22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އޮލެންޑޯ އާއި ކޭޓީގެ ގުޅުން

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

  • ކޭޓީއާއި އޮލެންޑޯ ރުޅިވިކަން އިއުލާންކޮށްފައިވަނީ މާޗް 1 ގައި
  • ކޭޓީ ބޭނުންވަނީ އާއިލާއެއް ފެށުމަށް ކަމަށް ރިޕޯޓްތަކުގައިވޭ
  • އޮލެންޑޯގެ ހަ އަހަރުގެ ފިރިހެން ދަރިއެއް ހުރޭ
އައިޝަތު ޝާނީ | Shaaknee

| 6 މާރޗް 2017 | ހޯމަ 16:43 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ކޭޓީ އާއި އޮލެންޑޯ ރުޅިވިކަން އިއުލާންކޮށްފައިވަނީ މާޗް 1 ގައި -- ގޫގުލް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ކޭޓީ ޕެރީ އާއި އޭނާގެ ލޯބިވެރިޔާ، އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު އެކްޓަރ އޮލެންޑޯ ބްލޫމް އަނެއްކާ ވެސް ރުޅިވެއްޖެއެވެ.

ދެ މީހުން ވަކިވިކަން ހާމަކޮށްފައިވަނީ މާޗް މަހުގެ 1 ވަނަ ދުވަހެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދެމީހުން ވަކިވީ، ބްލޫމް އާއިލާއެއް ފަށަން ބޭނުން ނުވާތީއެވެ.

ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވި ކަމަށް ބުނާ ފަރާތަކާ ހަވާލާދީ "ދަ މިރަރ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ މީހުންގެ ހިޔާލު ވަރަށް ތަފާތެވެ.

އުމުރުން 32 އަހަރުގެ ކޭޓީ ބޭނުންވަނީ އަވަހަށް ކައިވެނިކޮށް، އާއިލާއެއް ފެށުމަށް ކަމަށާއި ނަމަވެސް އޮލެންޑޯ އެކަމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް އެމީހާ ބުނެފައި ވެއެވެ.

ބްލޫމް، 40، މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާއިރު، އޭނާާ އާއި ކުރީގެ އަނބިމީހާ، މަޝްހޫރު މޮޑެލް މިރެންޑާ ކަރ އަށް ކުއްޖެއް ވެސް ހުރެއެވެ. އޮލޭންޑޯ އާއި މިރެންޑާ 2010 ވަނަ އަހަރު ކައިވެނި ކުރިއިރު ފްލިން ލިބިފައިވަނީ ޖެނުއަރީ 2011 ގައެވެ. އަދި ދެމީހުން ވަރިވެފައިވަނީ 2013 ގައެވެ.

އޮލެންޑޯ އާއި ކޭޓީ އެކުގައި އުޅެން ފަށާފައި ވަނީ ޖެނުއަރީ 2016 ގައެވެ.

ދެ މީހުން ވަކިވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކެއް ފާޑު ކިޔާފައިވާ އިރު، ކޭޓީ ވަނީ ފާޑުކިޔުންތަަކަށް ޖަވާބުދާރީ ވެފައެވެ.

މާޗް 2 ގައި ކުރި ޓްވީޓެއްގައި "މި އަހަރު އާ ވިސްނުމެއް ގެންގުޅެންވީ އެންނު؟"ކަމަށް ގޮވާލާ ކޭޓީ ބުނީ، "ކުރީގެ ދެ ލޯބިވެރިންނަށް ވެސް އެކުވެރިންނަށް ވެވިދާނެ" ކަމަށެވެ.

"މިތާކު ވިކްޓިމެއް ނޫނީ ވިލަންއެއް ނެތް" ކޭޓީގެ ޓްވީޓްގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް