16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ރާނީގެ އައު ފިލްމެއް

ރާނީގެ އެނބުރި އައުން ތަފާތު ގޮތަކަށް

  • ރާނީ ފިލްމީ ދާއިރާ އަށް އެނބުރި މި އަންނަނީ ފިލްމް "ހިޗްކީ" އިން
ސަހުބާން ފަހުމީ | sahubaan

| 2 މާރޗް 2017 | ބުރާސްފަތި 02:52 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  8. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ


ރާނީ މުކްރަޖީ -- ގޫގުލް

ބޮލީވުޑާއި ދުރުގަ ދެތިން އަހަރު ހުރުމަށް ފަހު ކުރީގަ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވަނީ ރާނީ މުކަރްޖީ އަނެއްކާވެސް އެނބުރި އައުމަށް ތައްޔާރުވާން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރާނީ އެންމެ އަވަހަށް މަސައްކަތް ފަށާނީ ޑައިރެކްޓަރު ސިދާތް މަލޯތްރާގެ  "ހިޗްކީ" ގައެވެ.  

ފިލްމުގައި ރާނީ އަދާ ކުރަނީ އަންހެނެއްގެ ގައިގަ ހުންނަ ބަލިފައެއްގެ ސަބަބުން ކުރިއަށް ނުދެވިފައި ހުރުމަށް ފަހު ހިތްވަރުގަދަ ކެރޭ އަންހެނަކަށް ވުމަށް ކުރާ މަސައްކަތެވެ.

ފިލްމާއި ބެހޭގޮތުން ރާނީ ބުނެފައިވަނީ ވިހެއުމަށް ފަހު އެނބުރި ފިލްމީ ދާއިރާއަށް އަންނަން ބޭނުންވީ ވަރަށް ވަރުގަދަ ރަނގަޅު ވާހަކައެއްގެ މައްޗަށް ހަދާ ފިލްމަކަށް ކަމަށެވެ. "ހިޗްކީ" އަކީ އެފަދަ ފިލްމެއް ކަމަށާއި، އެ ފިލްމުގެ ވާހަކައަކި އޭނާ ބޭނުންވި ކަހަލަ މޮޅު ވާހަކައެއް ކަމަށެވެ.

ފިލްމުގައި ރާނީ އާއި އެކު ފިރިހެން ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކާކުކަން އަދި ހާމަ ނުކުރިނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ފިރިހެން ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރާނީ "ސްޓޫޑެންޓް އޮފް ދަ އިޔާ" ގެ ތަރި ސިދާތް މަލޯތްރާ އެވެ. އެކަމަކު އޭނާ ވަނީ އަދި އެފަދަ އެއްބަސްވުމެއް ނެތް ކަމަށް ބުނެފައި އެވެ.

މި ފިލްމުގެ މަަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް "ހިޗްކީ" ގެ ޓީމުން ވަނީ ހާމަކޮށްފައި އެވެ.

ރާނީ އެންމެ ފަހުން ފެނިފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި "މަރްދާނީ" އިންނެވެ. އެ ފިލްމަކީވެސް އަންހެނުންގެ ބާރުވެރިކަން ދައްކައިދޭ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް