11 ޑިސެންބަރު 2018 | އަންގާރަ | 03 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

މެލޭޝިއާ-އުތުރު ކޮރެއާ

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

  • އުތުރު ކޮރެއާ އިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު މެލޭޝިއާ ދޫކޮށް ދާން މީގެ ދެތިން ދުވަހެއްހާ ކުރިން މެލޭޝިއާ އިން ވަނީ އަންގާފަ
އަހުމަދު އަނޫޝު | IamAhmedAnoosh

| 7 މާރޗް 2017 | އަންގާރަ 02:14 | |

މަގުބޫލް

  1. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  2. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  6. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  7. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


ކިމް ޖޮން ނަމް، މެލޭޝީއާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯސްވެފައި ވަނީ ކިމް ޖޮން ނަމްގެ މަރުގެ ސަބަބުން -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގެ ހާދިސާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ހީނަރުވެ މެލޭޝިއާ އިން އުތުރު ކޮރެއާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ގައުމު ދޫކޮށް ދާން އުތުރު ކޮރެއާ އިން އަންގައިފިއެވެ.

އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކުރާ ގޮތުން މެލޭޝިއާ އިން އުތުރު ކޮރެއާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު، އުތުރު ކޮރެއާ ދޫކޮށް 48 ގަނޑިއިރުތެރޭ ގައުމަށް ވަޑައިގަންނަވާނެއެވެ.

މެލޭޝިއާ އިން އުތުރު ކޮރެއާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ގައުމު ދޫކޮށް ދާން އުތުރު ކޮރެއާ އިން އަންގައިފާވާއިރު، އުތުރު ކޮރެއާ އިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު މެލޭޝިއާ ދޫކޮށް ދާން މީގެ ދެތިން ދުވަހެއްހާ ކުރިން މެލޭޝިއާ އިން ވަނީ އަންގާފައެވެ. މެލޭޝިއާ ދޫކޮށްދާން އުތުރު ކޮރެއާގެ އެމްބެސެޑަރަށް އެންގީ، ކިމް ޖޮން ނަމް ގެ މަރުގެ ތަހުގީގު މެލޭޝިއާ އިން ކުރާ ގޮތަށް އޭނާ ފާޑުވިދާޅުވެފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލީ ދެއަންހެނުން ވެގެން ވަރަށް ބާރުގަދަ ވިހައެއް ހާކައިގެންނެވެ. އެ ދެއަންހެނުންގެ މައްޗަށް މެލޭޝިއާ އިން ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އެއްވެސް އިރެއްގައި އުތުރު ކޮރެއާ އާއި މެލޭޝިއާއަކީ މާ ރަހުމަތްތެރި ދެ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ގުޅުން ގޯހެކޭ ވެސް ދެންނެވޭކަށް ނެތެވެ. ދެ ގައުމުން ރަސްމީ ގުޅުން ބާއްވަން ފަށާފައިވަނީ ޖޫން 1973 ގައެވެ. އުތުރު ކޮރެއާގައި އެމްބަސީއެއް ހުންނަ 30 އަށް ވުރެ މަދު ގައުމު ތެރޭގައި، މެލޭޝިއާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް