21 ފެބުރުއަރީ 2019 | ބުރާސްފަތި | 08 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:39
މަޣްރިބް 18:22
އިޝާ 19:34

ކިމް ޖޮން ނަމް މަރާލުން

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

  • ކިމް ޖޮން ނަމް ގެ މަރާ ގުޅިގެން އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަނީ ގޯސްވެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 3 މާރޗް 2017 | ހުކުރު 18:26 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  4. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  7. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  8. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!


މަރާލައިފައިވާ ކިމް ޖޮން ނަމް -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދިފަހުން މެލޭޝިއާގެ އެއާޕޯޓެއްގައި މަރުވީ ވިހައެއްގެ ސަބަބުން ނޫން ކަމަށާއި އޭނާ މަރުވެފައިވަނީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން ކަމަށް އުތުރު ކޮރެއާ އިން ބުނެފިއެވެ.

ދާދިފަހުން މެލޭޝިއާ އަށް ވަޑައިގެންނެވި އުތުރު ކޮރެއާގެ ޑެލެގޭޝަންގެ ތަރުޖަމާނު ރީ ޓޮން 2 މީޑިއާތަކަށް ވިދާޅުވީ، ކިމް ޖޮން ނަމް އަކީ ހިތުގެ ބަލީގެ ރިކޯޑު އޮތް މީހެއް ކަމަށާއި އެހެން ކަމުން އޭނާ މަރުވީ ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ރީ ޓޮން 2 އިތުރަށް ވިދާޅުވީ ކިމް ޖޮން ނަމް ދިޔައީ ހިތުގެ ބައްޔާއި ހަކުރު ބައްޔަށް ބޭސް ވެސް ބޭނުން ކުރަމުން ކަމަށެވެ.

ރީ ޓޮން 2 އަކީ އުތުރު ކޮރެއާ އިން ކުރިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުގެ ނައިބުކަން ކުރެއްވި ބޭފުޅެކެވެ.

އުތުރު ކޮރެއާ އިން މެލޭޝިއާގެ އެއާޕޯޓުގައި މަރުވީ ކިމް ޖޮން ނަމް ކަމެއް އަދި ރަސްމީ ގޮތުން ގަބޫލުކޮށްފައެއް ނުވެއެވެ. އުތުރު ކޮރެއާ އިން ހަމައެކަނި ގަބޫލު ކުރާ މިންވަރަކީ މަރުވި މީހަކީ އުތުރު ކޮރެއާގެ ރައްޔިތެއް ކަމަށްވާ ކިމް ޖޮން ނަމް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

ކިމް ޖޮން ނަމް ގެ މަރާއި ގުޅިގެން އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަނީ ގޯސްވެފައެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ މިހާރު ވަނީ އުފުލާފައެވެ. އުތުރު ކޮރެއާ ރައްޔިތުންނަށް ވިސާއާ ނުލައި މެލޭޝިއާއަށް ވަދެވޭ ގޮތަށް އޮތް އޮތުން މިއަންނަ ހޯމަދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް މެލޭޝިއާ އިން ވަނީ ބުނެފައެވެ.

އެއްވެސް އިރެއްގައި އުތުރު ކޮރެއާ އާއި މެލޭޝިއާއަކީ މާ ރަހުމަތްތެރި ދެ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ގުޅުން ގޯހެކޭ ވެސް ދެންނެވޭކަށް ނެތެވެ. ދެ ގައުމުން ރަސްމީ ގުޅުން ބާއްވަން ފަށާފައިވަނީ ޖޫން 1973 ގައެވެ. އުތުރު ކޮރެއާގައި އެމްބަސީއެއް ހުންނަ 30 އަށް ވުރެ މަދު ގައުމު ތެރޭގައި، މެލޭޝިއާ ހިމެނެއެވެ. އަދި މެލޭޝިއާ ރައްޔިތުންނަކީ ވިސާއަކާ ނުލައި އުތުރު ކޮރެއާ އަށް އެތެރެ ވެވޭ ހަމައެކަނި ގައުމުގެ ރައްޔިތުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް