11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ސާކުގެ ސެކްރެޓަރީ ޖެނެރަލް

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

  • މަގާމައް ހަމަޖެއްސީ ޚާރިޖީ ދާއިރާގައި 33 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް
  • ސެކްރެޓަރީ ޖެނެރަލް ހަމަޖެއްސުން ފަސްވެގެން ދިޔައީ އިންޑިއާ ޕާކިސްތާންގެ ގުޅުން ގޯސް ވުމުން
ރާއްޖެ އެމްވީ | raajje.mv

| 3 މާރޗް 2017 | ހުކުރު 17:59 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ސާކުގެ 13 ވަނަ ސެކްރެޓަރީ ޖެނެރަލް ޕާކިސްތާނުގެ އަމްޖަދު ހުސެއިން -- ޑާކާ ޓްރިބިއުން

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް އައު ސެކްރެޓަރީ ޖެނެރަލެއް އައްޔަން ކޮށްފިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރީ ޕާކިސްތާނުގެ ޑިޕްލޮމެޓެއް ކަމުގައިވާ އަމްޖަދު ހުސެއިން ބީ ސިއާލް އެވެ.

އައު ސެކްރެޓަރީ ޖެނެރަލް މަގާމަށް އައްޔަން ކުރީ މާޗު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މައުލޫމާތު ލިބިފައިވާ ޕާކިސްތާނަށް ސާކުގެ ސެކްރެޓަރީ ޖެނެރަލްކަން މި ދިޔައީ މެމްބަރު ހުރިހާ ގައުމެއްގެ ތާއީދާ އެކުގައެވެ. އޭގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން ކަނޑައެޅިފައިވާ ޝެޑިއުލަށް ވުރެ ފަސްވެގެން ދިޔައީ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ސަބަބުންނެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިސްލާމް އާބާދުގައި ބާއްވަން ހަމަޖެއްސި 19 ވަނަ ސާކް ސަމިޓް ކެންސަލްވީ ޕާކިސްތާނުގެ ބޯޑަރު ހުރަސްކޮށް އިންޑިއާ އަށް ޓެރަރިޒަމްގެ ހަމަލާތައް އަންނަ ކަމަށް ބުނެ އިންޑިއާއިން އިހުތިޖާޖު ކުރުމާ ގުޅިގެންނެވެ.

އައު ސެކްރެޓަރީ ޖެނެރަލްއެއް ސާކްއަށް އައްޔަން މިކުރީ ހުސްވި ފެބްރުއަރީ 28 ށް ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި ނޭޕާލްގެ އަރުޖުން ބަހުދުރު ތާޕާ ގެ ތިން އަހަރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެވުނު ޕާކިސްތާނުގެ އަމްޖަދު ހުސެއިންއަކީ ސާކުގެ 13 ވަނަ ސެކްރެޓަރީ ޖެނެރަލްއެވެ. އޭނާވަނީ ޕާކިސްތާންގެ ޚާރިޖީ ދާއިރާގައި 33 އަހަރު މަސައްކަތް ކުރައްވާފައެވެ. އޭގެ އިތުރުން ސާކް ސެކްރެޓޭރިއަޓްގައި ޑިރެކްޓަރ ގެ މަގާމުގައި 2003 ން 2006 ށް އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ. ސެކްރެޓަރީ ޖެނެރަލްގެ މަގާމު ލިބިވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ، ޕާކިސްތާނުގެ ޚާރިޖިއްޔާގެ ސްޕެޝަލް ސެކްރެޓަރީ ކަމުގެ މަގާމުގައެވެ.

1985 ވަނަ އަހަރު އުފެއްދި ސަރައްހައްދީ ގުޅުމުގެ މި ޖަމާއަތުގައި މެމްބަރުންގެ ގޮތުގައި ހިމެނެނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން، އަފްގާނިސްތާން އަދި ސްރީ ލަންކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް