20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އެމްޓީސީސީ

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި

  • ޖޮބް ފެއަރ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާޗް 4 ވަނަ ދުވަހު ހަވީރު
ރިޒުނާ ޒަރީރު | RiznaZareer

| 3 މާރޗް 2017 | ހުކުރު 04:32 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  3. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  6. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ


އެމްޓީސީސީން ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޖޮއިން ޓީމް އެމްޓީސީސީގެ ނަމުގައި ޖޮބް ފެއަރ އެއް ބާއްވަން ނިންމައިފި އެވެ. 

 

"ޖޮއިން ޓީމް އެމްޓީސީސީ" ކެމްޕޭނަކީ އެމްޓީސީސީއާބެހޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް އެމްޓީސީސީއިން މިހާރު ކުރަމުންދާ މަސައްކަތްތަކާއި އެމްޓީސީސީގައި މިވަގުތު ހުރި ވަޒީފާގެ ފުރުސަތުރަކާއި ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަކަށް އަންގައި ދިނުމުގެ މަޤްސަދުގައި ކުރިޔަށް ގެންދެވޭ މާސް  ކެމްޕޭނެކެވެ. 

 

އެމްޓީސީސީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓްގެ އެގްޒެކެޓިވް ޢަބްދުﷲ ފާއިދު ވިދާޅުވި ގޮތުގައި މި ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ މިހާރު އެމްޓީސީސީގައި ހުރި ވަޒީފާގެ ފުރުސަތުތަކަކީ ކޮބައިކަމާ، ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުމުގެ އިތުރުން އެމްޓީސީސީގައިހުރި ކެރިޔަރ ޑިވެލޮޕްމަންޓްގެ ފުރުސަތުތަކަކީ ކޮބައިކަން ޒުވާނުންނަށް އަންގައިދިނުމާއި ވަޒީފާތަކަށް ޤާބިލް އެކަށޭނެ ޒުވާނުން ބިނާކުރުމަށް ޕްލެޓްފޯމެއް ޤާއިމްކޮށްދިނުން ހިމެނޭ ކަމަށޭވެ.  އަދި މީގެ އިތުރުން އެންމެ ބޮޑު އަމާޒަކީ މިފަދަ ކެމްޕޭންތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ. 

 

އެމްޓީސީސީން އިތުރަށް ހާމަކުރިގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް އާއި ގުޅިގެން މެރިން މެކޭނިކް، ހައިޑްރޯލިކް މެކޭނިކް އަދި އޮޓޯމޯބައިލް މެކޭނިކް ދާއިރާއިން މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްއެއް ފެށުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެއެވެ 

 

މި ޕްރޮގްރާމް ޑިޒައިން ކުރެވިފައިވަނީ އެމްޓީސީސީ ގެ ތިލަފުށީ ސައިޓްގައި މިދާއިރާތަކުން ޢަމަލީ ތަޖްރިބާ ހޯދަމުން، ކިޔެވުން ކުރިއަށްގެންދެވޭ ގޮތަށެވެ. މި ޕްރޮގްރާމުގެ ދަށުން ކުންފުނީގައި ވަޒީފާ އަދާކުރުމަށް ހޮވޭ މުވައްޒަފުންނަށް ހާއްސަ އެލަވަންސާއިއެކަމަޑޭޝަން ހަމަޖައްސާނެ ކަމަށް އެކުންފުނިން ބުންޏެވެ. 

 

މިވަގުތު އެމްޓީސީސީގެ އެކި ޑިޕާރޓްމަންޓްތަކުގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި އަދި މޯލްޑިވްސް ޑްރަގް އެޖެންސީއިން ފަރުވާހޯދުމަށްފަހު ބައެއް ފަރާތްތަކުން ވަޒީފާ އަދާކުރަމުން އެބަގެންދެއެވެ. 

 

"ޖޮއިން ޓީމް އެމްޓީސީސީ" މި ހަރަކާއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 04 މާރޗް ގެ ހަވީރު 1600 ން ފެށިގެން 1800  އަދި ހަމައެރޭ 2000 ން 2200 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް