16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކިމް ޖޮން ނަމް މަރާލުން

ކިމް ޖޮން ނަމް މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނަކަށް މާދަމާ މެލޭޝިއާ އިން ދައުވާ އުފުލަނީ

  • ދެ އަންހުންގެ މައްޗަށް އުފުލާ ދައުވާ ސާބިތުވެއްޖެނަމަ އެ މީހުންގެ މައްޗަށް މަރުގެ ހުކުމް އަންނާނެ: މެލޭޝިއާގެ އެޓާނީ ޖެނެރަލް
އަހުމަދު އަނޫޝު | IamAhmedAnoosh

| 28 ފެބުރުވަރީ 2017 | އަންގާރަ 18:53 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ސިޓީ އައިޝަތު، (ކ) އާއި ތި ހުއޮންގް، (ވ) -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދިފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންނަށް މި ހަފްތާގެ ބުދަ ދުވަހު ދައުވާ އުފުލާނެ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ބުދަ ދުވަހު ކިމް ޖޮން މަރާލުމުގައި ބައިވެރިވި ދެ އަންހެންނަށް އުފުލާނެ ކަމަށް މެލޭޝިއާގެ އެޓާނީ ޖެނެރަލް މުހަންމަދު އަޕަންޑީ ވިދާޅުވިއިރު، އުތުރު ކޮރެއާ އާއި މެލޭޝިއާ ގެ ގުޅުން ވެސް ވަނީ މަރާ ގުޅިގެން ގޯސްވެފައެވެ. ދެ ގައުމުން ވަނީ ހޫނު ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. އެޓާނީ ޖެނެރަލް އިތުރަށް ވިދާޅުވީ ދެ އަންހުންގެ މައްޗަށް އުފުލާ ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް  މަރުގެ ހުކުމް އަންނާނެ ކަމަށެވެ. އިތުރަށް އެޓާނީ ޖެނެރަލް ވިދާޅުވީ ކިމް ޖޮން ނަމް ގެ މަރާއި ގުޅިގެން ހައްޔަރުގައި ހުރި އުތުރު ކޮރެއާ ގެ ފިރިހެނަކަށް ދައުވާ އުފުލުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

ބުދަ ދުވަހު ދައުވާ އުފުލާނެ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވި ދެއަންހެނުން ނަކީ ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ޑޯން ތި ހުއޮންގް،28، އާއި އިންޑޮނީޝިއާގެ ސިޓީ އައިޝަތު، 25، އެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮން ނަމް މަރާލައިފައި ވަނީ ދެ އަންހެނުން ވެގެން ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް"، ކިމް ޖޮން ނަމްގެ ގައިގައި ހާކައިގެންނެވެ.

ކިމް ޖޮން ނަމް މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ނަން މެލޭޝިއާ އިން އިއުލާންކޮށްފައިވާއިރު، ދެކުނު ކޮރެއާގެ އިންޓެލިޖެންސް އޮފިޝަލުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މައުލޫމާތު އަރުވާފައި ވަނީ، ތުހުމަތު ކުރެވޭ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އުތުރު ކޮރެއާގެ ޖާސޫސީ ގުނަން ކަމަށްވާ "މިނިސްޓްރީ އޮފް ސްޓޭޓް ސެކިޔުރިޓީ" އަށް ނިސްބަތްވާ މީހުން ކަމަށެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ހައްޔަރު ކުރެވުނު އިންޑޮނީޝިއާ އަންހެން މީހާ އަށް އެކަން ކުރެވުނީ ބަޔަކު އޭނާއަށް އަޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް"، އޭނާ ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް