20 ފެބުރުއަރީ 2019 | ބުދަ | 08 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ބޮލީވުޑް

ޓައިގާ ޝްރޮފަކީ އަންހެން ދުޅައިގެ މީހެއްތަ؟

  • ރާމް ގޯޕާލް ވަރުމާ ޑައިރެކްޓް ކުރާ "ސަރުކާރު 3" އިން ޓައިގާ ޝްރޮފް ފެނިގެންދާނެ
ސަހުބާން ފަހުމީ | sahubaan

| 6 މާރޗް 2017 | ހޯމަ 02:09 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  8. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ


ޓައިގާ ޝްރޮފް -- އިންޑިއަން އެކްސްޕްރެސް

ކުރި އަރަމުން އަންނަ ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް މާބޮށް އަންހެން ދުޅާ ކަމަށް ބުނެ، މަޝްހޫރު ޑައިރެކްޓަރު ރަމް ގޯޕާލް ވަރުމާ މަލާމާތް ކޮށްފި އެވެ.

އޭނާ މަލާމާތް ކޮށްފައިވަނީ ޓައިގާ ޝްރޮފްގެ ފިލްމެއް ކަމަށްވާ “ބާގީ” އަށް ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރުމަށް ފަހު އެވެ. އެ ފޮޓޯއިން ފެންނަނީ ޓައިގާ މޫދުން އަރައިގެން އަންނަ ތަނެވެ.

ޓައިގާ ޝްރޮފް އަށް މަލާމަތްކޮށް ރާމް ގޯޕާލް ކުރީ އެންމެ ޓުވީޓެއް ނޫނެވެ. ފަސް ޓްވީޓު ކޮށްފައިވެ އެވެ. އެ ޓްވީޓްތަކުގައި ބުނެފައިވަނީ ޓައިގާ ޝްރަފް، އޭނާގެ ބައްޕަ ޖެކީ ޝްރޮފް ކައިރިން ފިރިހެން ވަންތަކަން ދަސްކުރަން ޖެހޭ ކަމަށެވެ.

ފޮޓޯގައި ޓައިގާ ހީވަނީ "ބިކިނީ ބޭބީ"އެއްހެން ކަމަށާއި ބްރޫސްލީ އާއި ޖެކީ ޝްރޮފް އެގޮތަށް ފޮޓޯއަށް ނުހުއްޓޭނެ ކަމަށް ބުނެފައިވެ އެވެ. ރާމް ގޯޕާލް ބުނީ ޓައިގާ ޝްރޮފް މޫދުން އަރައިގެން އަންނަ ފޮޓޯ އިން ހީވަނީ އުރްމިލާ މަތޮންދްކަރް އަރައިގެން އަންނަ ހެން ކަމަށެވެ.

ރާމް ގޯޕާލް ވަރުމާ ޓައިގާއަށް މަލާމާތް ކުރި އިރު ޓައިގާ އަކީ އޭނާ މިހާރު ޑައިރެކްޓުކޮށް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ސަރްކާރް 3" ގައި ފެނިގެންދާނެ ތަރިކެވެ. ރާމް ގޯޕާލް އަކީ އާންމުކޮށް ޓްވިޓާގައި މީހުންނަށް މަލާމަތް ކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް