކޯޑެއް ހަދައިފި

  • ފްލައިޓް އޮޕަރޭޓް ކުރުމުގެ އެއްވެސް ކަމެއްގައި ފިރިހެނަކު ބައިވެރިއެއް ނުކުރޭ
ރާއްޖެ އެމްވީ | raajje.mv

| 7 މާރޗް 2017 | އަންގާރަ 05:48 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  4. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


އެއަރ އިންޑިއާގެ ފްލައިޓެއް -- ގެޓީ އިމޭޖާސް

އެއަރ އިންޑިއާގެ އަންހެން މުވައްޒަފުން ދުނިޔެ ވަށާ އެއަރ އިންޑިއާގެ ފްލައިޓެއްގައި ދަތުރު ކޮށް ރެކޯޑް ހަދައިފިއެވެ.

ހުސްވި ހަފްތާގެ  ހޯމަ ދުވަހު އެއަރ އިންޑިއާގެ ބޮއިން 777 ގެ ބޯޓެއްގައި ދަތުރު ފެށީ ޕެސިފިކް ކަނޑު ހުރަސްކޮށް ނިއު ދިއްލީން އެމެރިކާގެ ސެން ފްރެންސިސްކޯ އަށެވެ. މިދިޔަ ހުކުރު ދުވަހު އެޓްލާންޓިކް ކަނޑު ހުރަސްކޮށް ސެންފްރަންސިސްކޯއިން އެނބުރި ނިއުދިއްލީއަށް އެ ބޯޓު ދަތުރު ކުރިއެވެ.

ސީއެންއެން އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބޯޓު އޮޕަރޭޓް ކުރީ މުޅިންވެސް އަންހެން މުވައްޒަފުންނެވެ. އޭގެ ތެރޭގައި ޕައިލެޓްއާއި ކޯ ޕައިލެޓްއާއި ކެބިން ކްރޫގެ އިތުރުން، ޗެކިން ކައުންޓަރުގެ މުވައްޒަފުންނާއި، ގްރައުންޑް ހެންޑްލިންގ ސްޓާފުންނާއި، އެއަރ ޓްރެފިކް ކޮންޓްރޯލް އަދި އިންޖިނޭރުންގެ ގޮތުގައިވެސް ތިބީ އަންހެން މުވައްޒަފުންނެވެ.

މި ތާރީޚީ ކާމިޔާބާއެކު، އެއަރ އިންޑިއާއިން މިހާރުވަނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުގައި މި ރެކޯޑް ހިމެނުމަށް ހުށަހަޅާފައި ކަމަށް އެއަރ އިންޑިއާގެ ތަރުޖަމާނު ސީއެންއެން އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

މިއީ، މާޗް މަހުގެ 8 ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެއަރ އިންޑިއާއިން ކުރިއަށް ގެންދާ "އޯލް ފީމޭލް ފްލައިޓްސް" ގެ ތެރޭގައި ހިމެނިގެން ކުރި ދަތުރެއް ކަމަށް އެއަރ އިންޑިއާއިން ވަނީ ހާމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް