15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ސީރިއާގެ ހަނގުރާމަ

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

  • މިއީ ތަދްމޫރުން އައިއިސް ބޭރުކުރި ދެވަނަ ފަހަރު
  • މިފަހަރުގެ އޮޕަރޭޝަންގައި ރަޝިއާގެ ވައިގެ ސިފައިން ބައިވެރިވި
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 4 މާރޗް 2017 | ހޮނިހިރު 02:20 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އައިސިސްގެ ބާރުގެ ދަށުގައި އޮތް ތަދްމޫރު -- ގޫގުލް

ސީރިއާ ސަރުކާރުގެ އަސްކަރިއްޔާއިން އެއް އަހަރު ތެރޭގައި ދެވަނަ ފަހަރަށް އައިސިސް ބަލިކޮށް، ސީރިއާގެ ގަދީމީ ޝަޙަރު، ތަދްމޫރު (ޕަލްމީރާ) ހިފައިފިއެވެ.

ނިމިގެންދިޔަ އަހަރުގެ މާޗް މަހު ހަނގުރާމަވެރި އައިސިސް ޖަމާޢަތް ބަލިކޮށް، ސީރިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ތަދްމޫރު ގެންގޮސްފައި ވަނިކޮށް، އައިސިސްއިން އަލުން ތަދްމޫރު ހިފާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ދިން ކުއްލި ހަމަލާތަކަކަށްފަހުއެވެ.

ސީރިއާގެ އަސްކަރިއްޔާއިން ބުނީ މިފަހަރު ތަދްމޫރުން އައިއިސް ފައްސާލައި އެ ޝަޙަރު ހިފީ ސީރިއާގެ އަސްކަރިއްޔާ އާއި ޝީޢި ހަނގުމާވެރިންނާއި، ރަޝިއާގެ ވައިގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނަކަށް ފަހު ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހިންގި އޮޕާރޭޝަންގައި ތަދްމޫރުން އައިސިސް ފައްސާލާފައިވާއިރު، އައިސިސްގެ ހަނގުރާމަވެރިން ތަދްމޫރު ދޫކޮށް ގޮސްފައިވަނީ، ތަދްމޫރުގެ އިރުމަތީގައިވާ ހިސާބުތަށެވެ. އައިސިސް ފައްސާލުމަށްފަހު، ސީރިއާގެ އަސްކަރިއްޔާއިން ވަނީ ތަދްމޫރުގެ އެކި ހިސާބުތަކުގައި އައިސިސްއިން ޤާއިމްކޮށްފައިވާ ލޭންޑްމައިންތައް ސާފުކޮށްފައެވެ.

އައިސިސްއިން ތަދްމޫރު ހިފައިގެން ތިބިއިރު އެ ޖަމާޢަތުން ވަނީ ތަދްމޫރުގައި ހުރި ދުވަސްވީ ތާރީޚީ އެކި އިމާރާތްތައް ސުންނާފަތިކޮށްފައެވެ.

ތަދުމޫރުން އައިސިސް ފައްސާލާފައިވާއިރު، ސީރިއާގެ އަސްކަރިއްޔާއިން ދަނީ ހަލަބުގައިވެސް އައިސިސް އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. އެގޮތުން ހަލަބުގައި ކުރަމުންދާ ހަނގުރާމައިގައި ސީރިއާގެ އަސްކަރިއްޔާއިން މަސައްކަތް ކުރަމުންދަނީ، އައިސިސްގެ ހަނގުރާމަވެރިން ފުރާތު ކޯރާއި ހަމައަށް ފަހަތަށް ޖައްސައި، ދީރް އަލް ޒޫރުގައި ތިބި އައިސިސްއިން ހިޞޯރުކޮށްފައި ތިބި އިސްކަރިއްޔާގެ ސިފައިންނާއި ހަމައަށް ދިއުމަށެވެ.

ސީރިއާގެ އެކި ހިސާބުތަކުގައި، ސަރުކާރާއި އެއްކޮޅު ޖަމާޢަތްތަކާއި، ސަރުކާރާއި ދެކޮޅު ޖަމާޢަތްތަކުންވެސް އައިސިސްއަށް ދެމުންދާ ހަމަލާތަކާއި އެކު، ސީރިއާގައި އައިސިސްގެ ބާރު ދަނީ ކެނޑެމުންނެވެ.

ސީރިއާގެ ހަނގުމާރާމަ އިތުރަށް ވަރުގަދަވާން އުޅޭކަމުގެ ނިޝާންތަކެއް ފެންނަން ފަށާފައިވާއިރު، އދ މެދުވެރިވެގެން، ޖެނީވާގައި މިހާރު ދަނީ ސީރިއާގެ ސުލްޙައިގެ މަޝްވަރާތައް ބާއްވަމުންނެވެ. ނަމަވެސް މިފަހަރުގެ މަޝްވަރާތައްވެސް ކުރީގެ 3 ފަހަރެކޭ އެއްގޮތަށް ނާކާމިޔާބީ އާއި އެކު ނިންމާލަން ޖެހިދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް