26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
އިޝާ 19:13
މަޣްރިބް 18:02
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އުތުރު ކޮރެއާ،ދެކުނު ކޮރެއާ

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

  • އުތުރު ކޮރެއާއާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައިން ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ: ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު
އަހުމަދު އަނޫޝު | IamAhmedAnoosh

| 1 މާރޗް 2017 | ބުދަ 17:10 | |

މަގުބޫލް

  1. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  2. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  3. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  6. ހަފްތާއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުންގެ ގެތަކުން ނިކުތުމަށް އިޒްރާއިލުން އަންގައިފި
  7. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  8. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް


ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ޔުން ބިޔުންގް ސޭ -- ޑެއިލީ މެއިލް

އުތުރު ކޮރެއާއާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައިން ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އަދި އދ. ގެ މެމްބަރުކަމުން ވެސް އަގައުމު ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ.

ދެކުނު ކޮރެއާ އިން މިހެން ބުނީ ދާދިފަހުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މެލޭޝިއާގެ އެއާޕޯޓެއްގައި ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށް މަރާލުމާއި ގުޅިގެން އެކަމަށް ރިއާޔަތް ކޮށެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް"އަކިީ އދ އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

ޖެނީވާގައި އަންގާރަ ދުވަހު ފެށި "ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޑިސްއާރމަމެންޓް" ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ޔުން ބިޔުންގް ސޭ ވިދާޅުވީ އުތުރު ކޮޮރެއާއަށް އެތައް ޓަނުގެ ކެމިކަލް ހަތިޔާރު ލިބިގެންވާ ކަމަށާއި އޭގެ ތެރޭގައި "ވީއެކްސް" ވެސް ހިމެނޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކިމް ޖޮން ނަމް މަރާލުމަށް އުތުރު ކޮރެއާ އިން ކެމިކަލް ހަތިޔާރު ބޭނުން ކުރުމުން އެމީހުންގެ ގާބިލުކަން އެނގިގެން ހިނގައްޖެ ކަމަށާއި އަދި އެކަމަށް ސަމާލުކަން ދޭން ޖެހޭކަން ވެސް އެނގިގެން ހިނގައްޖެ ކަމަށެވެ.

ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފު ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް