22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޓްރަމްޕްގެ ޔޫކޭ ދަތުރުފުޅު

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

  • ރަސްމީ ދަތުރުފުޅު ފުރަތަމަ ހަމަޖެއްސީ ޖޫން މަހަށް
  • ދަތުރު ފަސްކުރީ ލަދުވެތި ހާލަތެއް ދިމާވެދާނެތީ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 2 މާރޗް 2017 | ބުރާސްފަތި 22:18 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  3. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. އަޅުގަނޑަކީ ކެރޭ މީހެއް، ލާހިކެއް ނޫން އެއްވެސް ކަމެއްގައި އަޅުގަނޑު ހާޒިރުކުރަން: ހިޔަލީ ރަޝީދު
  8. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި


އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް -- ގޫގުލް

މުޒާހަރާތަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރަށް، އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން ހަމަޖެހިފައި އޮތް ރަސްމީ ދަތުރުފުޅު ފަސްކޮށްފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ދަތުފުޅު ފަސްކޮށްފައިވަނީ، ފަހުގެ ތާރީޚެއްގައި އިނގެރޭސިވިލާތަށް ވަޑައިގަންނަވާއިރު، ރައީސް ޓްރަމްޕްގެ ހަރުކަށި އެކި ސިޔާސަތުތަކާއި މެދު އިނގިރޭސި ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް ކުޑަވެގެންދާނެކަމުގެ އުއްމީދުގައެވެ.

ރައީސް ޓްރަމްޕް އެމެރިކާއަށް ވަޑައިގަތުމަށް، އިނގިރޭސި ބޮޑުވަޒީރާ ޓްރީޒާ މޭ ދަޢުވަތު ދެއްވާފައިވަނީ ނިމިގެންދިޔަ ޖަނަވަރީ މަހުއެވެ. މި ދަޢުވަތު ދެއްވުމާއި އެކު، އިނގެރޭސި ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި، އެ ޤައުމުގެ ރައްޔިތުން ވަނީ މި ދަތުރުފުޅާއި ދެކޮޅަށް އެކި ހަރަކާތްތައް ފަށާފައެވެ.

ނަން ހާމަ ކުރަން ބޭނުންނުވާ، ވައިޓް ހައުސްގެ ބައެއް އޮފިޝަލުންނާއި ހަވާލާދީ އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖޫން މަހު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކޮށްފައިވަނީ، ރަސްމީ ދަތުރުފުޅުގައި ނުރުހުމާއި، ލަދުވެތިކަމާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ ކަމާއި މެދު ރައީސް ޓްރަމްޕް ކަންބޮޑުވެވަޑައިގަންނަވާތީ ކަމަށެވެ.

ޖޫންމަހުގެ ދަތުރުފުޅު އޮކްޓޫބަރު މަހަށް ފަސްކޮށްފައިވާއިރު، ރައީސް ޓްރަމްޕް މުސްލިމުންނާއި ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތު ތަކާއި، އެފަދަ އެހެން ހަރުކަށި ސިޔާސަތުތަކާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް، އެހާތަނަށް ހުއްޓޭނެ ކަމަށް އޮފިޝަލުން އުއްމީދުކުރެއެވެ. ހަމަ މިއަހަރު ޖޫން މަހު ރައީސް ޓްރަމްޕް އިނގެރޭސިވިލާތަށް ވަޑައިގަންނަވާ ނަމަ، އިނގެރޭސި ރަނީ އާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެކަން ޔަގީންވާއިރު، އޮކްޓުބަރު މަހު އެ ފުރުޞަތުވެސް ލިބިވަޑައިގަންނަވާނެއެވެ.

އަދި ހަމަ މިއަހަރު އޮކްޓޫބަރު މަހުގެ ކުރީކޮޅަށް މި ދަތުރުފުޅު ޝެޑިއުލް ކުރެއްވުމުން، އެ ދުވަސްވަރަކީ އިނގެރޭސި ޤަނޫނު ހަދާ މަޖިލިހުގެ ޗުއްޓީ ދުވަސްވަރުކަމުން، ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފަރާތުން ކުރިމަތިވެދާނެ ފިއްތުންތަކުން ސަލާމަތްވެވަޑައިގަންނާނެ ކަމަށްވެސް ރައީސް ޓްރަމްޕް އުއްމީދު ކުރައްވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ރައީސް ޓްރަމްޕްގެ ހަރުކަށި އަދި ޤަބޫލުކުރަން ދަތި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގެ ރައްޔިތުން ދަނީ އެމަނިކުފާނާއި ދެކޮޅަށް އެކި ކަހަލަ ހަރަކާތްތައް ހިންގަމުންނެވެ. އަދި ހަމަ މިއާއިއެކު ސިޔާސީ ބައެއް އެނަލިސްޓުން ޤަބޫލުކުރައްވާ ގޮތުގައި ރައީސް ޓްރަމްޕްގެ ރިޔާސި ދަޢުރު ވެގެންދާނީ އެމެރިކާގެ އަގު ދުނިޔޭގެ ކުރިމަތީގައި އެންމެ ބޮޑަށް ވެއްޓިގެންދާނެ 4 އަހަރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް