10 ޑިސެންބަރު 2018 | ހޯމަ | 02 މުލަ
03 ރަބީޢުލްއާޚިރު 1440
އިޝާ 19:14
މަޣްރިބް 17:57
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:43

ބޮލީވުޑް

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

  • ކަރަން އަށް ދެ ކުދިން ލިބިފައިވަނީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް
  • އަންހެން ދަރިފުޅުގެ ނަމަކީ "ރޫހީ" އަދި ފިރިހެން ދަރިފުޅުގެ ނަމަކީ "ޔަޝް"
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 މާރޗް 2017 | ހޯމަ 12:47 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ކަރަން ޖޯހަރު -- އޭއެފްޕީ

އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.

 

ކަރަން އަށް ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް ލިބިފައިވަނީ ދެ ޖިންސުގެ ދެ ކުދިންނެވެ.

 

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ މަހު މި ދެކުދިން ދުނިޔެއަށް އުފަން ވެފައިވަނީ ޝާހުރުކް ޚާންގެ ތިންވަނަ ދަރިފުޅު  "އަބްރަހަމް" ވެސް ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށް އުފަންވި  މުމްބާއީގައި ހުންނަ މަސްރާނީ ހޮސްޕިޓަލްގަ އެވެ.

 

ދެކުދިން ލިބުނުކަން ޔަގީންކޮށްދީ ކަރަން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެނާ އަށް ލިބިފައިވާ އަންހެން ދަރިފުޅުގެ ނަމަކީ "ރޫހީ" އަދި ފިރިހެން ދަރިފުޅުގެ ނަމަކީ "ޔަޝް" ކަމަށެވެ.

މި ދެ ކުދިން އުފަންވެފައިވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

އުމުރުން 44 ގެ ކަރަން ބުނެފައިވަނީ މިއީ  އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި ބައްޕަ އެއްގެ ވާޖިބު އާދާކުރަން ހުރިހާ ގޮތަކުން ތައްޔާރަށްހުރި ކަމަށެވެ.

 

ކަރަންގެ ފިރިހެން ދަރިފުޅަށް ނަންދީފައި މިވަނީ އޭނާގެ ބައްޕަ ޔަޝް ޖޯހަރުގެ ނަމުންނެވެ.

 

ކަރްނަ ބުނެފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި އޭނާގެ މަންމަގެ އަޅާލުމައި އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

 

"ކުޗްކުޗް ހޯތާހޭ، "މައި ނޭމް އިޒް ޚާން" އަދި މިދިޔަ އަހަރު ނިކުތް "އެއި ދިލްހޭ މުޝްކިލް" އުފައްދާފައިވާ ކަރަން ބުނެފައިވަނީ މިހާރު އޭނާއަށް އެންމެ މުހިންމީ ދަރިން ކަމަށާއި މަސައްކަތާއި އެހެނިހެން ކަންކަން އަންނާނީ އެކުދިންގެ ފަހުގައި ކަމަށެވެ.

 

ބަޔާން ނިންމާލަމުން  ކަރަން ވަނީ އެނާގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ސަރޮގޭޓް މަންމަ އާއި  ޑޮކްޓަރަށް ޝުކުރު އަދާކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް