23 ސެޕްޓެންބަރ 2018 | އާދީއްތަ | 04 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ފ. އަތޮޅު ވިއްކާލުން

ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟

  • ސައުދީގެ އިންވެސްޓްމަންޓްގެ އަގު 154 ބިލިއަނެއްހާ ރުފިޔާ އަށް އަރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައި
  • އެއްބަސްވުން އުވާލައިގެން ދޭންޖެހޭ ބަދަލު ހޯދާނީ ކިހިނެއް؟
އަލީ ޔޫސުފް | AliYooosuf

| 3 މާރޗް 2017 | ހުކުރު 22:07 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް އެ އަތޮޅު ބިލެތްދޫގެ ރައްޔިތުން އިހްތިޖާޖުކުރަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ސައުދީ ރަސްގެފާނު އޭޝިއާ އަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ވަޑައިގަންނަވާ ގައުމުތަކާ އެކު ގިނަ އެއްބަސްވުންތަކެއް ދަނީ ގާއިމުކުރަމުންނެވެ. އެތައް ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގައި ގެންދަވަނީ ސޮއިކުރައްވަމުންނެވެ. މި ދަތުރުފުޅުގައި ރާއްޖެ އަށް ވެސް ވަޑައިގަންނަވާތީ މި "ޚައިރާތު"ގެ ބައެއް ރާއްޖެ އަށް ވެސް ލިބިގެންދާނެ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް އެއީ ދިވެހިން ބޮޑު އަގެއް ދައްކަންޖެހޭ ފަދަ އިންވެސްޓްމަންޓެކެވެ.
 

ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ ސަރުކާރުން ވަނީ ފ. އަތޮޅު އެކީ އެކައްޗަކަށް ސައުދީ ރަސްގެފާނަށް ވިއްކާލުމަށް ނިންމާފައި ކަމަށެވެ. ސަރުކާރުން ސީދާ ރައްދެއް ނުދިން ނަމަވެސް މިއީ ހަގީގަތެއްކަން ހާމަވާ ފަދަ ގޮތަކަށް ރައީސް ޔާމީން ދާދި ފަހުން ވަނީ ފާހަގަ ދައްކަވާފައެވެ. އެ ގޮތުން ފ. އަތޮޅަށް އަންނަން އުޅެނީ ގާތްގަނޑަކަށް 10 ބިލިއަން އެމެރިކާ ޑޮލަރު (154 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މާނައަކީ އެއީ މުޅި ރާއްޖޭގެ މިހާރުގެ ބަޖެޓުން ބެލިޔަސް ގާތްގަނޑަކަށް ހަ އަހަރުގެ ބަޖެޓެވެ. އަދި ރާއްޖެ އަށް މިހާރު ލިބޭ އާމްދަނީ އަށް ބަލާއިރު އަށް އަހަރުގެ އާމްދަނީއެވެ.

 

މިހާ ބޮޑު ހޭދައެއް ހަމައެކަނި އެންމެ ރަށަކަށް ނުކުރާނެކަން އެއީ ބުއްދި ހުރި ކޮންމެ މީހަކަށް ވެސް ވިސްނޭނެ އެއްޗެކެވެ. މިއީ ސަހަރެއް ތަރައްގީކުރެވޭ ވަރުގެ ބިޔަ އަދަދެކެވެ. އެހެން ކަމުން ފ. އަތޮޅުން ރަސްގެފާނު ބައްލަވައިގަންނަވަނީ އެންމެ ރަށެއް ނޫންކަން ރައީސްގެ ވާހަކަފުޅުން ވެސް އެނގިގެން ވަނީ ގޮސްފައެވެ.

 

މައްސަލައަކަށް ވެގެން އުޅެނީ ހަމައެކަނި ފ. އަތޮޅު ނުވަތަ އެ އަތޮޅުން ބައެއް ވިއްކާލުމެއް ނޫނެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ގާނޫނުއަސާސީ އަށް ބަދަލު ގެނެސް ބޭރުގެ ފަރާތްތަކަށް ބިންތައް މިލްކުކުރެވޭ ގޮތަށް ބަދަލުކުރި ކުރުމުގެ ފަހަތުގައިވާ ސަބަބުތަކެވެ. އެއްބަޔަކު އޭރު ވެސް ބުނަމުން ދިޔައީ އަވަސް އަރުވާލައިގެން އިދިކޮޅު ފަރާތްތައް މަޖުބޫރީ ހާލަތަކަށް ވައްޓާލައި ގާނޫނުއަސާސީ އެ ގޮތަށް ބަދަލުކުރި އިރު ވެސް މިފަދަ އެއްބަސްވުމެއް ސަރުކާރުން އަނގަބަހުން ނަމަވެސް ހަދާފައި އޮތް ކަމަށެވެ. އޭގެ ހަގީގަތް މިހާރު މިދަނީ ފެންނަމުންނެވެ. ބަޔަކު ކިތަންމެ ރުޅި އަޔަސް ރައީސް އެ ވިދާޅުވުވާ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަން ރާއްޖެ އަށް ގެންނާނެ ކަމަށް ބެލެވެ އެވެ. 

 

އިދިކޮޅު ފަރާތްތަކުން ބުނަމުންދާ އަނެއް ވާހަކައަކީ އެއްބަސްވުމެއް ހެދިޔަސް ފ. އަތޮޅު ވިއްކާލައިފި ނަމަ އެމީހުންގެ ވެރިކަމެއްގައި ފުރަތަމަ ކުރާނެ ކަމަކީ އެ އެއްބަސްވުން އުވާލުން ކަމަށެވެ. ނަމަވެސް ސުވާލަކީ އެއީ ވެދާނެ ކަމެއް ހެއްޔެވެ؟ އެއީ ބުއްދި ހަމަޖެހޭ ވާހަކައެއް ހެއްޔެވެ؟

 

ލޮޖިކަށް ނުވަތަ ކަމުގެ ހަގީގަތަށް ބަލާ ނަމަ ބުނެވެން އޮތީ އެއީ ވާނެ ކަމެއް ނޫން ކަމެވެ. ސަބަބުތައް ގިނައެވެ.

 

އެމްޑީޕީ ސަރުކާރުން ބައިނަލްއަގުވާމީ އެއާޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމާ އެކު އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ އެ މީހުންގެ ވެރިކަމެއްގައި އެ އެއްބަސްވުން އުވާލާނެ ކަމަށެވެ. އޭރު ސަރުކާރުން އަދި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ އެއްބަސްވުން އުވާލައިފި ނަމަ އަރައިނުގަނެވޭނެ ވަރުގެ ބޮޑު އިގްތިސާދީ އަޑިގަނޑަކަށް ރާއްޖެ ވެއްޓޭނެ ކަމަށެވެ. ކަންވީ ވެސް އެހެންނެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ވެރިކަން ބަދަލުކުރުމަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ކުރި ވަނީ އެ އެއްބަސްވުން އުވާލާފައެވެ. އޭގެ ބަދަލު މި ސަރުކާރަށް ދޭންޖެހުނެވެ. ކުޑަ އަދަދެއް ނޫނެވެ. ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

 

ޖީއެމްއާރު އެއްބަސްވުން އުވާލުމާ ގުޅިގެން ދައްކަންޖެހުނު ބަދަލުގެ ސަބަބުން ހަގީގަތުގައި ވެސް ރާއްޖޭގެ އިގްތިސާދު ވަނީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުމަށާއި ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމަށް އަވަށްޓެރި އިންޑިއާ އިން ކުރު މުއްދަތު ލޯނު ނަގަންޖެހިފައިވާއިރު ރާއްޖޭގެ މުއްސަނދިންނަށް ދަނީ ބޮންޑު ވިއްކަމުންނެވެ. ދަރަނި ދަނީ އިންތިހާ އަށް ބޮޑުވަމުންނެވެ.

 

ޖީއެމްއާރުގެ އިންވެސްޓްމަންޓަށް ވުރެ މިއުޅޭ އިންވެސްޓްމަންޓް އެތައް ގުނައެއް ބޮޑެވެ. އަދި އެއީ ބަދަލެއް ދޭންޖެހިއްޖެ ނަމަ ރާއްޖޭ އަށް އުފުލޭނެ ބުރައެއް ނޫންކަން މުޖައްރިބެވެ. މާނައަކީ މިސާލަކަށް 2018 ގައި މިހާރުގެ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިގެން ސައުދީގެ އެއްބަސްވުން އުވާލައިފި ނަމަ ރާއްޖެ އަށް އޭގެ ދެގުނަ ދައްކަންޖެހުމެވެ. ގާތްގަނޑަކަށް ބަދަލުގެ ގޮތުގައި 250 ބިލިއަނެއްހާ ރުފިޔާ ދައްކަންޖެހުމަކީ ރާއްޖެ ކަހަލަ ގައުމަކަށް ކުރެވޭނެ ކަމެއްކަން ގަބޫލުކުރަން ދައްޗެވެ. އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ސިޔާދަތުގެ ދަރަންޏަށް ވެއްޓިގެންދާނެއެވެ. މިހާރު ވެސް ރާއްޖެ އޮތީ ނުރަސްމީ ގޮތެއްގައި އެފަދަ ހާލަތެއްގައެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކުން އެބުނާ ގޮތަށް އެ އެއްބަސްވުން އުވާލުމަކީ ކުރެވިދާނެ ކަމެއްކަން ގަބޫލުކުރަން އެހާ ފަސޭހައެއް ނޫނެވެ.

 

ސައުދީން ގެންނަން އުޅޭ އިންވެސްޓްމަންޓް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން މަސައްކަތެއް ނުކުރެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުން ދަނީ ސަރުކާރުގެ ބާރެއް ނުހިނގާ ގޮތަށް ރާއްޖޭގެ އަތޮޅެއް ނުވަތަ އަތޮޅުން ބައެއް ވިޔަސް ބޭރުގެ ފަރާތަކަށް ދޭތީއެވެ. ސަރުކާރުގެ އަމާޒު ހުރީ ކޮންމެ ގޮތެއް ހަދާފައި ވެސް އެ އެއްބަސްވުން ގާއިމުކުރުމަށެވެ. އެހެން ކަމުން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަންޖެހޭނީ އެފަދަ އެއްބަސްވުމެއް ހެދިޔަ ނުދިނުމަށެވެ. އެއްބަސްވުމެއް ހެދުމަށް ފަހު އެ އުވާލާނެ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އެއީ ގަބޫލުކުރަން ވެސް ފަސޭހަ ކަމެއް ނޫނެވެ. ސައުދީގެ އެއްބަސްވުން އުވާލުމަކީ ކުރެވިދާނެ ކަމެއްކަން ގަބޫލުކުރަން ދަތިވަނީ އެ އެއްބަސްވުމުގެ އަގު ރާއްޖެ އަށް އުފުލޭ ވަރަށް ވުރެ ބިޔަވުމުންނެވެ.

 

މިފަދަ އެއްބަސްވުމެއް އެކުލަވާލާއިރު، ވަގުތީ މާލީ މަންފާއަކަށް ވިސްނުމަށް ވުރެ މި ގައުމުގެ އުފެދިފައިވާ ގޮތާއި މި ގައުމު އަސްލަށް ބަލަންޖެހެ އެވެ. އަދި މިނިވަންކަމާއި އިސްތިގުލާލާއި ގައުމިއްޔަތުގެ ރުކުންތައް ދެމެހެއްޓޭނެ ގޮތަށް ވިސްނަންޖެހެ އެވެ. މި ޕްރިޮިޖެކްޓުން ތަރައްގީ އަތުވެދާނެ އެވެ. ނަމަވެސް މި ރާއްޖެއަށް ތަރައްގީއަކީ ގައުމިއްޔަތުގެ ރުކުންތަކަށް ލޮޅުން ނޭރުމެވެ. މިިނިވަންކަމަށް ހީނަރު ކަމެއް ނައުމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް