22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމެރިކާ އިން ޓްރެވެލް ބޭން ނެ

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

  • މެކްސިކޯއިން ގަވާއިދާއި ހިލާފަށް އެތެރެވާ މީހުން ހުއްޓުވުމަކީ ޓްރަމްޕްގެ ވައުދެއް
  • މިފަހަރު ސޮއިކުރައްވާ ގަރާރަކީ ކުރިން ސޮއިކުރެއްވި ގަރާރަށްވުރެ ތަފާތު ގަރާރެއް
ލީވާން އަލީ | MrLeevaan

| 5 މާރޗް 2017 | އާދީއްތަ 23:55 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


މުސްލިމުން އެމެރިކާއަށް ވެއްދުން މަނާކުރުމާ ދެކޮޅަށް މުޒާހަރާކުރަނީ -- ޓްވިޓަރ

އަނެއްކާވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލުމުގެ ގަރާރެއްގައި ސޮއިކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވައިޓްހައުސްގެ ބައެއް އޮފިޝަލުންނާ ހަވާލާދީ، މީޑިޔާ ރިޕޯޓުތަކުގައި ބުނެފައި ވަނީ ޓްރަމްޕް މިފަހަރު ސޮއިކުރައްވާ ގަރާރަކީ ކުރިން ސޮއިކުރެއްވި ގަރާރަށް ވުރެ ތަފާތު ގަރާރެއް ކަމަށެވެ.

ސީރިޔާ، އިރާގް، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް ވިސާ ނުދިނުމަށް ކުރިން ނިންމާފައިވާއިރު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މީގެއިތުރުން ކޯޓުން ވަނީ ޓްރަމްޕް ސޮއިކުރެއްވި ގަރާރު ތަންފީޒުކުރަން ނިންމި ނަމަވެސް އެކަން ބާތިލުކޮށްފައެވެ.

މެކްސިކޯއިން ގަވާއިދާއި ހިލާފަށް އެތެރެވާ މީހުން ހުއްޓުވުމަށް ފާރެއް ގާއިމްކުރުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. މިފާރަށް ހަރަދު ކުރާނީ މެކްސިކޯގެ ސަރުކާރުން ކަމަށްވެސް ޓްރަމްޕް ވަނީ އިއުލާންކުރައްވާފަ އެވެ. ޓްރަމްޕްގެ ސަޕޯޓަރުންގެ މެދުގައި މި ވައުދަކީ މަގުބޫލު ވައުދެއް ނަމަވެސް، މިކަމަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވެ އެވެ.

ކެމްޕޭން ދުވަސްވަރު ޓްރަމްޕް ވަނީ މެކްސިކޯއަކީ ޑްރަގް ޑީލަރުންނާއި ރޭޕިސްޓުން އެމެރިކާއަށް އެކްސްޕޯޓު ކުރާ ގައުމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި، އެމެރިކާގައި ދިރިއުޅޭ މުސްލިމުން މޮނިޓަރ ކުރުމުގެ ގޮތުން ރެޖިސްޓްރީ އެއް ތައާރަފްކޮށް، މިހާރު އަމަލުކުރަމުންދާ އުސޫލުތައް އިތުރަށް ހަރުކަށި ކުރައްވާނޭ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް