18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
އިޝާ 19:06
މަޣްރިބް 17:51
އަސްރު 15:15
މެންދުރު 11:55
އިރުއަރާ 05:52
ފަތިސް 04:37

ބޮލީވުޑް

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

  • ފުރަތަމަ ދުވަހު ވެސް 5.10 ކްރޯޑް ރުޕީސް ލިބިފައިވޭ
  • ފިލްމުގެ ކާސްޓުންނާއި ކްރޫއިން ތިބީ މި ކާމިޔާބީއާ މެދު ވަރަށް އުފަލުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 މާރޗް 2017 | އާދީއްތަ 09:08 | |

މަގުބޫލް

  1. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  2. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  3. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  6. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ
  7. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ
  8. މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅަނީ


"ކޮމާންޑޯ2" ގެ ލީޑް ރޯލުން ފެނިގެންދާ ވިދްޔުތް ޖަމްވަލް -- ގޫގުލް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ކޮމާންޑޯ 2" އަށް ބޮކޮސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

 

ވިދްޔުތް ޖަމްވަލް ލީޑް ރޯލުންފެނިގެންދާ މި ފިލްމް އެޅުވި ފުރަތަމަ ދުވަހު ވެސް 5.10 ކްރޯޑް ރުޕީސް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

ފިލްމުގެ ޕްރޮޑިއުސަރ ވިޕުލް ޝާހް ބުނެފައިވަނީ ފިލްމުގެ ކާސްޓުންނާއި ކްރޫއިން ތިބީ މި ކާމިޔާބީއާ މެދު ވަރަށް އުފަލުން ކަމަށެވެ.

 

މީގެ ކުރިން ރިލީޒް ކޮށްފައިވާ "ކޮމާންޑޯ: އަ ވަން މޭން އާރމީ" އަށް ފުރަތަމަ ދުވަހު ލިބިފައިވަނީ 3.69 ރުޕީޒް އެވެ.

 

ފިލްމުގެ ޕްރޮޑިއުސާރ ޝާހު ބުނެފައިވަނީ ބޮލީވުޑްގެ ބޮޑެތި ތަރިން ކުޅެފައިވާ ފިލްމުތަކަށް ވުރެން މި ފލްމުގެ ފެށުން ރަނގަޅު ކަމަށާއި ބެލުންތެރިން  ވަނީ މި ފިލްމާއި ފިލްމުގެ ތަރި ވިޔުތް ބަލައިގެންފައި ކަމަށެވެ.

 

ދެވަނައަށް ނެރޭ ފިލްމަށް ބޮޑު ކާމީޔާބީއެއް ލިބުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް "ކޮމާންޑޯ އަށް ވުރެން ބޮޑު ކާމިޔާބީއެއް "ކޮމާންޑޯ 2 " އަށް މިވަނީ ލިބިގެން ގޮސްފައިކަން ފާހަގަ ކޮށްލެވެއެވެ.

 

އަދި މި ފިލްމު ބެލި ފަރާތްތަކަށް ފިލްމު ކަމުގޮސްފައިވާތީ  އެކަމާއި ވަރަށް ހިތްހަމަ ޖެހޭކަމަށް ޝާހް ވަނީ ބުނެފައެވެ.

 

ވަގު ފައިސާގެ މުއާމަލާތް ހިންގަމުންދާ މަންޒަރުތައް ދައްކުވައިދޭ  މި ފިލްމައި ވިދްޔުތް ޖަމްވަލްގެ އިތުރުން ލީޑް ރޯލުން ފެނިގެން ދަނީ އީޝާ ގުޕްތާ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް