24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ދިވެެހި ފިލްމް

ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

  • އެމައްސަލަ ކޯޓު މެދުވެރިކޮށް ބެލުމަށް ފުލުހުން ވަނީ އެދިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 މާރޗް 2017 | ހުކުރު 00:40 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ދިވެހި ފިލްމް "ވިޝްކާ"ގެ ޕޯސްޓަރު -- ފޭސްބުކް

އަންނަ މާރޗް މަހުގެ 8 ވަނަ ދުވަހު ޝްވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކްވެރިކަމުގެ މައްސަލަ ފުލުހަށް ހުށަހަޅަފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ވިޝްކާ"ގެ މައްސަލަ އެ ފިލްމުގެ މިލްކުވެރި ފަރާތްކަމަށް ބުނާ ހަސަން ހަލީމް( ކޮކޯ) ފުލުހަށް ހުށަހަޅަން އުޅުނު ކަމަށާއި ނަމަވެސް އެމައްސަލަ ކޯޓު މެދުވެރިކޮށް ބެލުމަށް ފުލުހުން އެދިފައިވާނެ ކަމަށެވެ.

 

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޮކޯ ހަސަން ބުނެފައިވަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށް ގަބޫލު ކުރެވޭތީ މިލްކްވެރިކަން ސާބިތު ކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެކަން ސާބިތު ކުރާނެ ކަމަށެވެ.

 

މި މައްސަލާގައި ފިލްމްގެ ޕްރޮޑިއުސަރ އަދި ބަތަލަ އައިޝަތު ރިޝްމީ ވަނީ "ވިޝްކާ" އަކީ ހަސަންގެ ހައްގެއް ނަމަ ފިލްމުގެ މަސއްކަތް ކުރިއަށް ދިޔައިރު ހުއްޓުވަން ނޫޅުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އެފިލްމަކީ ރިޝްމީގެ އެއްޗެއް ނޫންކަމަށް ވެއްޖެ ނަމަ އެހާ ބޮޑު ޚަރަދެއް ކުރަންވީ ކީއްވެތޯ ކަމަށް އޭނާ ބުންޏެވެ.

 

އެ މައްސަލަގައި އިތުރަށް މިހާރު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށާއި ކޯޓަށް ނުވަތަ ޕޮލިހަށް އެމައްސަލަ ހުށަހަޅައިފި ނަމަ ގޮސް އެވާހަކަ ދައްކަނެ ކަމަށް ރިޝްމީ ބުންޏެވެ. 

 

ވިޝްކާގެ ސްޓޯރީގެ މައްސަލަ ޖެހިފައިވާއިރު ފިލްމްގެ ޕްރޮމޯޝަނަލް ޓްރެއިލާ ދެއްކިއިރު އެފިލްމްގެ ސްކްރިޕްޓް ލިޔުނު ކަމަށް ބުނާ އަހުމަދު ޒަރީރަށް ކްރެޑިޓް ދީފައި ނުވާ ކަމަށް ބުނެ އެމައްސަލަ ވެސް ވަނީ ހޫނު ވެފައެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

 

ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހަކަށް ވާއިރު ޒަރީރުގެ މަސައްކަތަށް ކްރެޑިޓް ދޭން ނުޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

 

މީގެ އިތުރުން ރަވީ ބުނީ ފިލްމްގެ ޝޫޓިންތައް ކުރިއަށް ދިޔައިރު ސްކްރިޕްޓަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.އަދި ފިލްމް ބަލައިފި ނަމަ ޒަރީރަށް އެކަން އެނގިގެން ދާނެ ކަމަށް ރަވީ ބުންޏެވެ.

 

އެހެން ކަމުން ޒަރީރަށް މި ފިލްމްގެ ކްރެޑިޓް ދޭނަމަ ފިލްމްގެ ޑައިރެކްޓަރ ރަވީ އަދި ޕްރޮޑިއުސަރ ރިޝްމީއަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

 

މި މައްސަލާގައި ޒަރީރާ އެކު ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ރަވީ ވަނީ ގޮވާލާފައެވެ.

 

މި ފިލްމުގެ ޓައިޓިއުލާ ރޯލުން ރިޝްމީ ފެނިގެނދާއިރު ދެން މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.

 

ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް