21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އިރާގު

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

  • އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 7 މާރޗް 2017 | އަންގާރަ 02:55 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


އިރާގު އަސްކަރިއްޔާގެ ޓޭންކަރެއް އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މޫސަލްއަށް މިސްރާބުޖަހަނީ -- ގޫގުލް

އިރާގުގެ ސަރުކާރު ސިފައިން މޫސަލްގެ ޓިގްރިސް ކޯރުމަތިން އަޅާފައިވާ އަލް ހުއްރިއްޔާ ބްރިޖް ހިފައިފިއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތްދަށުން މޫސަލް އަތުލުމަށް އިރާގު ސިފައިން އޮކްޓޯބަރު މަހުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި، ހުއްރިއްޔާ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައުމުން އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ފަސް ބްރިޖްގެތެރެއިން ދެ ބްރިޖް އަސްކަރިއްޔާގެ ކޮންޓްރޯލްގެ ދަށަށް އައީއެވެ.

ހުއްރިއްޔާ ބްރިޖް އިރާގު އަސްކަރިއްޔާގެ ކޮންޓްރޯލްގެ އަތްދަށަށް ގެނައީ، ހުޅަނގު މޫސަލްގައި އިރާގުގެ އަސްކަރިއްޔާގެ އޮޕަރޭޝަން ވަރުގަދަ ކުރުމާއިއެކުގައެވެ.

ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރުމަށްފަހު އައިއެސްެގެ އަތްދަށުން އިރާގު ސިފައިން ވަނީ އިރުމަތީ މޫސަލް، މިދިޔަ ޖެނުއަރީގައި މިނިވަންކޮށްފައެވެ.

އައިއެސް، އިރާގުގެ މޫސަލްގެ ހުޅަނގުން ފައްސާލުމަށްޓަކައި އިރާގު އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނުގައި މޫސަލްގެ އެއާޕޯޓު އަސްކަރިއްޔާގެ އަތް ދަށަށް ދާދިފަހުން ވަނީ ގެނެސްފައެވެ.

މޫސަލް އަކީ އައިއެސްގެ ކޮންޓްރޯލް އަޮތް އެންމެ ފަހު އިރާގުގެ ސަރަހައްދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް