25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ޖެފް ސެޝަންސް

އެފްބީއައި އިން ކުރަމުންދާ ތަހުގީގުން ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފި

  • ބުދަ ދުވަހު ސެޝަންސް ވިދާޅުވީ އޭނާ "އެއްވެސް ރަޝިއާގެ އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާކަމަށެވެ."
އަހުމަދު އަނޫޝު | IamAhmedAnoosh

| 3 މާރޗް 2017 | ހުކުރު 18:19 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް -- ދަ އިންޓަރސެޕްޓް

ރަޝިއާގެ ނުފޫޒު އެމެރިކާގެ އިންތިޚާބަށް ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެފްބީއައި އިން ފަށާފައިވާ ތަހުގީގުން އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ދުރަށްޖެހިވަޑައިގެންފިއެވެ.

ޖެފް ސެޝަންސް އެފްބީއައިގެ ތަހުގީގުން ދުރަށްޖެހިވަޑައިގަތްކަން ހާމަކުރައްވާފައި ވަނީ އޭނާ ނެރުއްވާފައިވާ ބަޔާނެއްގައެވެ. ސެޝަންސް އެފްބީއައި އިން ފަށާފައިވާ ތަހުގީގުން ދުރަށްޖެހިވަޑައިގަތީ މިދަޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނުގައި ޖެފް ސެޝަންސް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރެއްވިކަން ފެންމަތިވުމާއި ގުޅިގެންނެވެ. އެފްބީއައި އިން ބަލަމުންދާ މައްސަލަ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އޯވަސީ ކުރައްވަނީ ޖެފް ސެޝަންސްއެވެ. ޖެފް ސެޝަންސް ތަހުގީގުން ދުރަށްޖެހިވަޑައިގަތުމަށް ޑިމޮކްރޭޓުން ދިޔައީ ގޮވާލަމުންނެވެ. އަދި އޭނާ އެޓާނީ ޖެނެރަލް ގެ މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ދަނީ ގޮވާލަމުންެނެވެ.

ސެނެޓަރ އެއްގެ ގޮތުގައި ކުރިން ހުންނެވި ޖެފް ސެޝަންސް މިދިޔަ ޖެނުއަރީ ގައި އޮތް ސެނެޓުގެ "ކޮންފަމޭޝަން ހިއަރިން" ގައި ރަޝިއާގެ އެމްބެސެޑަރާ އެއްވެސް ގުޅުމެއް އޮތްކަން ހާމަކޮށްފައެއް ނުވެއެވެ. ބުދަދުވަހު ސެޝަންސް ވިދާޅުވީ އޭނާ "އެއްވެސް ރަޝިއާގެ އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާކަމަށެވެ."

އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވާ ކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އެއްވެސް ނަހަމަ ކަންކަމެއް ނުހިނގާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް