18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ގައުމުތަކުގެ އަސްކަރީ ބަޖެޓް

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

  • އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރު
  • 2015 ވަނަ އަހަރުވަނީ އަސްކަރިއްޔާއަށް ކުރި ހޭދަ 1.0 ޕަސެންޓް ބޮޑުވެފަ
އަބުދުﷲ މުހައްމަދު | 8Abbo

| 1 މާރޗް 2017 | ބުދަ 18:25 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  4. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  8. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ


އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރު -- އިންޑިއާ ޑިފެންސް ނިއުސް.އިންޑިއާ

ދުނިޔޭގެ ގައުމުތަކުގެ އަސްކަރިއްޔާއަށް ކުރާ ޚަރަދު ތައުލީމަށް ނުވަތަ އެނޫން ވެސް އުފެއްދުންތެރި ކަމަކަށް ކުރެވޭ ނަމަ އިސާހިތަކު ފަގީރުކަން ނައްތާލެވޭނެ ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. އޭގެ ސަބަބަކީ އެ ކަންކަމަށް ކުރެވޭ ޚަރަދާ އަޅާ ބަލާއިރު ގައުމުތަކުގެ އަސްކަރިއްޔާގެ ބަޖެޓް ބޮޑުވުމެވެ. ވަކިން ޚާއްސަކޮށް ތަނަވަސް ގައުމުތަކާއި ބޮޑެތި ބާރުތަކުގެ ދިފާއީ ބަޖެޓަކީ ސިއްސައިގެންދާވަރުގެ ބޮޑެތި ބަޖެޓްތަކެވެ.

އެންމެ ބަޖެޓް ބޮޑީ ކޮން ގައުމުތަކެއްގައި

ދިފާއީ ވުޒާރާގެ ބަޖެޓް އެންމެ ބޮޑު ގައުމަކަށް އަބަދުވެސް ފާހަގަވަމުން އަންނަނީ ސުޕަރ ޕަވަރ ކަމަށް ބުނެވޭ އެމެރިކާއެވެ. 2015 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު އެގައުމުގެ ދިފާއީ ވުޒާރާގެ ބަޖެޓް ހަސަތޭކަ ބިލިއަން އެމެރިކާ ޑޮލަރާ ގާތްކުރެއެވެ. އެގައުމާ އެންމެ ގާތްކުރާ މިންވަރެއް އޮތް ޗައިނާގެ ދިފާއީ ބަޖެޓް ވެސް އެމެރިކާއަށް ވުރެ ދެ ބައިކުޅަ އެއްބައި ކުޑައެވެ. އެ ގައުމުގެ ދިފާއީ ބަޖެޓް އުޅެނީ 300 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައެވެ. އަސްކަރިއްޔާއަށް އެންމެ ގިނައިން ޚަރަދު ކުރާ ދިހަ ގައުމުގެ ލިސްޓަށް ބަލާއިރު އެމެރިކާ އާއި ޗައިނާ ފިޔަވައި އެއްވެސް ގައުމެއްގެ ބަޖެޓް ސަތޭކަ ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެއް ނުވެއެވެ.

ތިންވަނައަށް އެންމެ ބޮޑު ހޭދައެއް ކުރާ ގައުމަކަށް އޮތީ ސައުދީ އަރަބިއްޔާއެވެ. ލިސްޓުގައި ހިމެނޭ އެހެން ގައުމުތަކާ އަޅާބަލާއިރު ސައުދީ އަރަބިއްޔާއަކީ ހަތިޔާރު މަދު ގައުމެކެވެ. ނަމަވެސް އެގައުމު ދިފާއުކޮށްދިނުމަށް އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދުންފަދަ ކަންކަމާއެކު އެގައުމުގެ ދިފާއީ ވުޒާރާގެ ބަޖެޓަކީ އަބަދުވެސް ދުނިޔޭގެ ނިސްބަތުން ބޮޑު ބަޖެޓެކެވެ. 2015 ވަނަ އަހަރު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ދިފާއީ ބަޖެޓެއް އޮތް ގައުމަކީ ސައުދީ އަރަބިއްޔާއެވެ.ލިސްޓް ތަރުތީބު ކޮށްލާނަމަ ހަތަރުވަނައަކީ ރަޝިއާއެވެ. އޭގެ ފަހަތުން އިނގިރޭސިވިލާތް، އިންޑިއާ، ފްރާންސް، ޖަޕާން، ޖަރުމަނު އަދި 10 ވަނައިގައި ވަނީ ދެކުނު ކޮރެއާއެވެ.

އަސްކަރިއްޔާއަށް ކުރާ ހޭދަ މައްޗަށް

އަސްކަރިއްޔާއަށް 2015 ވަނަ އަހަރު ދުނިޔެއިން ހޭދަކޮށްފައިވަނީ 1676 ބިލިއަން އެމެރިކާ ޑޮލަރެވެ. 2015 ވަނަ އަހަރުވަނީ އަސްކަރިއްޔާއަށް ކުރި ހޭދަ 1.0 ޕަސެންޓް ބޮޑުވެފައެވެ. މިއީ 2011 ވަނަ އަހަރަށް ފަހު މި އަދަދު މިގޮތަށް ބޮޑުވި ފުރަތަމަ ފަހަރެވެ. އޭޝިއާ އާއި އޯޝޭނިއާ، މެދުތެރޭ އަދި އިރުމަތީ ޔޫރަޕް އަދި ތަފާސް ހިސާބް ލިބެންހުރި މެދުއިރުމަތީގެ ގައުމުތަކުގައި އަސްކަރިއްޔާއަށް ކުރާ ޚަރަދު ވަނީ އިތުރުވެފައެވެ. އަސްކަރިއްޔާއަށް ކުރާ ހޭދަ ދަށްވެފައި ވަނީ އުތުރު އެމެރިކާ އާއި، ހުޅަނގު ޔޫރަޕް، ލެޓިން އެމެރިކާ، ކެރީބިއަން އަދި އެފްރިކާގައެވެ. އެމެރިކާގައި 2011 ވަނަ އަހަރު ތަންފީޒުކުރަން ފެށުނު ބަޖެޓް ކޮންޓްރޯލް ގާނޫނުގެ ދަށުން އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމުން 2.4 ޕަސެންޓް ކުޑަވެ އަސްކަރިއްޔާގެ ބަޖެޓް 596 ބިލިއަން ޑޮލަރަށް ވެއްޓުނެވެ. އޭގެ ފަހުން 2017ވަނަ ރިޕަބްލިކަންގެ ވެރިކަމެއް ފެށި އާ ރައީސް ޑޮނަލްޑް ޓްރަމްގެ ސަރުކާރުން ވަނީ މިހާރުގެ ބަޖެޓަށް 54 ބިލިއަން ޑޮލަރު އިތުރުވާނެކަން ހާމަ ކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް