16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ނަޝީ ކޭކްސް

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

  • ނަޝީކޭކްސް އިން މުބާރާތުގައި ބައިވެރިވި ދެ ބައިންވެސް 3 ވަނަ ހޯދާފައިވޭ
ޖުމާނާ ތައުފީގު | twitter

| 6 މާރޗް 2017 | ހޯމަ 19:03 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


ނަޝީ އަދި ޝަފީޤާ - މުބާރާތުން ލިބުނު ކާމިޔާބީއާ އެކު -- ރާއްޖެއެމްވީ

ދުބާއީގައި ކުރިއަށް ދިޔަ އެމިރޭޓް ސެލޫން ކަލިނިއަރ (އީއެސްސީ) 2017 ގެ ކޭކުއެޅުމުގެ ދެ މުބާރާތުން ވެސް ތިންވަނަ ނަޝީކޭކްސް އަށް ލިބިއްޖެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 26 ން ފެށިގެން މާޗް މަހުގެ 2 ވަނަ ދުވަހުގެ ނިއަލަށް ބޭއްވި އެމިރޭޓް ސެލޫން ކަލިނިއަރ ގައި ނަޝީކޭކްސް އިން ބައިވެރިވެފައިވަނީ ކެއްކުމުގެ އެކި މުބާރާތްތަކުގެ ތެރެއިން ކޭކު އެޅުމުގެ ބުމާރާތްތައް ކަމުގައިވާ 3 ޓިއަރ ވެޑިންކޭކް މުބާރާތާއި ޕްރެކްޓިކަލް ކޭކް ޑެކަރޭޝަން މުބާރާތެވެ. މި ދެ މުބާރާތުން ވެސް ތިންވަނަ ހޯދާފައި މިވަނީ ނަޝީކޭކްސް އިންނެވެ.

ތްރީޓިއަރ މުބާރާތުން 3 ވަނައަށް ދިޔަ ކޭކު

3 ޓިއަރ ވެޑިން ކޭކް މުބާރާތުގައި ނަޝީ ކޭކްސްގެ ފަރާތުން މަރިޔަމް ޝަފީގާގެ ކޭކު ބައިވެރިކޮށްފައިވާއިރު، ޕްރެކްޓިކަލް ކޭކް ޑެކަރޭޝަން މުބާރާތުގައި ބައިވެރިވީ އައިމިނަތު ނަޝީދާ (ނަޝީ) އެވެ.  ޕްރެކްޓިކަލް ކޭކް ޑެކަރޭޝަން މުބާރާތަކީ ދެ ގަޑިއިރުތެރޭގައި ލައިވްކޮށް ކުރިއަށް ގެންދެވުނު މުބާރާތެކެވެ. މި މުބާރާތުގައި މި އަހަރުގެ ތީމަކީ ދުބާއީ އެވެ.

ލައިވް ޕްރެކްޓިކަލް ކޭކް ޑެކަރޭޝަން މުބާރާތުން 3 ވަނަ އަށް ދިޔަ ކޭކް

"ދުބާއީ އާ ގުޅޭ ތީމަކަށް ކޭކު އަޅަން ޖެހެނީ. އެހެންވެ ވީހާ ވެސް ބޮޑަށް ބެލީ މި ތީމުގެ ތެރެއިން ކްރިއޭޓިވިޓީ ދެއްކޭތޯ" ނަޝީ ވިދާޅުވިއެވެ.

ދުބާއީ އަދި ސިންގަޕޯ ގައި ބޭއްވުނު މިފަދަ ލައިވް މުބާރާތްތަކުގައި ބައިވެރިވެ ނަޝީއަށް ގޯލްޑް މެޑަލް ލިބިފައިވެއެވެ.

"މިފަހަރު ގޯލްޑް މެޑަލް އެއް ނުލިބޭ. ދުބާއީއަށް ދިޔުމުގެ ކުރިން ޓްރަޔަލް އަކަށް އެޅިން ކޭކެއް. ދެ ގަޑިއިރަށްވުރެ ކުރިން ނިންމާ ވެސް ލެވުނު. އެކަމަކު މުބާރާތުގައި 2 ގަޑިއިރުތެރޭގައި ނިންމައެއް ނުލެވުނު" ނަޝީ ވިދާޅުވިއެވެ.

ނަޝީގެ ޓްރަޔަލް ކޭކު

މި މުބާރާތުގެ ތަޖުރިބާ ހިއްސާކުރަމުން ނަޝީ ވިދާޅުވީ އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު މަސައްކަތް ކުރަން ޖެހުނު ތަން ފިނިގަދަވުމުގެ ސަބަބުން އުނދަގޫވިކަމަށެވެ.  

"ވޯކިން އޭރިއާ ވަރަށް ފިނިގަދަ. އެހެންވެ ވަރަށް އުނދަގޫވި ކޭކު އަޅަން. އެހެންވެ 2 ގަޑިއިރުތެރޭ ނިންމާނުލެވުނީ ވެސް" ނަޝީ ވިދާޅުވިއެވެ.

ނަޝީގެ ކޭކު ތިން ވަނައަށް ގޮސްފައިވަނީ 46 ކޭކުގެ ތެރެއިންނެވެ. އަދި ޝަފީގާގެ ކޭކު ތިންވަނައަށް މި ދިޔައީ 15 ކޭކުގެ ތެރެއިންނެވެ.

ނަޝީ ކޭކްސްއަކީ ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ ޚިދުމަތެއް ކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް