22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ފަތާފެންގަނޑު ނަޖިސްކުރުން

ސްވިމިންގ ޕޫލަށް މީހުން ކުޑަކަމުދޭތަ؟

  • ސައިންސްވެރިން ބުނަނީ ފެންގަނޑުގައި އާޓިފިޝަލް ސްވީޓްނަރ ހުންނަ މިންވަރަށް ބަލާ މިކަން ދެނެގަނޭވޭނެ ކަމަށް
ރާއްޖެ އެމްވީ | raajje.mv

| 6 މާރޗް 2017 | ހޯމަ 05:01 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


މާލޭގެ ފަތާ ސަރަހައްދުގައި ކުޑަކުދިންތަކެއް ފަތަން ގޮސް -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ސުވިމިންގ ޕޫލަށް އެރި އުޅޭ މީހުން ޕޫލް ތެރެއަށް ކުޑަކަމުދާ ވާހަކަ ދައްކައެވެ. އެއީ ގިނަ ބަޔަކު ތުހުމަތުގެ ނަޒަރަކުން ބަލާ ކަމެއް ކަމުގައި ވިޔަސް އެކަން ސާބިތު ކުރުން ވެފައި އޮންނަނީ ވަރަށް އުނދަގޫ ކަމެކެވެ. އެއީ އެކަން ކުރި ކަމަށް ވިޔަސް ކުރި މީހަކު އެއްބަސްވާނެ ކަމެއް ނޫނެވެ. އަނެއް ކޮޅުން ޕޫލަށް އެރި އޮންނަ މީހަކު އެކަން ކުރަނިކޮށް އަތުލައި ގަތުމަކީވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ސްވިމިން ފޫލަށް މީހުން ކުޑަކަމުދާ ކަމަށް ކުރެވެމުންދާ ބޮޑު ތުހުމަތުގެ ހަގީގަތް ހޯދުމަށް މި ފަހަރު ނުކުތީ ސައިންޓިސްޓުންނެވެ. ކެނެޑާގެ ޔުނިވަރސިޓީ އޮފް އެލްބާޓާގެ ސައިންސްވެރިން މި ކުރެވޭ ބޮޑު ތުހުމަތުގެ ހަގީގަތް ދެނެގަތުމަށް ސައިންޓިފިކް ގޮތެއް އީޖާދު ކޮށްފިއެވެ. މި ގޮތަކީ، ސްވިމިންގ ޕޫލުގައި އެސިސަލްފޭމް ޕޮޓޭސިއަމް ހުންނަ މިންވަރު ދެނެގަތުމެވެ. އެސިސަލްފޭމް ޕޮޓޭސިއަމްއަކީ ޕްރޮސެސް ކޮށްފައި ހުންނަ ކާނާގައި އާއްމުކޮށް ހުންނަ މާއްދާއެކެވެ. މި މާއްދާއަށް އާއްމުކޮށް ކިޔަނީ އާޓފިޝަލް ސްވީޓްނަރއެވެ. އާޓިފިޝަލް ސްވީޓްނަރ އަކީ ހަށިގަނޑަށް އެތެރެވާ ގޮތައް އެއްވެސް ބަދަލެއް ނައިސް ހަށިގަނޑުން ބޭރުވާ އެއްޗެކެވެ. އެހެން ކަމުން އާޓިފިޝަލް ސްވީޓްނަރ ޕޫލުގައި އެކުލެވިފައި ހުންނަ މިންވަރުގެ މައްޗަށް ބިނާކޮށް އެ ޕޫލެއްގައި ކުޑަކަމުދާ އެއްޗެހި ހުންނަ މިންވަރު ދެނެގަނެވޭނެ ކަމަށް ދިރާސާ ކުރި ސައިންސްވެރިން ވަނީ ހާމަ ކޮށްފައެވެ.

ސައިންސްވެރިން ހެދި ގޮތަކީ 3 ހަފްތާގެ މުއްދަތައް ކެނެޑާގެ 31 ފަތާ ފެންގަނޑެއްގައި މި މާއްދާ އެކުލެވޭތޯ އާއި އެކުލެވޭ މިންވަރު ދިރާސާ ކުރުމެވެ.

ސައިންސްވެރިންގެ މި ހޯދުމުން ހާމަވި ނަތީޖާއަކީ، މި 31 ޕޫލުގައި 3 ހަފްތާގެ ތެރޭގައި 75 ލިޓަރުގެ ކުޑަކަމުދާ އެއްޗެހި އެކުލެވިފައިވާ ކަމެވެ. މާނައަކީ ޕޫލަށް އެރޭ މީހުން ހަގީގަތުގައިވެސް ފެންގަނޑުގެ ތެރެއަށް ކުޑަކަމު ދެއެވެ. 75 ލީޓަރަކީ ލައްކަ ބައިވަރެވެ. އެކަމަކު ޕޫލުގައި ފެން ހުންނަ ނިސްބަތައް ބަލާއިރު މިއީ ކުޑަ މިންވަރަކަށް ވެދާނެއެވެ. ކިތަންމެ ކުޑަ މިންވަރަކަށް ވިޔަސް މިއީ ފަކުރު ކަމަކަށް ނޫނީ ބެލޭނެ ގޮތެއް ނެތެވެ. އަނެއް ކޮޅުން ދިރާސާ ކުރި ސައިންސްވެރިން ބުނާ ގޮތުން މިއީ ސިއްހަތައްވެސް ގެއްލުން ހުރި ކަމެކެވެ.

ކުޑަކަމުދާ އެއްޗެހީގައި ޖަރާސީމު އެކުނުލެވުނު ކަމުގައި ވިޔަސް، އޭގައި އެކުލެވޭ ނައިޓްރޮޖެންގެ މާއްދާތަކާއި، ޔޫރިއާ އާއި، އެމޯނިއާ އާއި އެމިނޯ އެސިޑާއި، ކްރިއޭޓިނިން، ޕޫލް ސާފު ކުރުމަށް އަޅާ ކްލޮރިން އާ އެކުވެ އުފެދޭ މާއްދާތަކަކީ ސިއްހަތައް ނުރައްކާތެރި މާއްދާތަކެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ދިރާސާއިން ޕޫލަށް އެރޭ މީހުން ފޫލުގެ ތެރެއަށް ކުޑަކަމުދާކަން ޔަގީން ކުރެވުނަސް، ޕޫލަށް އެރޭ މީހުންގެ ތެރެއިން ސިއްރު ސިއްރުން ކުޑަކަމުދަނީ ކިތައް އިންސައްތަ މީހުން ކަމެއް ދެނެގަނެވިފައެއް ނެތެވެ.

ކުޑަކުދިން ޕޫލަށް އެރޭ އިރު ބައެއް ބެލެނިވެރިން ބުނާ އަޑު އިވެއެވެ. ފޫލަށް ހީސް ލައިފިނަމަ، ކިރުކުލައަށް ފެންގަނޑު ބަދަލުވާނެއެވެ. އެއީ ކުޑަކުދިން ޕޫލަށް ހީސްލިޔަ ނުދޭން ބުނެ އުޅޭ ވާހަކައެކެވެ. އެކަމަކު ޕޫލުގެ ފެންގަނޑަށް ކުޑަކަމު ދިޔަސް އެކަން ފާހަގަ ވާނެ މާއްދާއެއް ޕޫލަށް އަޅާފައި ނުހުންނަ ކަން ކުޑަކުދިން ގާތު އެވާހަކަ ދައްކާ ބޮޑެތި މީހުންނަށް އެނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް