24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

އުރުުދުން

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

  • ދަންޖައްސައި މަރާލި 15 މީހުންގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ ކުށް ސާބިތުވި 10 މީހަކާއި އެހެނިހެންް ބޮޑެތި ކުށްތައް ސާބިތުވި ފަސް މީހެއް
އަހުމަދު އަނޫޝު | IamAhmedAnoosh

| 6 މާރޗް 2017 | ހޯމަ 19:56 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެ ތެރޭގައި ބަގްދާދުގައި ހުންނަ އުރުދުންގެ އެމްބަސީއަށް 2003 ގައި ހަމަލާ ދިން މީހުން ހިމެނޭ -- ގޫގުލް

އެކި ކުށްކުށުގައި އުރުދުންގައި މެރުމަށް ހުކުމް ކޮށްފައިވާ 15 މީހަކު ދަންޖައްސައިގެން ހުކުމް ތަންފީޒުކޮށްފިއެވެ.

ދަންޖައްސައި މަރާލި 15 މީހުންގެ ތެރޭގައި ހިމެނެނީ ޓެރަރިޒަމްގެ ކުށް ސާބިތުވި 10 މީހަކާއި އެހެނިހެންް ބޮޑެތި ކުށްތައް ސާބިތުވި ފަސް މީހެކެވެ.

މި މީހުންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކޮށްފައި ވަނީ ވެރިރަށް އައްމާންގެ ދެކުނުގައި ހުންނަ ޖަލެއްގައި ހޮނިހިރު ދުވަހު ކަމަށްވާއިރު، މި އެންމެންނަކީ ވެސް އުރުދުންގެ ރައްޔިތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުރުދުންގައި މަރުގެ ހުކުމް ތަންފީޒުކުރުން 2006 އިން 2014 އާ ދެމެދު އޮތީ ހުއްޓާލާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އުރުދުން އިން މަރުގެ ހުކުމް އަލުން ތަންފީޒު ކުރަން ފެށީ ކުށްތައް ގައުމުގައި ގިނަވަމުން ދިޔުމާއި އަދި އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ހަނގުރާމަވެރި ގްްރޫޕްތަކުގެ ބިރުވެރިކަން ގައުމަށް ބޮޑުވަމުން ދިޔުމެވެ.

މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެތެރޭގައި ބަގްދާދުގައި ހުންނަ ޖޯޑަންގެ އެމްބަސީއަށް 2003 ގައި ހަމަލާދިނުމުގެ ސަބަބުން ހުކުމް ކުރި މީހުންނާއި، ޖޯޑަންގެ ވެރިރަށް އައްމާންގައި 2006 ވަނަ އަހަރު ރޯމަން އެމްފިތިއޭޓަރެއްގައި ތިބި ފަތުރުވެރިންނަށް ހަމަލާދިން މީހުންނާއި އަދި 2016 ގައި ބަގާ ރެފިއުޖީ ކޭމްޕްގައި ތިބި އިންޓެލިޖެންސް އޮފިސަރުންނަށް ހަމަލާ ދިން މީހުން ހިމެނެއެވެ.

ޖޯޑަންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެކަން ކުއްވެރިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް