16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ފްރީޓްރޭޑް

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

  • އެއްބަސްވުމުގައި ޖޫން މަހު ސޮއި ކުރެވޭނެ ކަމަށް ސަރުކާރުން ބުނޭ
ސަހުބާން ފަހުމީ | sahubaan

| 7 މާރޗް 2017 | އަންގާރަ 01:09 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  3. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  4. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  5. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ފްރީޓްރޭޑް އެއްބަސްވުމުގެ މަޝްވަރާތަކުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ޗައިނާ އާއި ރާއްޖެ އާއި ދެމެދު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެގްރިމެންޓްގައި ސޮއި ކުރުމުގެ ކުރިން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުން ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނަމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް އިން ހާމަކޮށްފިއެވެ.

އިކޮނަމިކް މިނިސްޓްރީގެ ރަސްމީ ޓުވިޓާ އެކައުންޓުން ހާމަކޮށްފައިވާ ގޮތުގައި ޗައިނާ މޯލްޑިވްސް ފްރޭޓްރޭޑް އެގްރިމެންޓާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުން މާޗް މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ޗައިނާ އާއި ރާއްޖެއާ ދެ ގައުމުން ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރަން ކުރަމުން ގެންދާ މަސައްކަތްތައް ނިންމައި މިއަަހަރުގެ ޖޫން މަސް ހާ ތަނުގައި އެއްބަސްވުމުގައި ސޮއިކުރެވޭވަރު ވާނެ ކަމަށެވެ.

ރާއްޖެއިން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ހޮންގކޮންގ އާއިއެކުވެސް ގެންދަނީ މަޝްވަރާ ކުރަމުންނެވެ. މިނިސްޓަރު ސަޢީދު ވިދާޅުވެފައި ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާއަށާއި އިނގިރޭސިވިލާތް އަދި ޖަޕާނަށްވެސް ސަރުކާރުން މިހާރު ދައުވަތު ދެއްވާފައިވާނެ ކަަމަށެވެ.

 މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި މި ޤައުމުތަކަކީ ރާއްޖޭގެ މަހުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް މިހާރުވެސް ގަންނަމުން ގެންދާ ޤައުމުތަކެވެ. މިފަދަ އެއްބަސްވުންތައް އެކުލަވާލައި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އެއްވެސް ޑިޔުޓީއެއް ނުނަގާ ގޮތަށް ހަމަޖެހިއްޖެ ނަމަ މަހަށް ލިބޭ އަގު ބޮޑުވެ އެކަމުގެ ފައިދާ މަސްވެރިކަމުގެ މުޅި ސިނާއަތަށް ކުރާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް