21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ފްރާންސް

ފްރާންސްގެ ރައީސް ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް އޮޅިގެން ބަނޑިޖެހިއްޖެ

  • ރައީސް އޮލަންޑޭ ތަގުރީރު ކުރައްވަމުން ދިޔައީ ހައި-ސްޕީޑް ޓްރެއިން ލައިނެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 1 މާރޗް 2017 | ބުދަ 18:54 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް


ރައީސް އޮލާންޑޭ -- ގޫގުލް

ފްރާންސްގެ ރައީސް ފްރަންސުއާ އޮލާންޑޭ ތަގުރީރު ކުރައްވަނިކޮށް ފުލުހަކަށް "އެކްސިޑެންޓަކުން" ބަނޑިޖެހިއްޖެއެވެ.

މިހާދިސާ ހިނގީ ފްރާންސްގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ވިލޮގްނަން ގައި ކަމަށްވާއިރު، ފުލުސް މީހާއަށް އެކްސިޑެންޓަކުން ބަނޑިޖެހުމުގެ ސަބަބުން ރައީސް އޮލަންޑޭ އަށް އެއްވެސް ގެއްލުމެއް ލިބިފައިނުވެއެވެ. މިހާދިސާގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެދެމީހުންނަށް ލިބިފައިވާ ޒަޚަމްތަކަކީ ފުރާނަޔަށް ނުރައްކާވާވަރުގެ ޒަޚަމްތަކެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް އޮލާންޑޭ ތަގުރީރު ކުރައްވަމުން ދިޔަ ސަރަހައްދުގައި ބަޑިޖެހުމުގެ ހާދިސާ ހިނގީ އެކްސިޑެންޓަކުން ބަޑިޖެހުނު ފުލުސް މީހާގެ ބަޑީގެ ސޭފްޓީ ކެޗް ލޮކްނުކޮށް ހުރުމުން ބަޑި ޑިސްޗާޖެވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަޑީގެ ވަޒަން އެރީ އެސަރަހައްދުގައި ހުރި ވެއިޓަރަކާ އަދި ރެއިލްވޭ މެއިންޓަނެންސް ކުންފުންޏެއްގެ މުވައްޒަފެއްގެ ގަޔަށެވެ. ވެއިޓަރުގެ ފަޔަށް ވަޒަން އެރިއިރު ރެއިލްވޭ ސްޓޭޝަންގެ މުވައްޒަފުގެ ވަޒަން އެރީ ފައިގެ ކުޑަހުޅަށެވެ. 

މިހާދިސާ މިހާރު ކަމާބެހޭފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު ރައީސް އޮލަންޑޭ ތަގުރީރު ކުރައްވަމުން ދިޔައީ ހައި-ސްޕީޑް ޓްރެއިން ލައިނެއް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް