
| 2 މާރޗް 2017 | ބުރާސްފަތި 19:42 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އުތުރު ކޮރެއާ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާއަށް ވަދެވޭ ގޮތަށް އޮތް އޮތުން މިއަންނަ ހޯމަދުވަހުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް މެލޭޝިއާ އިން ބުނެފިއެވެ.
މެލޭޝިއާގެ ހޯމް މިނިސްޓްރީގެ ނިންމުމާ ގުޅިގެން ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ހަމީދީ މީޑިއާތަކަށް ވިދާޅުވީ، އެ މަނިކުފާނު އުންމީދު ކުރައްވަނީ ހޯމް މިނިސްޓްރީގެ ނިންމުން ގައުމުގެ ސަލާމަތީ ސަބަބުތަކަށްޓަކައި އިމިގްރޭޝަން ޑިޕާޓްމަންޓުން ތަންފީޒު ކުރައްވާނެ ކަމަށެވެ.
އެއްވެސް އިރެއްގައި އުތުރު ކޮރެއާ އާއި މެލޭޝިއާއަކީ މާ ރަހުމަތްތެރި ދެ ގައުމެއް ނޫނެވެ. އެހެން ނަމަވެސް ގުޅުން ގޯހެކޭ ވެސް ދެންނެވޭކަށް ނެތެވެ. ދެ ގައުމުން ރަސްމީ ގުޅުން ބާއްވަން ފަށާފައިވަނީ ޖޫން 1973 ގައެވެ. އުތުރު ކޮރެއާގައި އެމްބަސީއެއް ހުންނަ 30 އަށް ވުރެ މަދު ގައުމު ތެރޭގައި، މެލޭޝިއާ ހިމެނެއެވެ. އަދި މެލޭޝިއާ ރައްޔިތުންނަކީ ވިސާއަކާ ނުލައި އުތުރު ކޮރެއާ އަށް އެތެރެ ވެވޭ ހަމައެކަނި ގައުމުގެ ރައްޔިތުންނެވެ.
އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މެލޭޝިއާގެ އެއާޕޯޓެއްގައި މަރާލުމާ ގުޅިގެން، އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަނީ ގޯސްވާން ފަށާފައެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ މިހާރު ވަނީ އުފުލާފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް