22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 މިސައިލް ފޮނުވާލައިފި

  • މިއީ އަދާވާތްތެރިކަމުގެ އާ ހަރުފަތެއް: ޝިންޒޯ އަބޭ
  • އެމެރިކާ އާއި ދެކުނު ކޮރެއާއިން ވަނީ މި ޓެސްޓްތައް ކުށްވެރިކޮށްފަ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 7 މާރޗް 2017 | އަންގާރަ 01:38 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


އުތުރު ކޮރެއާގެ މިސައިލް ދަތުރު ކުރި ކަމަށް ދެކުނު ކޮރެއާއިން ބުނާ ރާސްތާ -- ބީބީސީ

އުތުރު ކޮރެއާއިން ޖަޕާނު ކަނޑަށް 4 ބެލިސްޓިކް މިސައިލް ފޮނުވާލައިފިއެވެ.

މި ހަތަރު މިސައިލްގެ ތެރެއިން، 3 މިސައިލެއް ޖަޕާނުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަށް ވެއްޓިފައިވާއިރު، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ މިއީ އަދާވާތްތެރިކަމުގެ އާ ހަރުފަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އާއި ހަވާލާދީ، ރިޕޯޓްތައް ބުނާ ގޮތުގައި އުތުރު ކޮރެއާއިން މި މިސައިލްތައް ފޮނުވާލާފައިވަނީ، އުތުރު ކޮރެއާ އާއި ޗައިނާ ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޓޮންގޗަންގ ރީ ކިޔާ ސަރަޙައްދުންނެވެ.

އުތުރު ކޮރެއާއިން ފޮނުވާލި މިސައިލްތަކަކީ ކޮން ކަހަލަ މިސައިލްތަކެއްކަން އަދި ކަށަވަރު ނުވާއިރު ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން މިހާރު ދަނީ މިކަން ތަޙުޤީޤު ކުރަމުންނެވެ.

އުތުރު ކޮރެއާއިން މިސައިލްތަކެއް ލޯންޗް ކޮށްފައި މިވަނީ، އެއްވެސް ވައްތަރެއްގެ މިސައިލެއް ނުވަތަ ނިއުކްލިއަރ ހަތިޔާރެއް ތެސްޓް ކުރުން އދ އިން އެ ޤައުމަށް މަނާ ކޮށްފައިވަނިކޮށެވެ.

އުތުރު ކޮރެއާއިން މިސައިލްތަކެއް ލޯންޗް ކުރި މައްސަލައިގައި އެމެރިކާއިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ އުތުރު ކޮރެއާއިން ލޯންޗް ކުރި މިސައިލްތައް ޓްރެކް ކުރި ކަމަށާ، ނަމަވެސް އެ މިސައިލްތަކުން އެމެރިކާއަށް އެއްވެސް ބިރެއް ނެތުމުން، އެކަމާ އަމަލީ ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އުތުރު ކޮރެއާގެ މި އަމަލު ކުށްވެރި ކުރާ ކަމެއް ކަމަށާ، މިއީ އދ ގެ ސަލާމަތީ މަޖިޅީހުގެ ނިންމުންތަކާއި ސީދާ ޚިލާފަށް އުތުރު ކޮރެއާއިން ކޮށްފައިވާ ކަމެއް ކަމަށެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާއި ޚިޅާފަށް އުތުރު ކޮރެއައިން ކަންކަން ކުރާ ކަމަށް ބުނެ އެމެރިކާއިން ނުރުހުން ފާޅުކޮށްފައިވާއިރު، އެމެރިކާއަކީވެސް، ޚާއްސަކޮށް ފަލަސްޠީނާއި އެހެނިހެން މުސްލިމު ޤައުމުތައް ހިމެނޭ މައްސަލަތަކުގައި އދ ގެ ސަލާމަތީ މަޖިލީހުގެ ނިްނމުންތަކަށް ދެކޮޅު ހަދައި، އެ ނިންމުންތަކަށް ގޮންޖަހާ ޤައުމެކެވެ.

އުތުރު ކޮރެއާއިން މިފަހަރު މި ޓެސްޓު ކުރި 4 މިސައިލަކީ، އެ ޤައުމުން މިހާރު ކުރަމުންދާ ގިނަ އަދަދެއްގެ މިސައިލް ޓެސްޓުތަކުގެ ލިސްޓަށް އިތުރުވި ބޮޅެކެވެ. އަދި ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮންމެ ޓެސްޓަކާއި އެކު އުތުރު ކޮރެއާގެ މިސައިލްތަކުގެ ފެންވަރު ދަނީ ރަނގަޅު ވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް