13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ހުސްނީ މުބާރަކްގެ ޝަރީޢަތް

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

  • މި މައްސަލައިގައި އަލުން ޝަރީޢަތް ހިންގުމުގެ ފުރުޞަތެއް ނެތް
  • މި މައްސަލައާ އެކު މުބާރަކްގެ މައްޗަށް ކުރެވުނު ހުރިހާ ތުޙުމަތުތަކުން އެމަނިކުފާނު ވަނީ ސަލާމަތްވެފަ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 3 މާރޗް 2017 | ހުކުރު 12:03 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް -- ގޫގުލް

އަރަބި ބަހާރުގެ ތެރެއިން މިޞްރުގައި މުޒާހަރާކުރި އެތައް ސަތޭކަ މީހުން މެރުމުގައި ބައިވެރިވި ކަމުގެ ތުޙުމަތު މިޞްރުގެ އޭރުގެ ރައީސް، ހުސްނީ މުބާރަކްގެ މައްޗަށް ސާބިތު ނުވާކަމަށް، އެ މައްސަލަ ބެލި ކޯޓުން ނިންމައިފިއެވެ.

2011 ވަނަ އަހަރު މިޞްރުގައި ކުރި 18 ދުވަހުގެ މުޒާހަރާގައި 900 އަށްވުރެ ގިނަ މީހުން މެރުމުގައި އިސްކޮށް ބައިވެރިވިކަމަށް ތުޙުމަތުކޮށް، ގާހިރާގެ ކޯޓް އޮފް ކެސޭޝަންސްގައި މުބާރަކްގެ މައްޗަށް ކުރި ޝަރީޢަތުން، އެމަނިކުފާނުގެ މައްޗަށް މި ދަޢުވާ ސާބިތު ނުވާކަމަށް ނިންމާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރުއެވެ.

މި މައްސަލައިން ސަލާމަތް ވުމުގެ އިތުރުން، މަރުވި މުޒާހިރީންގެ އާއިލާތަކުން، ވަކިވަކިން މުބާރަކްގެ މައްޗަށް ކުރަން އެދުނު ދަޢުވާތައް ބަލައި ނުގަތުމަށް ވެސް ބުރާސްފަތި ދުވަހުގެރޭ ނިންމާފައިވާތީ، މުބާރަކް މިހާރު ވަނީ އެ މަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ހުރިހާ ތުޙުމަތަކުން ބަރީއަވެފައެވެ.

މުޒާހަރާތަކާ ގުޅުންހުރި މައްސަލައެއްގައި މުބާރަކްގެ މައްޗަށް 2012 ވަނަ އަހަރު މަރުގެ ޙުކުމް އިއްވި ނަމަވެސް، އިސްތިޢުނާފު ކޯޓެއްގެ އަމުރަކަށް އެ ޝަރީޢަތް އަލުން ހިންގައި، 2014 ވަނަ އަހަރު އެ މައްސަލަ ވެސް މުބާރަކްގެ މައްޗަށް ސާބިތު ނުވާކަމަށް ވަނީ ނިންމާފައެވެ.

މި މުއްދަތުގެ ތެރޭގައި މުބާރަކާއި އެ މަނިކުފާނުގެ ދެ ދަރިންގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުޙުމަތުތަކަކާއި ގުޅިގެން ވެސް ވަކި ޝަރީޢަތެއް ހިންގާފައިވާއިރު، 2016 ވަނަ އަހަރު އެ މައްސަލަ ނިމިފައިވަނީ މުބާރަކްގެ މައްޗަށް އެ މައްސަލަ ސާބިތުވެގެންނެވެ. އަދި ކޮރަޕްޝަންގެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް 3 އަހަރުގެ ޖަލު ޙުކުމެއް އިއްވި ނަމަވެސް، 2011 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ އަސްކަރީ ހޮސްޕިޓަލެއްގައި ޤާނޫނީ ބަންދެއްގައި ކަމަށްވާތީ، އެ ޙުކުމުން ވެސް މުބާރަކް ވަނީ ސަލާމަތް ވެވަޑައިގެންފައެވެ.

ހުސްނީ މުބާރަކް ވެރިކަމަށް ވަޑައިގަތީ 1981 ވަނަ އަހަރު އޭރު މިޞްރުގެ ވެރިކަމުގައި ހުންނެވި އަންވަރު ސަދާތަށް ދިން ހަމަލާއެއްގައި އެ މަނިކުފަނު އަވަހާރަވުމުންނެވެ. އޭރު ހުސްނީ މުބާރަކް ހުންނެވީ ނައިބު ރައީސް ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް