20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ސުނީތާ އާއި ޕްރިޔަންކާ

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

  • ޖީކިޔުގައި އިންޓަވިއު ގެނެސްދީފައިވަނީ ވަރަށް ތަފާތުކޮށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 މާރޗް 2017 | ހޯމަ 15:42 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


ސުނީތާ އަލީ އާއި ޕްރިޔަންކާ ޗޯޕްޅާ -- ގޫގުލް

ބޮލީވުޑް ފަތަހަ ކުރުމަށް ފަހު ހޮލީވުޑްގައި ވެސް ފިޔަ ޖަހަމުން އަންނަ ޕްރިޔާންކާ ޗޯޕްޅާގެ އެންމެ ބޮޑު ދިވެހި ފޭންއެއްގެ ގޮތުގައި ސުނީތާ އަލީ މިހާރު މިވަނީ މުޅި ދުނިޔެއަށް އެނގިގެން ގޮސްފައެވެ.

 

"ރާއްޖޭގެ ޕްރިޔާންކާ" ގެ ގޮތުގައި ބައިންލްއަގްވާމީ މަޝްހޫރު މަޖައްލާއެއް ކަމުގައިވާ ސެލެބްރިޓީންގެ ވާހަކަތައް ގެނެސްދޭ ޖީކިޔު މަޖައްލާގައި ސުނީގެ އިންޓަވިއުއެއް މިދިޔަ ހުކުރު ދުވަހު ޝާއިއު ކުރި އިރު އޭގައި ހުރި ވާހަކަތަށް ކިއުމަށް ފަހު ސުނީ ބުނީ ޖީކިޔުގައި އިންޓަވިއު ގެނެސްދީފައިވަނީ ވަރަށް ތަފާތުކޮށް ކަމަށާއި ވަރަށް ފަރިހަމަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް އިންޓަވިއުއެއްގައި ތަފްސީލްނުކޮށްދޭހާ ރީތިކޮށް އެ މަޖައްލާގައި އޭނާގެ ވާހަކަތައް ގެނެސްދީފައިވާ ކަމަށް ސުނީތާ ބުންޏެވެ.

 

ސުނީ ބުނީ ޕީސީގެ ޓީމުން އިންޓަވިއު ޕޯސްޓް ކުރުމުން ވަރަށް އުފާވާ ކަމަށާއި ޕީސީ އޭނާގެ މަސައްކަތް އެޕްރީޝިއޭޓް ކުރާތީ އިތުރަށް ހިތްވަރު ލިބިގެންދާ ކަމަށް ސުނީ ބުންޏެވެ. ސުނީތާގެ އެ އިންޓަވިއުގެ ވާހަކަ ޕްރިޔަންކާގެ ޓްވިޓާ ޓީމުގެ ރަސްމީ ޓްވިޓާ ހެންޑްލްއިން ވެސް ޓްވީޓްކޮށްފައި ވެއެވެ.

 

ގިނަ އަދަދެއްގެ ބޭރު މީހުން ވެސް ޚާއްސަކޮށް ޕީސީގެ ފޭނުން އެ އިންޓަވިއު ކިޔާފައިވާއިރު ކޮމެންޓްތަކަށް ބަލާއިރު ނެގެޓިވް ކޮމެންޓެއް ލިބިފައި ނުވާ ކަމަށް ސުނީ ބުންޏެވެ.

 

ސުނީ އޭނާގެ ހިތުގައި ޕްރިޔަންކާ އަށް އޮތް ލޯބި މުޅި ދުނިޔެއަށް ބަންޑުން ކޮށްލާފައިވާއިރު މި އިންޓަވިއު ޓްވިޓާގައި ޝެއާކުރުމަށް ފަހު ޕްރިޔަންކާ ވަނީ "ސުނީތާއާ މެދު ފަހުރުވެރިވާ" ކަމަށް ބުނެ ސުނީއަށް ހިތްވަރު ދީފައެވެ. އަދި އެތައް މިލިއަން ފޮލޯވާސް އެ އިންޓަވިއު ޝޭއާ ކުރުމުން ސުނީ އޭނާ ހައިރާން ކޮށްލައިފި ކަމަށް ޕީސީ ވަނީ ބުނެފައެވެ.

 

މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ވެސް ސުނީއާ ބައްދަލުކޮށް އޭނާގެ މަސައްކަތަށް ވަނީ ތައުރީފް ކޮށްފައެވެ.

 

ސުނީ އަށް ތަފާތު ފާޑުކިޔުންތަކާއި މަލާމާތްތައް ލިބެމުންދިޔަ ނަމަވެސް އެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި ކުރަމުންދާ މަސައްކަތުން ސުނީ ވަނީ 2015 ވަނަ އަހަރު ޕްރިޔާންކާއާ ބައްދަލުކޮށް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދާފައެވެ.

 

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްޅާގެ "ހިޔަނީ" ގައި މަޝްހޫރުކަން ހޯދަމުންދާ ކަމަށް ބުނެ މީހުން އޭނާއަށް ފާޑުކިޔައި "ސްނިޔާންކާ" އޭ ގޮވަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުނީ ބުނީ އެއީ އޭނާއަށް އާކަމެއް ނޫން ކަމަށެވެ.

 

"އަހަންނަކީ މީހަކު ދައްކާހާ ވާހަކައެއް އަޑުއަހައިގެން އުޅޭ މީހެއް ނޫން. އެމީހަކަށް އެނގޭނީ އެމީހަކު އުޅޭނެ ރަނގަޅު ގޮތެއް. އެކަމާ އެއްވެސް ވަރަކަށް ނުވިސްނަން" ސުނީ ބުނޏެވެ.

 

މީހަކު ރަނގަޅަށް ކަމެއް ކުރަން އުޅޭ ނަމަ އެކަމާ ފާޑު ކިޔާނެ ވަރަށް ގިނަ މީހުން ތިބޭނެ ކަމަށް ވެސް ސުނީ ބުންޏެވެ.

 

ސުނީގެ އިންޓަވިއު ޖީކިޔު އިން ނަގާފައި ވަނީ ސުނީއާ އެކު އެކި ރަށްރަށަށް ދަތުރުކޮށް ސުނީގެ ބައެއް ޝޯތައް ބަލައިގެންނެވެ. އެ ލިޔުމުގައި ސުނީގެ ކުރީގެ ދިރިއުޅުމާއި މާލެ އަށް ބަދަލުވި ގޮތާއި ސުނީ ކުރިއަރައިގެން އައި ގޮތުގެ ތަފްސީލްތައް ހިމަނާފައި ވެއެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ޕްރިޔަންކާއާ ބައްދަލުކޮށް ސުނީގެ ހާއްސަ އެވޯޑެއް ދިން ކަމަށެވެ. އަދި އޭގެ ފަހުން ހަމަ އެ ހާދިސާ ހިމެނޭ ގޮތަށް ޝާހްރުކް ޚާންގެ "ފޭން"ގައި ވެސް މަންޒަރެއް ހިމަނާފައިވާ ކަމަށާއި ނަމަވެސް "ފޭން" އާއި ސުނީގެ ތަފާތަކީ ސުނީ ދެކެ ޕްރިޔަންކާ ރުޅި ނައުން ކަމަށެވެ.

 

މީގެ އިތުރުން ޖީކިޔުއިން ވަނީ ސުނީގެ ހާއްސަ ފޮޓޯ ޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.

 

ސުނީއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމުގެ ޝުރުޚީ ވެސް ޖީކިޔޫ މަޖައްލާގެ ބޭރުގަނޑަށް ވަނީ އަރާފައެވެ. މަޖައްލާގެ މި އަދަދުގެ ބޭރުގަނޑުގެ ކަވާ ފޮޓޯއަކަށް ޖަހާފައި ވަނީ ހޮލީވޫޑްގެ އެންމެ ރީތި އެއް އެކްޓަރު ކަމަށްވާ ރިޔަން ގޯސްލިންއެވެ. އޭގެ ކޮޕީއެއް އެ މަޖައްލާ އިން ސުނީ އަށް ފޮނުވާފައިވާ ކަމަށް ސުނީ ބުންޏެވެ.  

 

ސުނީ ބުނި ގޮތުގައި އެފުރުސަތަކީ ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތެއް ކަމަށާއި ޖީކިޔު މެގަޒިންގެ ޓީމުން އެ އިންޓަވިއުގެ ވާހަކަ ފުރަތަމަ ދެއްކިއިރު އެކަން އޭނާ އެހާ ސީރިއަސްކޮށް ނުނަގައެވެ.

 

ނަމަވެސް މިއަދު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ފެނުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ވެސް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެކަމާ އޭނާ ފަހުރުވެރިވާ ކަމަށް ސުނީ ބުންޏެވެ.

 

ކޮންމެ އަކަސް މުޅި ދުނިޔެއަށް ޕްރޔަންކާގެ ސުޕަ ފޭނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހަޅާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް