17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ގްރޭސް މުގާބޭ

މެޑަމް ގްރޭސް މުގާބޭ!

  • މުގާބޭ ވަނީ ގްރޭސް ވެރިކަމަށް ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފަ
  • މުގާބޭގެ ކެމްޕޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ގްރޭސް
  • ދައުލަތުގެ އިސް މަގާމު ތަކުގައި ތިބޭ ފަރާތްތައް ކޮންޓްރޯލް ކުރަނީ ގްރޭސް
އަޒުމޫން އަހުމަދު | azmoon_ahmed

| 6 މާރޗް 2017 | ހޯމަ 00:08 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  7. ރައީސްގެ ނިންމެވުމަށް ތައުރީފު
  8. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި


ޒިމްބާބުވޭ ރައީސްގެ އަބިކަނބަލުން ގްރޭސް -- އޭޕީ

ޒިމްބާބުވޭގެ ފަސްޓްލޭޑީ މެޑަމް ގްރޭސް މުގާބޭ އަކީ ވަރުގަދަ ކަމަނާއެކެވެ. ރައީސް މުގާބޭ ވަނީ އެމަނިކުފާނަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނީ އަނބިކަނބަލުން ގްރޭސް މުގާބޭ ކަމަށް އިއުލާނު ކުރައްވާފަ އެވެ. 

ޒިމްބާބުވޭގެ ވެރިކަމުގެ ބާރުގައި އުޅޭ ހުރިހާ ފަރާތްތައް ވެސް އެންމެ ބޮޑަށް ކިޔަމަންވަނީ ގްރޭސް އަށެވެ. ކެބިނެޓް މިނިސްޓަރުންތަކުން ފެށިގެން ސިފައިންނަށް ދަންދެން އުޅެނީ ގްރޭސްގެ ހިޔަނީގަ އެވެ. ގްރޭސްގެ މައިގަނޑު މަސައްކަތްޕުޅަކީ މުގާބޭ ޕްރޮމޯޓް ކުރުމެވެ. ކެމްޕޭންތައް ކުރެއްވުމުގައި ކުރީ ސަފުގައި އެންމެ ފޯރީގައި އުޅުއްވަނީ ގްރޭސް އާއި ގްރޭސްގެ ޓީމެވެ. މުގާބޭ އަށް ވުރެ ހަރަކާތްތެރިކޮށް ފެނިގެން ދަނީ ގްރޭސް އެވެ.

އުމުރުފުޅު މައްޗަށް ދިއުމުގެ ސަބަބުން ހަރަކާތްތެރިކަން ކުޑަވެފައިވާ، ރައީސް މުގާބޭ، އަނބި ކަނބަލުން ގްރޭސް ވެރިކަމަށް ގެނެއުމަށް ތައްޔާރުވެ ވަޑައިގަންނަވަމުންދާ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތައް ދިޔައީ ބުނަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ބޭއްވި ރެލީއެއްގައި ގްރޭސް ވަނީ މިހާރު ވެސް ވެރިކަން ކުރައްވަނީ އެކަމަނާ ކަމަށް ވިދާޅުވެފަ އެވެ.

ޒިމްބާބުވޭގެ ނައިބު ރައީސް އެމާސަން ރައީސް ކަމުގެ މަގާމަށް ވަޑައިގަތުމަށް ފައި ވިއްދައިގެން ހުންނެވި ނަމަވެސް، އެ ފުރުސަތު މުގާބޭ ނުދެއްވާނެ ކަމަށް ދިރާސާކުރައްވާ ފަރާތްތަކުން ބުނެ އެވެ. އޭގެ ބަދަލުގައި ދެން ވެރިކަމަށް އަރާ ވަޑައިގަންނަވާނީ ގްރޭސް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. މުގާބޭގެ އުމުރުފުޅުން 93 އަހަރުވެފައިވާއިރު އަދި މިހާރު އާލާސްކަންފުޅާ އުޅުއްވާ އިރު، ނައިބު ރައީސްގެ ސަޕޯޓަރުން ގެންދަވަނީ ވެރިކަން ދޫކޮށްލެއްވުމަށް ގޮވާލަމުންނެވެ. ނަމަވެސް، މުގާބޭގެ ރައްދު ވަރަށް ސާފެވެ. ވެރިކަން ކުރައްވާނީ އެމަނިކުފާނު ނޫނީ ގްރޭސް އެވެ. ގްރޭސް ދާދި ފަހުން ވިދާޅުވީ، ސަންދޯކުގައި އޮންނަވައިގެންވެސް ކުރިއަށް އޮތް އިންތިޚާބުގައި މުގާބޭ ވާދަ ކުރައްވާނެ ކަމަށެވެ.

ގްރޭސްއާ ގުޅުވައިގެން ތަފާތު ވާހަކަތައް މީޑިއާގައި ފެންމަތިވެފައި އެބަހުއްޓެވެ. އެގޮތުން، ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީ އަށް ލަގްޒަރީ ގަނޑުވަރެއް ވިއްކެވި ވާހަކައާއި،  ޒިމްބާބުވޭގެ އިގްތިސާދު އިދަޖެހިފައިވަނިކޮށް ޕެރިސް އަށް ވިޔަފާރި ދަތުރެއް ކުރައްވައި 120،000 އެމެރިކާ ޑޮލަރު ޚަރަދުކުރެއްވި ވާހަކަ ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ދައުލަތުގެ ޚަޒާނާ އިން ފަސް މިލިއަން ޕައުންޑް ނެންގެވުމާއި، ނޫސްވެރިޔަކަށް ހަމަލާ ދެއްވުން ވެސް ފާހަގަކޮށްލެވެ އެވެ.

ދަރުމަ އަށް ގިނަ މަސައްކަތްތައް ވެސް ގްރޭސް ކުރައްވަ އެވެ. ދައުލަތުގެ ޚަޒާނާ އިން ފައިސާ ނަންގަވައިގެން ގްރޭސްގެ ނަންފުޅުގެ މަތީގައި ދަނޑުތަކާއި ކިރު އުފައްދާ ޕްލާންޓްތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި ދައުލަތުގެ ޚަޒާނާގެ ފައިސާ އާއި ޗައިނާގެ ކޮންޓްރެކްޓަރުންނަށް ގައުމުން ބިން ދޫކުރައްވައިގެން ޔުނިވާސިޓީއަކާއި ހޮސްޕިޓަލެއް ވެސް ގްރޭސްގެ ނަންފުޅުގެ މަތީގައި އިމާރާތް ކޮށްފައިވެ އެވެ. މި ތަންތަނަކީ މުގާބޭ އަށް ތާއީދު އިތުރުކުރުމަށް ގްރޭސް ބޭނުން ކުރައްވާ އެންމެ ވަރުގަދަ ހަތިޔާރެވެ. އެތަންތަނުގެ ޚިދުމަތް ލިބެނީ މުގާބޭ އަށް ތާއީދުކުރާ މީހުންނަށެވެ.

ގްރޭސްއާ ގުޅޭ ގޮތުން މިދިޔަ އަހަރު އިވުނު އެންމެ ވަރުގަދަ ވާހަކައަކީ 1.4 މިލިއަން ޑޮލަރުގެ އަގުބޮޑު ޑައިމަންޑް އަނގޮޓިއެއް ބައްލަވައިގަތް ވާހަކަ އެވެ. މި ހުރިހާ ކަންތައްތަކާއެކު ގްރޭސް އަކީ މުޅި ދުނިޔޭގައި ހުރި އެންމެ ކޮރަޕްޓް ފަސްޓް ލޭޑީ ކަމަށް ދުނިޔޭގެ އެކި މީޑިއާތަކުން ސިފަކުރަން ފެށި އެވެ.

ޒިމްބާބުވޭގެ ދައުލަތުގެ ކުންފުނިތަކާއި ވިޔަފާރިވެރިންނަށް ގްރޭސްގެ ހަރަކާތްތަކަށް ފަންޑުކޮށް ދިނުން މަޖުބޫރުކުރުވާފައި ވާއިރު، އެގައުމުގެ ކުންފުނިތަކާއި ސިވިލް ސާވެންޓުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސް ނުދެވުނީ ގްރޭސްގެ އަގުބޮޑު ދިރިއުޅުމަށް ޚަރަދުކުރަން ޖެހުނީތީ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޒިމްބާބުވޭގެ 95 އިންސައްތަ މީހުންނަށް ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ ހިތާމައާއި ކުރިމަތިލާން ޖެހިފައިވާއިރު، ގްރޭސް ގެންދަވަނީ ދައުލަތުގެ ފައިސާ އިން މަޖާކޮށް އުފާކުރަމުންނެވެ. ގްރޭސް ވިދާޅުވާ ގޮތުންނަމަ ދައުލަތުގެ ފައިސާއަކީ އެކަމަނާގެ ވެސް ފައިސާ އެވެ. އެހެންކަމުން އެއިން އެކަމަނާ އަށް ވާ ބައި ބޭނުން ކުރުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ މުގާބޭ

2 އަހަރު ކުރިން

މެޑަމް ފާތުން ކޮޕީ މިކުރަނީ ދުރޭސްދޯ.ތި ހުރިހާ ކަމެއް މިތާވެސް ހަމަ ތިބީދައިން ދަނީ ހިގަމުން.މިގައުމުގަވެސް ނައިބް ރައީސެއް އެބަހުރި އެކަމަކު ނައިބުގެ ޒިއްމާ އަދާ ކުރަމުންދަނީ މެޑަމް.ވިޔަފާރިވރިންނާ މަޖިލިސް މެމްބަރުން ގޮވަެިގެން މެޖިސްޓީގަ ލާރިބަހަމުން

10
0