21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:17
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:18
ފަތިސް 05:03

ބޮލީވުޑް

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

  • ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ރިލީޒްވާ އެދެތަރިންގެ ފުރަތަމަ ފިލްމް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 5 މާރޗް 2017 | އާދީއްތަ 07:14 | |

މަގުބޫލް

  1. ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
  2. އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރާނަމަ، ސަރުކާރަށް އެއްބާރުލުން ދޭނަން: ގާސިމް
  3. އިބްރާ ޕޮލިހަށް ހާޒިރުކޮށްފި
  4. އަނެއްކާވެސް ފަތުރުވެރިއަކު މަރުވެއްޖެ، މިއީ ފަސް ވަނަ މަރު
  5. ހޮޅުދޫ ދާއިރާ އާއި ތިނަދޫ ދެކުނު ދާއިރާގެ ފޮށިތައް އަލުން ގުނަނީ
  6. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް
  7. ތޮއްޑޫގައި ފުރަތަމަ ފަހަރަށް މޫނު ބުރުގާ އެޅި މީހަކަށް ވަޒީފާ ހަމަޖައްސައިދީފި
  8. ނާޒިމް ފްރޭމް ކުރި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހަޅައިފި


"ޖައްގާ ޖާސޫސް"ގެ އޮފިޝަލް ޓްރެއިލާ -- ގޫގުލް

ބޮލީވުޑް ސްޓާރ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެންމެ ފަހުން ކުޅެފައިވާ ފިލްމް "ޖައްގާ ޖާސޫސް" ޕްރޮމޯޓް ކުރުމުގައި އެދެތަރިން އެކުގައި ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

 

މި ފިލްމަކީ ރަންބީރައި ކެޓރީނާ ހަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވި ފަހުން ރިލީޒްވާ އެދެތަރިންގެ ފުރަތަމަ ފިލްމެވެ.

 

ކެޓްރީނާ ވަނީ ރަންބީރާއި އެކު މި ފިލްމް ޕްރޮމޯޓް ކުރުމަށް މީގެ ކުރިން ދެކޮޅު ހަދާ އެކުގައި ފިލްމް ޕްރޮމޯޓް ނުކުރާނެ ކަމަށް ބުނެފައެވެ.

 

ނަމަވެސް އެންމެ ފަހުގެ ޙަބަރުތައް ބުނާގޮތުން ފިލްމް ޕްރޮމޯޓް ކުރުމުގައި މި ދެތަރިން އެކުގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން އިންޓަވިއު ތަކާއި އިވެންޓް ތަކުގައި މި ދެތަރިން އެކުގައި ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

 

 

މިފިލްމް ރިލީޒް ކުރާ ދުވަސް ފަސްކޮށްފައިވާ ކަމަށް އަޑު ފެތުރަފައިވީ ނަމަވެސް އެ ފިލްމް މީގެ ކުރިންވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީޚް ކަމަށްވާ އަންނަ އެޕްރީލް މަހުގެ 7 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ފިލްމްގެ ޑައިރެކްޓަރ އަނޫރާގް ބުންޏެވެ.

 

އަނޫރާގް ބާސޫ ޑައިރެކްޓ ކުރާ މިފލްމްގައި ޖުމްލަ 29 ލަވަ ހިމެނޭ އިރު މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ އޭނާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ބަރްފީ"ގެ ރީތި މިއުޒިކް ތައްޔާރުކޮށްދިން މަޝްހޫރު ކޮމްޕޯސަރ ޕްރިތަމް ޗަކްރަބަތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް