23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ރަހީނުން މިނިވަންކުރުން

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

  • މިނިވަންކުރި މީހުންގެ ތެރޭގައި 109 ސިފައިން ހިމެނޭ
  • މިއީ ސުލްޙަ ޤާއިމް ކުރުމަށް އެޅުނު ފިޔަވަޅެއް: އަސްކަރިއްޔާ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 6 މާރޗް 2017 | ހޯމަ 04:21 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ދެކުނު ސޫދާނުގެ ބައެއް ހަނގުރާމަވެރިން -- ގޫގުލް

ސޫދާނުގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތަކުން ރަހީނު ކޮށްފައި ތިބި 127 މީހަކު މިނިވަން ކޮށްފިއެވެ.

ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓްގެ އިރުމަތީ ގޮފިން މިނިވަން ކުރި މީހުންގެ ތެރޭގައި ހިމެނެނީ ސޫދާނު އަސްކަރިއްޔާގެ 109 ސިފައިންނާއި އާންމުންގެ 18 މީހުންނެވެ. މި ރަހީނުން މިނިވަން ކުރުމާއި ގުޅިގެން، ސޫދާނު އަސްކަރިއްޔާގެ ތަރުޖަމާނު، ބްރިގޭޑިއަރ އަޙުމަދު ޚަލީފާ އަލް ޝާމީ ވިދާޅުވީ، ސޫދާނުގެ އަސްކަރިއްޔާއިން ދެކެނީ މިއީ ސުލްޙައާއި ގާތަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

އާދީއްތަ ދުވަހު މިނިވަންކޮށްފައިވާ ރަހީނުންނަކީ ކޮން އިރަކު ރަހީނު ކުރި ބައެއްކަން އަދި ޔަޤީން ނުވި ނަމަވެސް މި މީހުންނަކީ ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓްގެ އިރުމަތީ ގޮފިން އާންމުކޮށް ހަނގުރާމަކުރާ އަޒްރަގު ކޯރުގެ އައްސޭރިއާއި ދެކުނު ކުރްދުފާން ސަރަޙައްދުން ރަހީނު ކޮށްފައިވާ ބައެއްކަން ސޫދާނުގެ އަސްކަރިއްޔާއިން ވަނީ ޔަޤީންކޮށްދީފައެވެ.

އަޒްރަގު ކޯރުގެ އައްސޭރިއާއި ދެކުނު ކުރްދުފާންއަކީ، ސޫދާން ދެބަޔަކަށް ބަހައި، 2011 ވަނަ އަހަރު އުތުރާއި ދެކުނު ސުދާނެގ ނަމުގައި ދެ ޤައުމެއް އުފެއްދިއިރު، ދެކުނު ސޫދާނާއި ގުޅެން ބޭނުންވި ނަމަވެސް، އެ ފުރުޞަތު ދީފައި ނުވާ ދެ ސަރަޙައްދެވެ.

ދެކުނު ސޫދާންގައި ހަރަކާތްތެރިވާ ސޫދާން ޕީޕަލްސް ލިބަރޭޝަން މޫވްމަންޓްގެ އިރުމަތީ ގޮފި އުފައްދައި އުތުރު ސޫދާންގައި އެ ޤައުމުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަން ފެށީ ދެ ޤައުމު ބެހުމުގައި އުފެދުނު މި ކޯޅުމަށްފަހުއެވެ.

އަދި މި ކޯޅުމާއި ހަނގުރާމައިގެ ތެރޭގައި ދެ ސޫދާނެގ ދެމެދުގައި ތާށިވި އަޒްރަގު ކޯރުގެ އައްސޭރިއާއި ދެކުނު ކުރްދުފާންއަށް ދިއުން އިންސާނީ އެހީދޭ ފަރާތްތަކަށް މަނާކޮށްފައިވާއިރު، އދ އިން ލަފާކުރާ ގޮތުގައި އިންސާނީ އެހީއަށް ބޭނުން ޖެހިފައިވާ އެތައް ހާސް މީހުންނެއް ވަނީ އެ ދެ ސަރަޙައްދުގައި ތާށިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް