23 މެއި 2017 | އަންގާރަ | ރޯނު 4 | 27 ޝަޢުބާން 1438 | މެންދުރު: 12:06

ލޯބިން


| | | produceramir | |



އާމިރު ސަލީމްގެ "ލޯބިން" -- ފޮޓޯ:ރާއްޖެ އެމްވީ

ހަތަރުވަނަ ބައި

 

      ނިހާ އެ ގެއަށް އައިއްސުރެ ނިހާގެ ހުރިހާކަމެއް ޒައިނާ ގެންދިޔައީ ފަރުވާތެރި ކަމާއެކު ކޮށްދެމުންނެވެ. ލޯތްބާއި އޯގާތެރި ކަމާއި އެކުގައެވެ. ޒައިނާ އުޅޭގޮތުން ހީވަނީ ނިހާއަކީ އޭނާގެ އެއްބަނޑުއެއްބަފާ ކުއްޖެއް ހެންނެވެ. ޒިޔާމް ގޭގައި ނޫޅެންޏާ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ޒައިނާ ހޭދަކުރަނީ ނިހާ ކައިރީގައެވެ. ނިހާ ހިތްހަމަ ޖައްސައި ދިނުމުގައެވެ. ނިހާ ރީތިކުރުމާއި ކާންދިނުމާއި ގޮވައިގެން ހިނގާލަންދިޔުން ފަދަ ކަންތައްތަކުގެ ސަބަބުން ޚުދު ނިހާ ވެސް ލަދުގަންނަން ޖެހޭހާ ވަރަށް ޒައިނާ ނިހާއަށް އެހީތެރިވެއެވެ.

 

" ހަމަގާމުނަސް ކުދުކޫދަކާ ބެނޑުވަގެން ވޭޑުމަށްވަނި އުދަގޫ ވޭހެއް ނިހާކަހަލުގެ ނިކުޅެދޭ މީހަކާ ބެނޑުވަގެން ވޭނޑޭއް. މަހިތަށް އަރައި ޒައިނާ ކިޔެންކެރާއް ކެރާ ކަމައްތައު ތޭ. ޒައިނާއަށް ހީވެނީއާ ކޮންމިޔެސް ދުވަހަކި ނިހާގެ ފުށުން ފައިދާއް ވޭނެހެން "

" މަގޭ އެއްވިސް މަޤްޞަދަށް ވަކިބޭނުމަކަސް ނެތް. ހަމައެކަނި މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި މީހަކައި އެހީވެނީ "

      އެއްދުވަހަކު ޒައިނާގެ ރައްޓެއްސަކު ނިހާއާ ބެހޭގޮތުން ސުވާލުކުރުމުން ޒައިނާގެ މަޤްޞަދު އޭނާ ހާމަކޮށްދިނެވެ. ޒައިނާދެކެނީ އެއީ އިއްތިފާޤެއް ކަމަށެވެ. އަދި މާތްރަސްކަލާންގެ އޭނާއާ ކުރިމަތި ކުރެއްވި އިމްތިހާނެއްކަމަށެވެ. އެހެންނޫންނަމަ އެ ދުވަހު މަގުމަތީގައި އިން ނިހާ އެ މީހުންނާއި ދިމާވާންވީ ސަބަބެއް ނެތެވެ. އަދި އެ މީހުންގެ ކުރިމަތީގައި ނިހާ ގެއިންނެރެ، އޭނާގެ ހެދުންތައް ބޭރަށްް އުކާލި މަންޒަރު ފެންނާކަށް ވެސް ނުޖެހުނީހެވެ.

      އެ ޙާލުގައި ހުރި ނުކުޅެދޭ ޒުވާން އަންހެންކުއްޖަކު މަގުމައްޗަށް ދޫކޮށްލަން ޒައިނާއަށް ނުކެރުނީ ޒައިނާގެ ހިތަކީ ހިލަގަނޑެއް ނޫންކަމުންނެވެ. ޒައިނާއަށް ނިހާ ގެންދަންޖެހުނީ އެހެންވެގެންނެވެ.

      އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ޒިޔާމް އޮފީހުން އައި އިރު ޒައިނާ އިނީ ނިހާގެ ބޮލުގައި ފުނާއަޅުވަ ދޭށެވެ.

" އަހަރެން ހިތައްއަރާ މަރުވުމުގެ ކުރިން އަހަރެންނަށް ޒައިނާ ފެންނާނެ ނަމައޭ. ޒައިނާތިއީ އިންސާނަކަށް ވުރެ ވެސް މާތް މީހެއް. އެކަމަކު ކީއްކުރާނީ ދޯ. އެފަދަ ހެޔޮއެދޭ މީހެއްގެ މޫނު ވެސް ފެނުމުގެ ނަސީބެއް އަހަރެންނަކަށް ލިބިފައެއްނެތް "

      މަޑުމައިތިރިކަމާއި ހަމަހިމޭން ކަމާއިއެކު ނިހާ ވާހަކަ ދައްކަމުން ދިޔައެވެ.

" ތީކޮން ވާހަކައެއް. އަދި އިރާދަކުރެއްވީިޔާ ނިހާއަށް ފެންނާނެ! "

      ނިހާ ހިތްހަމަ ޖައްސައިދެވޭތޯ ޒައިނާ މަސައްކަތް ކުރިއެވެ.

" އާނ! އިރާދަކުރެއްވީޔާ އަދި ރަނގަޅުވާނެ. އެކަމަކު ކާކު އެވަރުގެ ކަމެއް އަހަންނަށް ކޮށްދޭނީ! "

      ނިހާގެ އަޑުގައި ހުރީ މާޔޫސް ކަމުގެ އަސަރުތަކެވެ. އެ ހިތުގައިވާ ޒަޚަމަތަކުގެ ތާޒާކަމުގެ އަސަރުތަކެވެ. އެ ރިހުންތަކުން އަޅާ ގަދަފަދަ ވޭނުގެ އަސަރެވެ.

      ޒިޔާމް ކޮޓަރީގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޒައިނާގެ ޚަބަރެއް ނުވުމުން ތެދުވެގެން ގޮސް ނިހާގެ ކޮޓަރީގެ ދޮރުމަށްޗަށް ހުއްޓިއްޖެއެވެ. ޒައިނާއަށް ހަމަ ޒިޔާމް ފެނުމާއެކު ޒިޔާމް އެ އައީ އޭނާ ލަސްވެގެންކަން އެނގިއްޖެއެވެ. އެހެންވެ އަވަސް އަވަހަށް ނިހާގާތު ދެންދަނީއޭ ބުނެފައި ކޮޓަރިން ނުކުންނަން ހިނގައިގެންފިއެވެ. ޒައިނާ ހިނގައިގަތުމުން ޒިޔާމް ވެސް އެ މީހުންގެ ކޮޓަރިއާއިދިމާއަށް ދާން ހިނގައިގެންފިއެވެ.

" ކީއްކުރަންތަ އަބަދުގޮސް އެތާ ތިއިންނަނީ؟ " ޒައިނާ އައި އިރު ޒިޔާމް އިނީ ކޮޓަރިތެރޭގައި ހުރި ސޯފާއެއްގައި އިށީންދެލައިގެންނެވެ. ހިސާބަކަށް ހިތްހަމަ ނުޖެހުމުގެ އަސަރު މޫނުމަތިން ފެންނަން ހުއްޓެވެ.

" ޒިޔާމް ހިތްހަމަ ނުޖެހިގެން އުޅޭ ސަބަބެއް ނޭނގޭ! "

      ޒައިނާ ގޮސް ޒިޔާމް ކައިރީގައި އިށީނދެއްޖެއެވެ.

" ހިތްހަމަ ޖެހުމާއި ހިތްހަމަ ނުޖެހުން އިހަށް ބާއްވަބަލަ. ދެން އަބަދު ގޮސް އެތާ އިންނަން މާ ރަނގަޅު މީހެއް ވެސް ނޫނެއްނު އެއީ"

      ޒައިނާގެ މޫނަށް ބަަލަހައްޓައިގެން އިނދެ ޒިޔާމް ވާހަކަ ދެއްކިއެވެ. ހީވަނީ ޒައިނާއަށް ކޮންމެވެސް އެއްޗެއް ވިސްނައިދޭން ޒިޔާމް މަސައްކަތް ކުރަނީހެންނެވެ.

" އޭނާ ގޯސްވެގެން ކީއްތަ........؟ "

" ކީއްހޭ ކުރީ؟ ޒައިނާއަށް ހަމަ ނޭނގެނީތަ ތިހެން ތިއަހަނީ. އަހަންނަށް އެނގޭ އެއްޗަކީ މީހަކު ރަނގަޅު ކަމެއްް ކޮށްގެން އެ ގޮތަކަށް ބަލިވެއެއް ނީންނާނެކަން. "

      ޒިޔާމްގެ އަޑު ގަދަވިޔަ ނުދީ ހިފެހެއްޓޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. އެ އަޑު އެހެންމީހަކަށް އިވިދާނެތީއެވެ.

" އަހަންނަކަށް ނުވިސްނޭ ޒިޔާމް ބުނަން ތިއުޅެނީ ކީކޭކަމެއް. ހީވަނީ އަރަތެއް ކިޔަން އުޅޭހެން! "

      ޒައިނާ އިނީ ދެރަވެފައެވެ. ޒިޔާމް ހިތްހަމަ ނުޖެހެންވީ ސަބަބެއް ނުވިސްނިގެން ކަންބޮޑުބެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިއީ ދިރިއުޅުމުގައި ޒައިނާއަށް އާ މައްސަލަތަކެކެވެ. މިއީ ދެ މީހުންގެ ދެމެދުގައި ކަމަކާމެދު އެންމެބޮޑަށް ދެ ބަސްވާންޖެހުނު ކަންތައް ވެސް މެއެވެ.

" އަޅާނުލާ. ހިނގާ ކާން. ވަރަށް ބޮޑަށް ބަނޑުހައިވެފަ މިހިރީ. "

      ޒައިނާ މާބޮޑަށް ދެރަވެއްޖެހެން ހީވުމުން ޒިޔާމް އެ ވާހަކަ ހުއްޓާލައިފިއެވެ. ދެން ޒައިނާގެ އަތުގައި ހިފައިގެން ކޮޅަށް ނަގައިގެން ކާކޮޓަރިއާ ދިމާލަށް ހިނގައިގެންފިއެވެ.

      ދުވަސްތައް މާޒީގެ ފަތްފުއްތަކުގެ ތެރެއަށް ވަނުމުން ހަނދާނުގެ ޞަފުޙާ ތަކުގައި ލިޔެވެމުން ބަދަލުވަމުން ދައުރުވަމުން ދެއެވެ. ކޮންމެ ދުވަހެއް އަނެއްދުވަހާއި ތަފާތެވެ. އެކި މަންޒަރުތަކެވެ. އެކި ކުލަތަކެވެ. އޮޔާ ވައި ފަދައިންނެވެ. އުޑުމަތީގައި ހިނގާ ވިލާތައް ފަދައިންނެވެ. އެކަމަކު އެކަން ދެނެގަނެވެނީ ކިތައް މީހުނަށް ހެއްޔެވެ. މިއަދު ތިމާ ރޯންޖެހުމުން އެކަމާ ޝަކުވާ ކުރާއިރު އިއްޔެ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި ތިމާ ހީނ ހީނފައި އުޅުނު ހަނދާން ހުންނަނީ ކިތައް މީހުންބާއެވެ.

      އެންމެފުރަތަމަ ލިންކު ރޯޑުން ނިހާއާއި ދިމާވި ވަގުތުން ފެށިގެން ވެސް ޒިޔާމްގެ ކިބައިން ބަދަލުތަކެއް ޒައިނާއަށް ފާހަގަ ކުރެވެން ފަށައިފިއެވެ. ގޭގައި ހޭދަކުރާ ވަގުތު މަދުވުމާއި ގޭގައި އުޅޭއިރު ވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރުންފަދަ ކަންކަމުގެ ސަބަބުން ޒިޔާމުގެ އޭރާއި މިހާރު އެނގޭ ހަމަ ކޮންމެ މީހަކު ވެސް އެ ބަދަލު ފާހަގަ ކުރެވޭނެހާ ވާނެއެވެ. އެކަމާ ދެރަވެގެން ކިތަންމެ ފަހަރަކު ޒައިނާ ސުވާލުކޮށް ހަދައެވެ. އެކަމަކު ޒިޔާމް ބުނަނީ ކަމެއް ނުވާކަމުގައެވެ.

      އެއްރެއެއްގެ އިރާކޮޅު ވަގުތެވެ. ޒިޔާމްވީ އޮފީހުގައެވެ. ޒައިނާ ވެސް ނިހާއަށް ކާންދިނުމަށްފަހު މަންމަ ކުޑަކޮށް ބަލިވެއުޅޭ ޚަބަރު ލިބިގެން ގެ ތަޅުލުމަށްފަހު ޒައިނާގެ މަންމަގެއަށް ދިއުމަށްޓަކައި ނުކުމެއްޖެއެވެ. އަވަސްކޮށްލައިގެން ދާންއުޅެން ހަދައިގެން ޒައިނާއަށް ދެވުނީ ނިހާގާތު ވެސް ތަނަކަށް ދާ ވާހަކަ ނުބުނެއެވެ. އެހެންކަމުން ނިހާ އަކަށް ވެސް ޒައިނާ ގޭގައި ނޫޅޭކަމެއް ނޭނގެއެވެ.

      ތަންކޮޅެއް އަވަހަށް މަސައްކަތްކޮށް ނިމުމުން ޒިޔާމް ވެސް ތަންކޮޅެއް އަވަހަށް ގެއަށް ހިނގައްޖެއެވެ. ޒިޔާމް އައި އިރު ގެ ހުރީ ތަޅުލާފައެވެ. އެހެންކަމުން ހިސާބަކަށް ހިތުގައި ސުވާލު އުފެދޭކަހަލަ ގޮތެއް ވިއެވެ.

      ކުޑައިރުކޮޅަކު ދޮރުކައިރީގައި ވިސްނާލަން މަޑުކޮށްލުމަށްފަހު ތަޅުދަނޑިން ދޮރު ހުލުވާލުމަށްފަހު އެތެރެއަށް ވަދެއްޖެއެވެ. އޭރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަޑެއްބަޑެއް ވެސް ނީވެއެވެ. އެތެރެއަށް ވަނުމަށްފަހު ޒިޔާމް ކުޑަކޮށް ގޭތެރެ ހޯދާލައިފިއެވެ. އެކަމަކު ޒައިނާއެއް ނުފެނުނެވެ. އެހެންކަމުން ބޭރަށް ނިކުތުމަށްޓަކައި ހިނގައިގަތުމާއިއެކު ނިހާގެ ކޮޓަރިތެރެއިން ނިހާގެ އަޑު އިވިއްޖެއެވެ.

" ޒައިނާ! "

      ފާޚާނާތެރޭގައި ހުރެގެން ނިހާ ޒައިނާއަށް ގޮވަނީއެވެ. އެކަމަކު އޭނާއަށް ޖަވާބުދޭކަށް ޒައިނާއެއް ނެތްކަމެއް އޭނާއަކަށް ނޭނގެއެވެ.

" ޒައިނާ! އަހަރެންގެ ތުވާލި ދިއްކޮށްލަފާނަންތަ؟ ހަނދާންނެތި ނުލާ މި ވަދެވުނީ! "

      ފާޚާނައިގެ ދޮރު ހުޅުވާލުމަށްފަހު ތަންކޮޅެއް ބާރަށް ނިހާ ގޮވާލިއެވެ. ބޭރަށް ނިކުންނަން ދިޔަ ޒިޔާމަށް އެ އަޑުއިވުމުން ހަދާނެ ގޮތެއް ނެތިފައި ހުރެވުނީއެވެ. އެހެންކަމުން ޒައިނާ ފެނޭތޯ އަނެއްކާ ވެސް ހޯދަން ފަށައިފިއެވެ. އެކަމަކު ޒައިނާއެއް ނުފެނުނެވެ. އޭރު ވެސް ނިހާ ޒައިނާއަށް ގޮވަނީއެވެ.

" ޒައިނާ! އަޅޭ އަވަސް ކޮށްލަދީފާނަންތަ؟ ހީކަރުވާވަރުން މިއުޅެނީ. "

      ނިހާ އަނެއްކާވެސް ވާހަކަދެއްކިއެވެ. ޒައިނާއަށް ގޮވިއެވެ. ހަދަންވީ ކިހިނެއްކަމެއް ނޭނގިގެން އެތައްއިރަކު ވިސްނަން ހުރުމަށްފަހު ޖެހިލުންވެހުރެ ޒިޔާމްގޮސް ނިހާގެ ކޮޓަރިއަށް ވަދެއްޖެއެވެ.

އެންމެ ފަހުގެ
ކޮމެންޓް