16 ނޮވެންބަރު 2018 | ހުކުރު | 04 ނޮރަ
08 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:51
އިޝާ 19:05

ކިމް ޖޮން ނަމް މަރާލުން

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މެލޭޝިއާ އިން ދައުވާ އުފުލައިފި

  • މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން
އަހުމަދު އަނޫޝު | IamAhmedAnoosh

| 1 މާރޗް 2017 | ބުދަ 17:04 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  3. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  4. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  5. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  6. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  7. މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
  8. ޓްރާންސްޕޯޓް އޮތޯރިޓީގައި މީދާ ކޮށިތަކެއް!


ސިޓީ އައިޝަތު، (ކ) އާއި ތި ހުއޮންގް، (ވ) -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދި ފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކިމް ޖޮން ނަމް މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުން ވަނީ ބުދަދުވަހު، ވެރިރަށް ކުއަލަ ލަމްޕޫރުގެ ކޯޓަކަށް މެލޭޝިއާގެ ސްޕެޝަލް ފޯސަސްގެ ރައްކާތެރިކަމާ އެކު ގެންދެވިފައެވެ. އަދި އެމީހުންގެ މައްޗަށް ކުރެވޭ ދައުވާ ވަނީ އިއްވާފައެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާ ދެ އަންހެނުންނަކީ ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ޑޯން ތި ހުއޮންގް، 28، އާއި އިންޑޮނީޝިއާގެ ސިތީ އައިޝަތު، 25، އެވެ. މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަަމަ މަރުގެ ހުކުމް އަންނާނެއެވެ. ކިމް ޖޮން ނަމް މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެއަންހެނުން ބުނެފައި ވަނީ އެމީހުން ހީކުރީ އެމީހުންނަށް ބައިވެރިވެވުނީ ޓީވީ ޕްރޭންކްއެއްގައި ކަމަށެވެ. އެގޮތުން ސިޓީ އައިޝަތު ބުނީ، އޭނާ އެކަން ކުރީ ބަޔަކު އޭނާއަށް އަޮޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް", ކަމަށެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ބަޔަކު

ހައްޔަރުކޮށްފައިވާއިރު އިތުރު ބަޔަކު ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް