15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ފަނޑިޔާރުންގެ މިނިވަންކަން

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

  • ފަނޑިޔާރުންނަށް މަގާމް ގެއްލިދާނެ ކަމުގެ ބިރުއޮވޭ
ސަހުބާން ފަހުމީ | sahubaan

| 1 މާރޗް 2017 | ބުދަ 07:44 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ކައިވެނީގެ ހަފްލާގައި ދިޕިކާ ފެންކަޅިކޮށްލައިފި
  8. ވިޔަފާރިވެރިން އިސް ނަގައިގެން އިންތިހާބީ ރައީސަށް މަރުހަބާ ދަންނަވައިފި


ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމީއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ

ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެގެން ދިޔައެވެ. ޝެއިޚް އިމްރާން އަބްދުﷲގެ މައްސަލަ އާއި ކާނަލް ނާޒިމްގެ މައްސަލައިގައި ކަންތައް ދިޔަ ގޮތުން ސަރުކާރަށް ބޭރުގެ ޕްރެޝަރު އިތުރުވިއެވެ.

އެ ދަނޑިވަޅުގައި ކުރިމަތިވި ފާޑުކިޔުންތަކަށް ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ރައްދު ދެއްވަމުން ގެންދެވީ ޖޯޝާއި ފޯރީގައެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

އެ ދަނޑިވަޅުގައި ކުރިމަތިވި ފާޑުކިޔުންތަކަށް ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުން ރައްދު ދެއްވަމުން ގެންދެވީ ޖޯޝާއި ފޯރީގައެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.

ޝަރުޢީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވުމަކީ، އަދީބު ދެކެވަޑައިގެންނެވި ގޮތުގައި އެދާއިރާއަށް ނުފޫޒު ފޯރުވުމެވެ. އެހެންވެ އެބޭފުޅާ އޭރު ކުރެއްވި މަސައްކަތުގެ ތެރޭގައި ފަނޑިޔާރުންގެ ނަޒާހަތްތެރިކަން އިތުރުކުރެއްވުން ހިމެނެއެވެ.

ރައީސް ނަޝީދުގެ މައްސަލައާ ބެހޭ ގޮތުން އޭރު އަދީބު ވިދާޅުވެފައިވާ ގޮތުގައި، ރައީސް ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައި ވަނީ އަދުލް އިންސާފުގެ ބޭރުން ކަމަށް ބައިނަލްއަގްވާމީ ވަކީލުންނަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ނަޝީދަކީ ގާޒީއަކު ހައްޔަރުކޮށް އެކަހެރިކުރި ކަމަށް އަމިއްލަފުޅަށް އިއުތިރާފްވެ ވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައި އަދީބު ވަނީ ސިފަކުރައްވާފައެވެ.

އޭރު އަދީބު ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް އަދަބު ލިބެނީ ހައްޤުން ނޫން ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ.

ރައީސް ނަޝީދުގެ ވަކީލުން މަސައްކަތް ކުރަނީ ހޮލީވުޑްގެ ފިލްމްތަކުގައި އޮޅުވާލާ ފަދައިން ރައީސް ނަޝީދުގެ ޝަރީޢަތް ވެސް އޮޅުވާލަން ކަމަށާއި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަދީބް އޭރު ވިދާޅުވެފައި ވެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، ކާނަލް ނާޒިމްގެ "ފްރޭމް" ކުރުމުގައި އެންމެ އަޑީގައި ހުންނެވި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި އެއްފަރާތަކީ ވެސް ކުރީގެ ނައިބް ރައީސް އަދީބުއެވެ

އެހެން ނަމަވެސް އެ ވާހަކަތައް ދޮގުކުރައްވައި އަދީބު ވިދާޅުވެފައި ވަނީ، ނާޒިމްގެ ވަކީލުން ޒާތީ ވެގެން ޝަރީއަތް ސިޔާސީކޮށް ވަކި ދިމާލަކަށް ގެންދަން އުޅުއްވަނީ ކަމަށާއި އެންމެ ފަހުން އެކަމުގައި އެބޭފުޅާ ވެސް ޝާމިލް ކުރަމުން ގެންދާ ކަމަށެވެ. އަދީބު ސިފަކުރެއްވި ގޮތުގައި، ނާޒިމްގެ ވަކީލުން މަސައްކަތް ކުރެއްވީ އަދީބު ފްރޭމް ކުރެއްވުމަށެވެ.

އަދީބު މިގޮތަށް ވިދާޅުވެފައިވި ނަމަވެސް ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރުން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް ފުލުހުން ވަނީ މީޑިޔާގައި އެއްބަސްވެފައެވެ. އެ ހަތިޔާރުގައި ނާޒިމްއާ ގުޅުމެއް ހުރި ކަމެއް ޝަރީޢަތަށް ވެސް ސާބިތުވެފައެއް ނުވެއެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތަށް އަދީބު ހައްޔަރު ކުރުމާ އެކު އެބޭފުޅާގެ ރާގު ބަދަލުވެގެން ދިޔައެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ގޯސްވެ، ޓެރަރިޒަމްގެ ޤާނޫނުގެ ގޯސްކަމުގެ ވާހަކަ ވެސް ދައްކަވަން ފެއްޓެވިއެވެ. ބޭއިންސާފު ތަޙައްމަލް ކުރައްވަން ޖެހިވަޑައިގަތުމުން އަދީބަށް ވެސް ސަރުކާރުގެ ސިޔާސަތުތައް ގޯސްވީއެވެ.

ދޫނިދޫގައި ބަންދުކޮށްފައި ހުރި ދުވަސްވަރު އިންޑިޔާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" އަށް އަދީބު ފޮނުއްވި ލިޔުމެއްގައި ވަނީ ޝަރުއީ ނިޒާމް އޮތް ގޮތުން އިންސާފު ނުލިބޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ބިރުވެތި ވަނީ ހަމައެކަނި އަމިއްލަ ނަފްސަށް ވެދާނެ ގޮތަކަށް އެކަނި ނޫން ކަމަށެވެ.

ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ވާދަވެރިން ހަލާކުކޮށްލުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް އަދީބު ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ހިތްޕުޅު ހަމަޖެއްސެވުމަށް، ޖަލުގައި ބޭއްވުމަށް ފަހު ސިޔާސީ ހުރިހާ ކުށްވެރިން ދޫކޮށްލުމަށް އަދީބު ގޮވާލެއްވިކަން ފާހަގަކޮށްލެ ވެއެވެ.

އަދުލުއިންސާފު ގާއިމްކުރުމުގެ ބާރަކީ މުޅިން މިނިވަން، އަދި މުސްތަގިއްލު ބާރަކަށް ވާންޖެހޭ އިރު، ސިޔާސީ ބޭނުންތަކަށްޓަކައި ދިވެހި ރާއްޖޭގެ ފަނޑިޔާރުގެތައް ބޭނުން ނުކުރުމަށާއި ދިވެހި ރާއްޖޭގެ ފަނޑިޔާރުންނަށް ނުފޫޒު ނުފޯރުވުމަށް ވެސް ޖަލުގައި ހުންނަވައިގެން އަދީބުގެ ފަރާތުން އޭނާގެ ވަކީލު ނެރުއްވި ބަޔާނެއްގައި ގޮވާލައްވާފައި ވެއެެވެ.

އަދީބަކީ، އެއްދުވަސް ވަރެއްގައި ސަރުކާރުގައި ހުރި އެންމެ ވަރުގަދަ ވަޒީރެވެ. ރައީސް އަބްދުﷲ ޔާމީން އެންމެ "ލޯބިވާ ނައިބު ރައީސް"ގެ ލަޤަބު ޙާސިލްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ، ޒުވާނުންގެ "ބޮޑުބޭބެ"ގެ ގޮތުގައި އެއްބަޔަކު ސިފަކުރިއެވެ. އެހެން ނަމަވެސް އެއީ މާޒީއެވެ.

ބޭއިންސާފުގެ ލަވަޔަށް ނައްޓަވަނިކޮށް އެމަނިކުފާނާ ބޭއިންސާފު އަރައި ހަމަކުރީއެވެ. އަދީބުގެ މައްޗަށް ހިންގި ޝަރީޢަތުގައި އިންސާފުގެ ކަންފުޅެއް ނެތް ކަމަށް އެމަނިކުފާނުގެ ފަރާތުން ވިދާޅުވާއިރު، ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި އަދީބުގެ އެކުވެރި ވަޒީރުން ކަހާތަން ހިރުވާ ވެސް ނުލައްވައި ތިއްބަވަނީއެވެ.

އަދީބުގެ މައްޗަށް ހިންގި ޝަރީޢަތުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަނީ ވެސް، ސިޔާސީ ގޮތުން އަދީބުގެ އާރާއި ބާރު ހުރި ދުވަހު ހިތުހުރި ގޮތެއް ހަދާލި، ޝެއިޚް އިމްރާން އަބްދުﷲ އާއި ކާނަލް ނާޒިމްމެން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިންނެވެ.

އެހެން ކަމުން މިއަދު، އދ. ގެ ވޯކިން ގްރޫޕްގެ ނިންމުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާ ބޭފުޅުން މިކަމާ ވިސްނާވަޑައިގަންނަވަން ޖެހެއެވެ. ބޮޑެތި ނުފޫޒުތަކާ އެކު މަތީ މަގާމުތަކުގައި މޭ ފުއްޕާފައި އުޅުނު އެތައް ބަޔަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިޒާމުން ވެސް ގެއްލިއްޖެއެވެ.

ބޭއިންސާފު އާންމުވެއްޖެ އެއްވެސް ތަނެއްގައި އެއްވެސް ރައްޔިތަކަށް ރައްކަލެއް ނޯންނާނެއެވެ. ބޭއިންސާފާއި އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ޖެހޭ ސަބަބަކީ އެއީއެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކަށް ރައްޔިތުން ކުރަމުންގެންދާ އިތުބާރު ގެއްލުމަށް މެދުވެރިވެފައިވާ ސަބަބަކީ ޤާނޫނެތަކެއް ނުވަތަ ޤަވާއިދުތަކެއް ހެދިފައި ނެތުމެއް ނޫނެވެ. އެއީ ޤާނޫނުތަކާއި ޤަވާއިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުން ބޭރުން ކަންތައް ކުރަމުން ގެންދިއުމެވެ.

އެކަން އެންމެ ރަގަޅަށް ވަޒަންކުރެވޭނެ ބަޔަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށެވެ. ސިޔާސީ ފަރާތްތަކުގެ ނުފޫޒު ކޯޓުތަކަށް ފޯރުވާ މިންވަރު އެންމެ ރަގަޅަށް ވަޒަން ކުރެވޭނީ ވެސް ހަމަ ފަނޑިޔާރުންނަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުން ބޭއިންސާފުން ހުކުމްތައް އިއްވާ ކަމަށް ރައްޔިތުން ދައްކާ ވާހަކަތަކަކީ ބަދަލުވާނެ ކަމުގެ އުންމީދު ނެތް ހަގީގަތެވެ.

ކޯޓުތަކުގައި ތިއްބެވި ގިނަ ފަނޑިޔާރުންނަކީ، ޤާނޫނީ ނިޒާމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެއްވުމަށް ބޭނުންފުޅުވާ ފަނޑިޔާރުންނަށް ވިޔަސް އެކަން އެގޮތަށް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ، ޖުޑީޝިއަލް ސާވިސް ކޮމިޝަނެވެ. ކޯޓުގައި ފަނޑިޔާރު ނިންމާ ނިންމުމެއްގެ ސަބަބުން ވަޒީފާ ގެއްލުމުގެ ބިރާއި ނުވަތަ ކޮންމެވެސް ފިޔަވަޅެއް އެފަނޑިޔާރަކާ މެދު އަޅާފާނެ ކަމުގެ ބިރު ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ގިނަ ފަނޑިޔާރުންނަށް އޮވެއެވެ.

ބޭއިންސާފު ތަޙައްމަލު ކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުން ޖެހިފައިވާ އެންމެ ބޮޑު އެއްސަބަބަކީ، އުސޫލުތަކާއި ޚިލާފަށް ސިޔާސީ ފަރާތްތަކުގެ ނޯކަރުންނަށް އެބޭފުޅުން ވުމެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތުހުމަތު ކުރާ ފަދައިން ރިޝްވަތު ނަންގަވާ ފަނޑިޔާރުން އަޅުގަނޑުމެންގެ ފަނޑިޔާރުގެތަކުގައި ތިއްބެވުމެވެ. އެފަދަ ފަނޑިޔާރުން މާޒީގައި ހިނގާފައިވާ ކަންތައްތަކާ މެދު ވިސްނާ އިބްރަތް ހާސިލް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަން ޔަގީނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް