20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އަސްކަރީ އޮޕަރޭޝަން ދިފާޢުކުރު

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

  • މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން އަވަށްޓެރި ބަނގްލަދޭޝްއަށް 70،000 އަށްވުރެ ގިނަ މުސްލިމުން ވަނީ ގޮސްފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 2 މާރޗް 2017 | ބުރާސްފަތި 19:25 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މިޔަންމާގެ ހާލުގައިޖެހިފައިވާ މުސްލިމުންތަކެއް -- ގޫގުލް

މިޔަންމާގެ އަސްކަރިއްޔާއިން މިޔަންމާގެ ރަހީން ސްޓޭޓުގައި މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ބުނެ އަސްކަރިއްޔާއިން، އެ އޮޕަރޭޝަން ދިފާއުކޮށްފިއެވެ.

އާންމުކޮށް ނޫސް ކޮންފަރެންސް ނުބާއްވާ އަސްކަރިއްޔާއިން މި ބޭއްވި ނޫސްކޮންފަރެންސް އަކީ، އަސްކަރިއްޔާގެ އިސްވެރިން އެ މީހުންނާ މެދު ކުރެވޭ ތުހުމަތުތަކަށް ސީދާ ގޮތެއްގައި ޖަވާބުދާރީވި ފުރަތަމަ ފަހަރެވެ. އދ ގެ ކަމާބެހޭ މާހިރުން ދާދިފަހުން ވިދާޅުވެފައި ވަނީ، ރަހީން ސްޓޭޓުގައި އަސްކަރިއްޔާއިން ހިންގާ އަމަލުތަކަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށެވެ. އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް، ޖެނެރަލް މިއާ ޓުން އޯ ވިދާޅުވީ އަސްކަރިއްޔާއިން ކޮށްދީފައި ހުރި ރަނގަޅު ކަންކަމުގެ ވާހަކަ ނުދައްކާތީ ހިތާމަ ކުރައްވާ ކަަމަށެވެ.

މިޔަންމާ ސިފައިންގެ އަނިޔާވެރިކަމަށް ފިލައިގެން އަވަށްޓެރި ބަނގްލަދޭޝްއަށް 70،000 އަށްވުރެ ގިނަ މުސްލިމުން ވަނީ ގޮސްފައެވެ. އެ މީހުންގެ ހެކިބަހާއި، ބަޔާނާއި އަދި ބައެއް މީހުންނަށް ކޮށްފައިވާ އަނިޔާތައް ބަލައި ވަޒަން ކުރުމަށްފަހު އދ އިން ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވަނީ މިޔަންމާ ސިފައިން ރޮހިންޔާ މުސްލިމުން މަރައި ބޮޑެތި ޖަރީމާތައް ހިންގާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް