22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޖެފް ސެޝަންސް

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

  • ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އެއްވެސް ނަހަމަ ކަންކަމެއް ނުހިނގާ ކަމަށް ބުނެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 2 މާރޗް 2017 | ބުރާސްފަތި 19:32 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  6. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  7. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


އެޓާނީ ޖެނެރަލް ޖެފް ސެޝަންސް -- ދަ އިންޓަރސެޕްޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭންގައި މިހާރުގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވާ ކަމަށް އެމެރިކާ ސަރުކާރުން ކަށަވަރުކޮށް ދީފިއެވެ.

ސެނެޓާ އެއްގެ ގޮތުގައި ކުރިން ހުންނެވި ޖެފް ސެޝަންސް މިދިޔަ ޖެނުއަރީ ގައި އޮތް ސެނެޓުގެ "ކޮންފަމޭޝަން ހިއަރިން" ގައި ރަޝިއާގެ އެމްބެސެޑަރާ އެއްވެސް ގުޅުމެއް އޮތްކަން ހާމަކޮށްފައި ނުވެއެވެ. ބުދަދުވަހު ސެޝަންސް ވިދާޅުވީ އޭނާ "އެއްވެސް ރަޝިއާގެ އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާކަމަށެވެ."

ޝެޝަންސް އާއި ބެހޭގޮތުން ޑިމޮކްރެޓިކް ހައުސް މައިނޯރިޓީ ލީޑަރު ވިދާޅުވީ "ހުވާގެ މަތީގައި ހުންނަވާ އިތުރުފުޅު" ހެއްދެވީ ކަމަށެވެ. އަދި އެހެން ބައެއް ޑިމޮކްރޭޓުން ވިދާޅުވީ، ރަޝިއާގެ ނުފޫޒު އެމެރިކާގެ އިންތިޚާބަށް ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެފްބީއައި އިން ފަށާފައިވާ މައްސަލާގައި ސެޝަންސް ދުރަށް ޖެހިވަޑައިގަތުމަށެވެ.

އެފްބީއައި އިން ބަލަމުންދާ މައްސަލަ އެޓާނީ ޖެނެރަލްގެ ހައިސިއްޔަތުން އޯވާސީ ކުރައްވަނީ ޖެފް ސެޝަންސްއެވެ.

އެޓާނީ ޖެނެރަލް ޖެފް ސެޝަންސް، ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވާ ކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ކަށަވަރުކޮށްދީފައެވެ. ވައިޓް ހައުސް އިން ވަނީ ޓްރަމްޕްގެ ކެމްޕެއިންގައި އެއްވެސް ނަހަމަ ކަންކަމެއް ނުހިނގާ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް