15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ބޮލީވުޑް

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

  • ސަލްމާންގެ މި ޓުއާގައި މަޝްހޫރު އެހެން ބައެއް ތަރިން ވެސް ބައިވެރިވޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 މާރޗް 2017 | ހޯމަ 14:46 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


"ދަބަންގަ" ޓުއާގެ ޕޯސްޓަރު -- ގޫގުލް

ބޮލީވުޑް ސުޕަރ ސްޓަރ ސަލްމާން ޚާން "ދަބަންގް"ގެ ނަމުގައި ފަށާ ވޯލްޑް ޓުއާގެ ތަފްސީލްތައް އޭނާ ހާމަ ކޮށްފިއެވެ.

 

ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ސަލްމާން އޭނާގެ ފޭނުނާ ބައްދަލުކޮށް، ބާއްވަމުންދާ މި ޝޯތަކުގެ ތެރެއިން މިއަހަރުގެ ޓުއާގައި ޝޯ ދިނުމަށް ހަމަޖެހިފައިވަނީ އޮސްޓަރޭލިޔާ އަދި ނިއުޒިލޭންޑްގައެވެ.

 

އަންނަ މަހު ފަށާ މި ޓުއާގައި ބައިވެރިވާ މަޝްހޫރު ސެލްބްރިޓީންގެ ތެރޭގައި ސޯނާކްޝީ ސިންހާ، ބިޕާޝާ ބާސޫ އަދި މަނިޝް ޕައުލް ހިމެނެއެވެ. މީގެ އިތުރުން ސަލްމާންގެ ފިލްމް "ޖައި ހޯ" ގެ ބަތަލާ ޑެއިޒީ ޝާހް ވެސް ބައިވެރި ވެއެވެ.

 

މީގެ އިތުރުން މަޝްހޫރު ކޮރިއޮގްރާފަރު ޕްރަބޫ ދޭވާ ވެސް މި ޝޯގައި ބައިވެރިވާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

 

ސަލްމާން ޓްވިޓާގައި ޝެއާކޮށްފައިވާ ޕޯސްޓަރުގައި އޭނާވަނީ ޓުއާ ގެ ފުލް ޝެޑިއުލް ލިއެފައެވެ. އަދި މި ޕޯސްޓަރުގެ ކެޕްޝަނަކަށް "ގެޓް ރެޑީ ފޯ ދަބަނގް ޓުއާ" މިހެން ލިޔެފައި ވެއެވެ.

 

"ދަ ޗޮކްލެޓް ރޫމް" ކިޔާ އިންޓަނޭޝަނަލް އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން އިންތިޒާމް ކުރާ މި ޝޯއަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އެކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް