19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

"ބަދްރީނާތުކީ ދުލްހަނިޔާ"

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

  • "ބަދްރީނާތްކީ ދުލްހަނިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް 10، 2017 ވަނަ ދުވަހުގަ
ރިޒުނާ ޒަރީރު | RiznaZareer

| 1 މާރޗް 2017 | ބުދަ 14:36 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!


އާލިޔާ ބަޓްއާއި މަހޭޝް ބަޓް -- ގޫގުލް

މަޝްހޫރު އެތައް ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ މަހޭޝް ބަޓްގެ އަންހެން ދަރިފުޅު އާލިޔާ ބަޓްއަކީ މިހާރު ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ އެންމެ މަޤްބޫލު އަންހެން ބަތަލާ އެވެ. އާލިޔާ އާއި އޭނާގެ ބައްޕަ މަހޭޝްއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް އަބަދުވެސް އަޑުތައް އިވި އެކަން މީޑިއާގެ ސުރުޚީތަކަށް ވަނީ އަރާފައެވެ. މަހޭޝް ބަޓް ވެސް އޭނާގެ ދަރިފުޅު އާލިޔާ މި އިންޑަސްޓްރީގައި ފައިތިލަ ހަމަކޮށްފައިވާ ވަރު ފުރިހަމަކަމުން އެކަމާ ފަޙްރުވެރިވެ އުފާކުރެ އެވެ. 

 

ނިމިގެން ދިޔަ ފިލްމު ފެއަރ އެވޯޑުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް އާލިޔާއަށް ލިބުމުން އެކަން ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މިހުރިހާ ކަމެއް އާލިޔާއަށް އޭނާގެ ބައްޕަ ކޮށްދެމުންދާއިރު މަހޭޝްއަކީ ދޮގު ހަދާ މީހެއް ކަމަށް އާލިޔާ ދަނީ ބުނަމުންނެއެވެ.  

 

އާލިޔާ އާއި ވަރުން ދަވަން އެންމެ ފަހުން ކުޅެފައިވާ "ބަދްރީނާތުކީ ދުލްހަނިޔާ" ގެ ޕްރޮމޯޝަން ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް މަހޭޝް ބަޓް ވަނީ ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި "އާލިޔާއަކީ ސުޕަރ ސްޓާރެއް ކަމަށާއި ގިނަ ފިލްމު ސްޓާރުން އޭނާއާ އެކު މަސައްކަތް ކުރަން އެދި އެދި ތިބި ކަމަށް،" ބުނެފައެވެ.

 

މިކަމަށް ރައްދު ދެމުން އާލިޔާ ބުނެފައިވަނީ ބައްޕަ އެހަދަނީ ހުސް ދޮގު ކަމަށާއި އެހީ ހަޤީޤަތެއް ވެސް ނޫން ކަމަށެވެ. އަބަދުވެސް ނޫސްވެރިންނާއި ދިމާވުމުން މިފަދަ ވާހަކައެއް ދައްކާ ކަމަށާއީ އެކަމާއި ގުޅިގެން އަބަދުވެސް ނޫސްވެރިން އޭނާއާ ސުވާލު ކުރަމުންދާ ކަމަށް އާލިޔާ ބުނެފައި ވެއެވެ.

 

ކޮންމެއަކަސް މިއީ ބައްޕަ އާއި ދަރިފުޅު ދެމެދުގައި އެއް އިންޑަސްޓްރީއެއްގައި މަސައްކަތް ކުރަމުންދާއިރު ފެނިފައިނުވާ ފަދަ ހާއްސަ ގުޅުމެއް ކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.

 

ކުރީގެ ފިމްލުތަކުގެ ފަހުގެ ވާރޝަންތައް މިހާރު އަނެއްކާ ވެސް ބޮލީވުޑަށް ތަޢާރަފްވަމުން އަންނަ އިރު މަހޭޝް ބަޓްގެ ފިލްމުގެ ފީޗަރިންއެއް ހަދާފާނަންތޯ ނޫސްވެރިން ސުވާލު ކުރުމުން އާލިޔާ ބުނެފައިވަނީ އެކަމާ މިހާރު ވެސް ވާހަކަ ދެކެވިފައިވާ ކަމަށާއި މިއީ ހަމަ ހަޤީޤަތަކަށް ވެދާނެ ކަމެއް ކަމަށެވެ.

 

"ބަދްރީނާތުކީ ދުލްހަނިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް 10، 2017 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް