15 ޑިސެންބަރު 2018 | ހޮނިހިރު | 06 މުލަ
08 ރަބީޢުލްއާޚިރު 1440
އިޝާ 19:17
މަޣްރިބް 17:59
އަސްރު 15:25
މެންދުރު 12:05
އިރުއަރާ 06:02
ފަތިސް 04:46

ދައުލަތުގެ ރިޒާވް

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

  • ޔޫޒަބަލް ރަސްމީ ރިޒާވް ހުރީ 201.5 މިލިއަން ޑޮލަރުގައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 5 މާރޗް 2017 | އާދީއްތަ 20:34 | |

މަގުބޫލް

  1. ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒުކޮށްފި
  2. އަހަރުގެ ޒުވާން ކެޔޮޅު ބުނަނީ މިއަށްވުރެ ހަލާލު މަސައްކަތެއް ނެތް ކަމަށް!
  3. ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
  4. މާލެ-ހުޅުމާލެ ދަތުރު: އޭރުވެސް ތަކުލީފެއް، މިހާރުވެސް ތަކުލީފެއް
  5. އިންޑިއާ ދަތުރުފުޅުގައި ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅުގައި!
  6. 21 އަހަރު ވަންދެން ދައުލަތަށް ޚިދުމަތް ކުރީ އިޚްލާސްތެރިކަމާއެކު: ހަމްދޫން
  7. ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
  8. ކުރީގެ ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި


އެމްއެމްއޭ -- ގޫގުލް

މިދިއަ ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވު ހުރީ 476 މިލިއަން ޑޮލަރުގައި ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައ 201.5 މިލިއަން ޑޮލަރު އެބަހުއްޓެވެ. މަހުން މަހަށް ބަލާ އިރު ޔޫޒަބަލް ރިޒާވް އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭ އިން ހާމަކުރެ އެވެ.އެހެން ނަމަވެސް އަހަރުން އަހަރަށް ނަލާ އިރު މިއީ އެއް ޕަސެންޓްގެ ދަށްވުމެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

 ރާއްޖޭގެ ޔޫޒަބަލް ރިޒާވް 201.5 މިލިއަން ޑޮލަރުގައި ހުރިއިރު ރިޒާވް ހަމަޖެއްސުމަށް އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ދަރަންޏަށް ސަރުކާރުން ވަނީ ނަގާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ބުނީ ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ރާއްޖޭގެ ސަރުކާރަށް ދީފައިވަނީ ސްވެޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށެވެ. ސްވެޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ. އަދި މިއީ ތިން މަސް ފަހުން އަނބުރާ ދައްކަން ޖެހޭ ގޮތަށް ނެގި އަދަދެއް ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމުގައިވާ އެއަރޕޯޓްސް ކޮމްޕެނީ އަށް 140 މިލިއަން ޑޮލަރު ކޯޕަރޭޓް ބޮންޑްގެ ގޮތުގައި އެމްއެމްއޭ އިން ވަނީ ވިއްކާފަ އެވެ. އެކަމާ ގުޅިގެން ޔޫޒަބަލް ރިޒާވް 50 މިލިއަން ޑޮލަރަށް ދަށްވި އެވެ. 

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އެހެން ކަމުން ދިވެހި ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭ އިން ބުނީ މި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ ބުލެޓް ޕޭމެންޓް ނުވަތަ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާ ގޮތަށް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފައިސާ އޭޕްރީލް މަހުގެ ތެރޭގައި ދައްކަން ޖެހޭއިރު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން އަނބުރާ ދައްކަން ޖެހެއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާ އިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޔޫއެސް ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިއަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް