13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އިރްފާން ޚާން

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

  • ދަރިފުޅު ފެނިގެންދާނީ ކެމެރާ އެސިސްޓަންޓެއްގެ ގޮތުގައި
  • މަސައްކަތްކުރާ ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވޭ
ރުޝްދާ ރަޝީދު | rushdhar

| 28 ފެބުރުވަރީ 2017 | އަންގާރަ 15:14 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި
  8. ޚަޝޯގީ އެންމެ ފަހުންބުނީ އޭނާ ހާސްވަނީއޭ: ރިޕޯޓަރެއް


އިރްފާން ޚާން: ދަރިފުޅު ވެސް ބޮލީވުޑަށް -- ގޫގުލް

ފިލްމީ ތަރި އިރްފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ބޮލީވުޑާއި ގުޅިއްޖެ އެވެ.

ފިލްމީ ތަރިއެއްގެ ދަރިއަކަށްވުމުން ގިނަ ބަޔަކު އުންމީދުކޮށްގެން ތިވީ ބާބިލް ވެސް ފެނިގެންދާނީ ކެމެރާގެ ކުރިމަތިން ކަމަށެވެ. ނަމަވެސް، ބާބިލް ކެމެރާ ކުރިމައްޗަށް އަރަން ބޭނުންނުވާ ކަމަށާއި އޭނާ ފެނިގެން ދާނީ ކެމެރާ އެސިސްޓަންޓެއްގެ ގޮތުގައި ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި، ބާބިލް ބޭނުންވަނީ ފިލްމް ހަދާ މީހަކަށް ވާން ކަމަށް ވެސް ބޮލީވުޑް ޚަމަރުތައް ބުނެއެވެ.

އެގޮތުން، ބާބިލްގެ މަސައްކަތް ފެނިގެންދާނީ ބައްޕަ އިރްފާންގެ ފިލްމުންނެވެ. އަދި، ނަމެއް ދީފައިނުވާ ފިލްމުގެ ޝޫޓިންގގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މާޗް މަހު ޝޫޓިންގ ނިމޭނެ ކަމަށް ބެލެވިފައިވާ އިރު، މި ފިލްމު ނެރޭނީ މިއަރު ފަހުކޮޅުގައި ކަމަށް ބެލެވިފައި ވެއެވެ.

އިރްފާންއަކީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ގިނަ ފިލްމްތަކެއްގައި ވެސް ފާހަގަކުރެވޭ ރޯލުތަކުން ފެނިގެން ގޮސްފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި އޮސްކާ ހާސިލްކުރި "ސްލަމްޑޯގް މިލިއަނާ" އާއި "ލައިފް އޮފް ޕައި"، "ދަ އެމޭޒިން ސްޕައިޑާ މޭން" އަދި "ޖުރަސިކް ވޯލްޑް" ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް