16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކިމް ޖޮން ނަމް

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

  • މެލޭޝިއާގެ ކުއަލަ ލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮން ނަމް މަރާލައިފފައި ވަނީ ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން
އަހުމަދު އަނޫޝު | IamAhmedAnoosh

| 28 ފެބުރުވަރީ 2017 | އަންގާރަ 16:53 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މަރާލައިފައިވާ ކިމް ޖޮން ނަމް -- ގޫގުލް

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް ދާދިފަހުން މެލޭޝިއާ އެއާޕޯޓެއްގައި މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން، އުތުރު ކޮރެއާގެ ހަތަރު ރައްޔިތުންނަކީ ޖާސޫސުން ކަމަށް ދެކުނު ކޮރެއާ އިން ބުނެފިއެވެ.

މެލޭޝިއާގެ ކުއަލަ ލަމްޕޫރު އެއާޕޯޓުގައި ކިމް ޖޮން ނަމް މަރާލައިފައި ވަނީ ދެ އަންހެނުން ވެގެން ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް"، ކިމް ޖޮން ނަމްގެ ގައިގައި ހާކައިގެންނެވެ.

ކިމް ޖޮން ނަމް މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ހަތް މީހެއްގެ ނަން މެލޭޝިއާ އިން އިއުލާންކޮށްފައިވާއިރު، ދެކުނު ކޮރެއާގެ އިންޓެލިޖެންސް އޮފިޝަލުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު އަރުވާފައި ވަނީ، ތުހުމަތު ކުރެވޭ ހަތް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އުތުރު ކޮރެއާގެ ޖާސޫސީ ގުނަން ކަމަށްވާ "މިނިސްޓްރީ އޮފް ސްޓޭޓް ސެކިޔުރިޓީ" އަށް ނިސްބަތްވާ މީހުން ކަމަށެވެ.

އާދިއްތަ ދުވަހު، ކިމް ޖޮން ނަމްގެ އޯޓޮޕްސީއާ ހަވާލާދީ މެލޭޝިއާގެ ހެލްތު މިނިސްޓަރު ޑރ. ސުބްރަމާނިއަމް ސަތަސިވަމް ވިދާޅުވީ "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 15 މިނެޓާއި 20 މިނެޓާ ދޭތެރޭ ކިމް ޖޮން ނަމް މަރުވެފައިވާ ކަމަށާއި، މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާ ތަހައްމަލުކޮށްފައި ވަނީ "ވަރަށް ވޭންދެނިވި" ވަގުތުކޮޅެއް ކަމަށެވެ. ޑރ. ސުބްރަމާނިއަމް ވިދާޅުވީ ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން މާގިނަ އިރުތަކެއް ނުވެ އަނބުރައިގަނެގެން ވެއްޓުނު ކަމަށާއި ކިމް ޖޮން ނަމް މަރުވީ އެމްބިއުލާންސްގެ ތެރެއަށް ކަމަށެވެ.

ކިމް ޖޮން ނަމްގެ މަރާ ގުޅިގެން ހައްޔަރު ކުރެވުނު އިންޑޮނީޝިއާ އަންހެން މީހާ އަށް އެކަން ކުރެވުނީ ބަޔަކު އޭނާއަށް އަޮޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) އަށް ބޭބީ އޮއިލް ބޭނުންކޮށްގެން ޕްރޭންކް އަކަށް (ޖޯކަކަށް) ކަމަށް", އޭނާ ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް