16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

އިސްލާމް ދީނާއި، ސައުދީ

ސައުދީ ރަސްގެފާނަށް ފާޑުކިޔުމަކީ، އިސްލާމް ދީނުގެ އުސޫލުތައް ނެތިކޮށްލުންތަ؟

  • ސައުދީ ސަރުކާރު އިސްވެ އޮވެ، ކޮންމެ ދުވަހަކުވެސް އެތަށް ހާސް މުސްލިމުންނެއް މަރަމުންގެންދޭ
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 6 މާރޗް 2017 | ހޯމަ 10:39 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  7. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް، ރައީސް އަބްދުﷲާ ޔާމީނާއެކުގައި -- އަލްއަރަބިއްޔާ

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ، އެ ދަތުރުފުޅުގެ ތެރެއިން ފ. އަތޮޅު ވިއްކާލުމަށް ނިންމާފައިވާކަމުގެ އަޑުތައް ގަދަވެފައިވާއިރު، ކޮންމެ ދެ މީހަކު ތަނަކަށް އެއްވި ނަމަވެސް މިއަދު ދައްކަނީ އެ ވާހަކައެވެ. އެއްބަޔަކަށް ފ. އަތޮޅު ސައުދީގެ ޝާހީ އާއިލާއަށް ވިއްކާލުމަކީ މައްސަލައަކަށްނުވާއިރު، އަނެއް ބަޔަކު ގެންދަނީ ކެނޑިނޭޅި އެކަމާއި ދެކޮޅު ހަދަމުންނެވެ. ސަބަބުތައްވެސް ބައިވަރު އެވެ. ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި އެއްވެސް ވެރިޔަކު، ރާއްޖޭގެ ބިމުން ކައިވަތެއް ނަމަވެސް ބޭރުގެ ފަރާތަކަށް ވިއްކާލާފައިނުވާތީ އެވެ. ރާއްޖޭގެ ބިންތައް ވިއްކާނުލާ، ޖަޒީރާ މި ޤައުމު ތަރައްޤީކުރެވޭނެ ބައިވަރު ގޮތްތަށް އޮތުމާއެކު އެވެ.

 

ދެން އޮތީ ސައުދީ ރަސްގެފާނަށް، ފ. އަތޮޅު ވިއްކާލުމަށް ތާއީދު ކުރާ ފަރާތްތަކުގެ ވާހަކަ އެވެ. އެ ފަރާތްތަކަށް މާގިނަ ސަބަބުތަކެއް ނުދެއްކެ އެވެ. އެ މީހުން އެކަމަށް ތާއީދުކުރާ ހަމައެކަނި ސަބަބަކީ، ސައުދީ އަރަބިއްޔަކީ ހުޅަނގުގެ ޤައުމަކަށް ނުވާތީ އެވެ. އެއީ މުސްލިމު ޤައުމުތަކުގެ "ބައްޕަ" ކަމަށް އެ ފަރާތްތަކުން ގަބުލުކުރާތީ އެވެ. އެކަމަށް ތައީދުކުރާ ފަރާތްތަކުން ދެކޭގޮތުގައި މުސްލިމު ޤައުމަކަށް ފ. އަތޮޅު ވިއްކާލައިގެން ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި މުސްލިމު ޤައުމަކަށް ފ. އަތޮޅު ވިއްކާލުމުން ދިވެހިންގެ ތެރޭގައި އޮތް އިސްލާމީ އަޤީދާ ވަރުގަދަވެގެންދާނެކަމަށް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.

 

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވާގޮތުގައި މުސްލިމުންގެ އެންމެ ބޮޑު ލީޑަރު، ރަސްގެފާނު ސަލްމާނަށް ބޭ އަދަބީ ބަސްތައް ރައްދު ކުރުމަކީ އިސްލާމީ އުސޫލުތައް ނެތިކޮށްލުމެވެ. އަދި އެކަމާއި މެދު ވިސްނަންޖެހޭކަމަށް ޝައިނީ ވިދާޅުވި އެވެ.

 

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް  -- ފޮޓޯ: އޭއެފްޕީ

 

ތެދެކެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. މުސްލިމު "ޤައުމުތަކުގެ ބައްޕަ" ގޮތުގައި އޮވެ، މުސްލިމު އުއްމަތް އެކަތިގަނޑަކަށް ހަދަން ސައުދީން ކުރަނީ ކޮން މަސައްކަތެއް ހެއްޔެވެ. ނިކަމެތިވެފައިވާ މުސްލިމުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ސައުދީ ރަސްގެފާނާއި، ޝާހީ އާއިލާއިން ކުރަނީ ކޮންކަންތައްތަކެއް ހެއްޔެވެ. އެ ބުނާ ހުޅަނގުގެ ޤައުމުތަކާއި، ސައުދީއާއި އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ. ކޮންމެ ދުވަހަކުވެސް އެތަށް ބައިވަރު މުސްލިމުންތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަރަމުންގެންދާއިރު އެކަމުގައި ސައުދީ ސަރުކާރުގެ ބައިވެރިވުމެއްވޭ ހެއްޔެވެ. މިއީ މުޅިންވެސް ވިސްނަންޖެހޭ ކަންތައްތަކެވެ.

 

ކިތަންމެ، ރީތި ޖުއްބާއެއް ލުމަށްފަހު، ބޭރުފުށަށް ނަލަ ހެދުމެއް ކަމަކު އިސްލާމް ދީން ހިމާޔަތެއް ނުކުރެވޭނެ އެވެ. އެ ބުނާ ހުޅނގުގެ ޤައުމުތަކާއި ގުޅިގެން ސައުދީ ސަރުކާރުން ކޮންމެ ދުވަހަކު އެތަހާސް މުސްލިމުންނެއް މަރަމުން ގެންދަނީވެސް އިސްލާމް ދީން ހިމާޔަތްކުރުމަށް ހެއްޔެވެ.

 

ސައުދީ ސަރުކާރު ގެންދަނީ، ސީރިޔާ އާއި، ޔަމަނާއި، އިރާގުގައި ހުޅނގުގެ ޤައުމުތަކުން ޓެރަރިޒަމް ނައްތާލުމަށްކަމަށް ބުނެ ކުރާ ހަނގުރާމަތަކުގައި އެކިގޮތްގޮތަށް ބައިވެރުވަމުންނެވެ. ސީރިޔާގައި ކޮންމެ ދުވަހަކުވެސް އެތަށް ހާސް މުސްލިމުން މަރަމުންގެންދާއިރު، ސައުދީ ސަރުކާރަކީ، ސިރިޔާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް ހަނގުރާމައިގައި ބައިވެރިވާ ޤައުމެކެވެ. ހުޅުނގުގެ ޤައުމުތަކާއި އެއް ހަމައެއްގަ އެވެ. އެމެރިކާއާއި، އިނގެރޭސިވިލާތާއި، ފްރާންސްވެސް ހިމެނޭ ފަޅީގައި ސީރިޔާއަށް އެކި ހަމަލާތައްދޭ ޤައުމެކެވެ.

 

ޔަމަނުގައި ކުރެވޭ ހަނގުރާމައިގައި މިދިޔަ މަހު އެކަނިވެސް ބާރަ ހާސްއަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު، އެ ހަނގުރާމައިގައިވެސް އެންމެ އަމަލިގޮތުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައިވެސް ސައުދީ ހިމެނެއެވެ. ހަމައެކަނި މިދިޔަ ހަފްތާގައިވެސް މަނާ ހަތިޔާރު ބޭނުންކޮށްގެން، ސައުދީ ސަރުކާރުން ޔަމަނަށް ދިން ހަމަލާއެއްގައި ހަ މީހުން މަރާލާފައިވެއެވެ. އެތަށް ބަޔަކު ޒަހަމަކޮށްލައިފެއެވެ. އެ ހުރިހާ މުސްލިމުންނެއް ސައުދީ ސަރުކާރުން ކޮންމެ ދުވަހަކު މަރަމުންގެންދަނީ ހަމަ އިސްލާމްދީނުގެ ނަމުގައެވެ.

 

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް، އިންޑޮނޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފޮޓޯ: އޭއެފްޕީ

 

ދެންއޮތީ ސައުދީ ރަސްގެފާނުގެ ދަތުރުފުޅުގެ ވާހަކައެވެ. ދުނިޔޭގެ މުސްހަނދި އެތަށް ޤައުމެއްގެ ވެރިން ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރެއެވެ. ނަމަވެސް ހަމަ ހަރަދު ބޮޑު ދަތުރުފުޅެއް ކުރައްވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އެވެ. ހަށިފާރަވެރިންގެ ގޮތުގައި އެތަށް ބައިވަރު ބަޔަކު ދަތުރުތަކުގައި ބައިވެރިކުރާއިރު، މުޅިންވެސް ބޭނުންކުރައްވަނީ ރަނެވެ. މަތިންދާބޯޓުން ފައިބާ ސިޑިވެސް ހުންނަނީ ރަނުން ޒީނަތްތެރިކުރެވިފަ އެވެ. ދެން ހުންނަ ހުރިހާ ކަމެއްވެސް ހުންނަންޖެހެނީ ރަނުން ޒީނަތްތެރިކުރެވިފައެވެ. އެއާއެކުގައި ދަތުރުކުރައްވާނެ ހެލިކޮޕްޓަރާއި، ކާރު ހުރިހާ އެއްޗެއް ދަތުރުތަކުގައި ގެންދަވައެވެ. ޗުއްޓީ ހޭދަކުރައްވާއިރު، ގޮނޑުދޮށަށް ފޭބުމަށް ވަކި ސިޑިތައް ހަދާ ޒީނަތްތެރިކުރެވެ. ޗުއްޓީ ހޭދަކުރައްވާއިރު، އެ ސަރަހައްދާ އެއްވެސް މީހަކު ކައިރިވުމަކީވެސް މަނާކަމެކެވެ. ހަމައެކަނި ރާއްޖެގެ ތިން ރިސޯޓެއް ސައުދީ ރަސްގެފާނުގެ ދަތުރުފުޅަށް ބުކްކޮށްފައިވާއިރު، ސައުދީ ރަސްގެފާނު ރިސޯޓެއްގައި ހުންނަވާއިރު، އެއިންތަނަކާއި ކައިރިވުމަކީ މުޅިން މަނާކަމެކެވެ.

 

ސުވާލަކީ، މުސްލިމު ޤައުމުގެ ވެރިޔަކަށްވެ، އަދި މުސްލިމު ޤައުމުތަކުގެ ބައްޕަކަމުގައި ދައުވާކުރާ ޤައުމެއްގެ ވެރިޔެއްގެ ދަތުރުފުޅަށްމިހާ ބޭކާރު ހަރަދުކުރަންޖެހޭ ހެއްޔެވެ. ދުނިޔޭގެ އެތަށް ޤައުމެއްގެ މުސްލިމުންނަށް ބޯނެ ފެންފޮދެއް ނުލިބިގެންއުޅޭއިރު، މިއީ ހަމަކުރަންޖެހޭ ހަރަދުތަކެއްތޯ. ފަލަސްތީންގެ އެތަށް ހާސް ރައްޔިތުންނެއް މަގުމަތިވެ، ބޯހިޔާވެހިކަމެއް، ކާނެ އެއްޗެއް، ބޯނެ ސާފު ބޯފެން ފޮދެއް، ޒަހަމްވެފައިވާ ތަންތަނުގައި އަޅާލާނެ މަލަންކޮޅެއް ނެތިގެން އުޅޭއިރު، މިއީ ހަމަ މުސްލިމު ޤައުމެއްގެ ވެރިޔެއްގެ ފަރަތުން ފެންނަންޖެހޭ ފަދަ މަންޒަރެއް ބާއެވެ. ހުޅުނގުގެ އެންމެ ނުފޫޒުގަދަ ޤައުމުތަކުގެ ވެރިންގެ ދަތުރުތަކަށްވެސް މިފަދަ ހަރަދެއް ނުކުރެ އެވެ.

 

ސައުދީގެ ޝާހީ އާއިލާއިން، ހުޅނގުގެ ޤައުމުތަކުގައި އެކި ކެސީނޯތައް ހިންގާ ވާހަކައާއި، ޖާރިޔާ ގެންގުޅޭ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް ސައުދީ ސާހީ އާއިލާއިން ހިންގާ އެކިކަންތައްތަކުގެ ވާހަކަ ދެއްކުމުން އިސްލާމީ އުސޫލުތައް ނެތިކޮށްކޮށްލެވެނީ ކިހިނެއްކަން ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ސާފުކޮށްދެއްވަންޖެހެ އެވެ.

 

ތެދެކެވެ. މުސްލިމުންގެ ޤިބުލަ ހުރީ ސައުދީ އަރަބިއާގެ ބިމުގައެވެ. މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާއަކީ ސައުދީ އަރަބިއްޔާގެ ދެ ބިމެވެ. ނަމަވެސް އެހިސާބުން އަދި ސައުދީއަކީ ހުރިހާ ކަމެއް ފުރިހަމަ ޤައުމަކަށް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ފައްސިޔަ

2 އަހަރު ކުރިން

ސައޫދީ ރަސްގެފާނު އެކަނިތަ ދަތުރަށް އެވަރަށް ޚަރަދުކުރަނީ. ރިސޯޓުތައް އެއްވެސް މީހަކަށް ކައިރިނުވެވޭވަރަށް ކިތައް މީހުން މަހުޖަނުން ބުކްކުރާކަން ނޭނގެނީއެއްނޫން. ފައިސާހުރިމީހުން ޚަރަދުކުރާނެ އެމިޙޫންގެ ފައިސާގެ މިންވަރާ އެކަށީގެންވާވަރަށް. ހަމައެކަނި މުސްލިމު ވެރިންނެއްނޫން. މުސްލިމު އާދައިގެ މުއްސަނދިންވެސް ޤައިރު މުސްލިމުންވެސް ހަމައެފަދައިން ޚަރަދުކުރޭ. އެހެނޭކިޔާފަ މިނޫހަކުން ނުޖެހޭ ސައޫދީ ރަސްގެފާނާބެހޭގޮތުން މިފަދަ ލިޔުންތަކެއް ލިޔާކަށް. ވަރަށް ދަށްފެންވަރުގެ ކަންކަން މިފެންނަނީ. ދިމޮކްރަސީއޯ މިނިވަންކަމެއް ނެތޯ؟

0
3
11

2 އަހަރު ކުރިން

ސައުދީ ރަސްގެފާނުގެ ވާހަކަ ދައްކަން ޖެހުނީ އެއީ މުސްލިމް ގައުމެއގެ ވެރިއަކަށްވެހުރެ އެފަދަ ކަމެއް ކުރާތީ