22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

ސުނީތާ ޖީކިޔުގައި

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

  • ޕްރިޔާންކާ އާއި ބައްދަލުކޮށް ހުވަފެންވަނީ ހަގީގަތަކަށް ހަދާފައި
  • މެގަޒިންގައި ލިޔެފައިވާ އެއްޗެއް އިނގޭނީ މެގަޒިން ފެނުމުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 މާރޗް 2017 | ހުކުރު 17:55 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  8. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް


ސުނީތާ އަލީ އާއި ޕްރިޔަންކާ ޗޯޕްޅާ -- ފޭސްބުކް

ދިވެހިންގެ މެދުގައި ކުޅަދާނަ ނެށުންތެރިއްގެ ގޮތުގައި މަޝްހޫރު ވެގެން ދިޔަ ސުނީތާ އަލީގެ އަޑު މިހާރު މިވަނީ މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައެވެ.

ސުނީ އަށް ތަފާތު ފާޑުކިޔުންތަކާއި މަލާމާތްތައް ލިބެމުންދިޔަ ނަމަވެސް އެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި އޭނާގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ސުނީއަށް އަންނަނީ ކާމިޔާބީތައް ލިބެމުންނެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްޅާގެ ފޭނެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ސުނީ ހޯދި އެންމެ ބޮޑު އެއް ކާމީބީއަކީ 2015 ވަނަ އަހަރު ޕްރިޔާންކާއާ ބައްދަލުކޮށް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމެވެ.

މީގެ އިތުރުން މިހާރު މިވަނީ " ރާއްޖޭގެ ޕްރިޔާންކާ" ގެ ގޮތުގައި ބައިންލްއަގްވާމީ މަޝްހޫރު މަޖައްލާއެއްގައި ސުނީގެ އިންޓަވިއުއެއް ވެސް ޝާއިޢު ކުރެވިގެން ގޮސްފައެވެ.

ސެލެބްރިޓީންގެ ވާހަކަތައް ގެނެސްދޭ ޖީކިޔު މަޖައްލާގައި ސުނީގެ ޚާއްސަ އިންޓަވިއު ހުކުރު ދުވަހު ބެލުންތެރިންނަށް ފެނިގެންދާއިރު އެކަމަށް ކެތްމަދު ވެފައިހުރި ސުނީ ރާއްޖެ އެމްވީއާ ވާހަކަ ދައްކަމުން ބުނީ އެކަމާ ވަރަށް އުފާވާ ކަމަށާއި އެހިސާބަށް އޭނާގެ ހަޔާތުގައި ދުވަހަކު ވެސް ދެވިދާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ސުނީ ބުންޏެވެ.

އިންޑިއާގެ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްޅާގެ "ހިޔަނީ" ގައި މަޝްހޫރުކަން ހޯދަމުންދާ ކަމަށް ބުނެ މީހުން އޭނާއަށް ފާޑުކިޔައި "ސްނިޔާންކާ" އޭ ގޮވަމުންދާތީ އެކަމާ ގުޅޭ ގޮތުން ސުނީ ބުނީ އެއީ އޭނާއަށް އާކަމެއް ނޫން ކަމަށެވެ.

"އަހަންނަކީ މީހަކު ދައްކާހާ ވާހަކައެއް އަޑުއަހައިގެން އުޅޭ މީހެއް ނޫން. އެމީހަކަށް އެނގޭނީ އެމީހަކު އުޅޭނެ ރަނގަޅު ގޮތެއް. އެކަމާ އެއްވެސް ވަރަކަށް ނުވިސްނަން" ސުނީ ބުނޏެވެ.

މީހަކު ރަނގަޅަށް ކަމެއް ކުރަން އުޅެންޏާއި އެކަމާ ފާޑު ކިޔާނެ ވަރަށް ގިނަ މީހުން ތިބޭނެ ކަމަށް ވެސް ސުނީ ބުންޏެވެ. އަދި ޕްރިޔާންކާގެ ޓީމުން ވެސް އެވާހަކަ ޓްވީޓް ކޮށްފައި ވުމުން ވަރަށް އުފާވާ ކަމަށް ސުނީ ބުންޏެވެ.

ސުނީގެ އިންޓަވިއު ޖީކިޔު އިން ނަގާފައި ވަނީ ސުނީއާ އެކު އެކި ރަށްރަށަށް ދަތުރުކޮށް ސުނީގެ ބައެއް ޝޯތައް ބަލައިގެންނެވެ. މީގެ އިތުރުން ޖީކިޔުއިން ވަނީ ސުނީގެ ހާއްސަ ފޮޓޯ ޝޫޓެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ސުނީއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމުގެ ޝުރުޚީ ވެސް ޖީކިޔޫ މަޖައްލާގެ ބޭރުގަނޑަށް ވަނީ އަރާފައެވެ. މަޖައްލާގެ މި އަދަދުގެ ބޭރުގަނޑުގެ ކަވާ ފޮޓޯއަކަށް ޖަހާފައި ވަނީ ހޮލީވޫޑްގެ އެންމެ ރީތި އެއް އެކްޓަރު ކަމަށްވާ ރިޔަން ގޯސްލިންއެވެ. އޭގެ ކޮޕީއެއް އެ މަޖައްލާ އިން ސުނީ އަށް ފޮނުވާފައިވާ ކަމަށް ސުނީ ބުންޏެވެ. ނަމަވެސް މެގަޒިންގައި ލިޔެފައިވާ އެއްޗެއް އެނގޭނީ މެގަޒިން ފެނުނީމާ ކަމަށް ސުނީ ބުންޏެވެ.

ސުނީތާ ބުނި ގޮތުގައި އެފުރުސަތަކީ ރައްޓެއްސެއްގެ ފަރާތުން ލިބުނު ފުރުސަތެއް ކަމަށާއި ޖީކިޔު މެގަޒިންގެ ޓީމުން އެ އިންޓަވިއުގެ ވާހަކަ ފުރަތަމަ ދެއްކިއިރު އެކަން އޭނާ އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ. ނަމަވެސް މިއަދު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ފެނުމުން ވަރަށް އުފާވާ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ އޭނާގެ ހަޔާތުގައި ވެސް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެކަމާ އޭނާ ފަހުރުވެރިވާ ކަމަށް ސުނީ ބުންޏެވެ.

މިކަމުގެ ސަބަބުން ރާއްޖޭ ޕްރޮމޯޓްވެ، ރާއްޖޭގެ ނަން ނަން ބޭރު ގައުމުތަކަށް ފެތުރިގެންދާނެ ކަމެއް ކަމަށް ސުނީ ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް