15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އޮސްކާ އެވޯޑްސް 2017

ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާލާ ލޭންޑަށް" ދީފި!

  • އެވޯޑް ހުށަހަޅައިދިން ވޮރެން ބީޓީ އަށް އޮޅިގެން ނުބައި ނަމެއް ކިޔުނުކަން އެނގުނީ އެވޯޑާ ހަވާލުވުމަށް ފިލްމުގެ ބައިވެރިން ސްޓޭޖަށް ވެސް އެރި ފަހުން
ރުޝްދާ ރަޝީދު | rushdhar

| 28 ފެބުރުވަރީ 2017 | އަންގާރަ 14:58 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އޮސްކާ އެވޯޑްސްގެ ތެރެއިން -- ގޫގުލް

އިއްޔެ ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި ބެސްޓް ޕިކްޗަރގެ އޮސްކާ އޮޅިގެން "ލާ ލާ ލޭންޑް" އަށް ދީފި އެވެ.

ބެސްޓް ޕިކްޗަރގެ އޮސްކާއަކީ މުޅި ރަސްމިއްޔާތުގައި ވެސް ދޭ އެންމެ ފަހު އަދި އެންމެ ޝަރަފްވެރި  އޮސްކާ އެވެ. އެވޯޑް ހުށަހަޅައިދިން ވޮރެން ބީޓީ އަށް އޮޅިގެން ނުބައި ނަމެއް ކިޔުނުކަން އެނގުނީ އޮސްކާ އެވޯޑްސްގެ ޕްރޮޑިއުސަރަކު ސްޓޭޖަށް އަރާ، އެކަން ސަމާލު ކަމަށް ގެނައުމުންނެވެ. އޭރު، "ލާ ލާ ލޭންޑް" ގެ ހުރިހާ ތަރިން އޮސްކާއާ ހަވާލުވުމަށް ސްޓޭޖަށް އަރާފައި ވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފިލްމްގެ ގޮތުގައި ހޮވާފައި ވަނީ "މޫންލައިޓް" އެވެ.

އެވޯޑްސް ޕްރޮޑިއުސަރ އޮސްކާ ޓްރޮފީ އާއި ކިއު ކާޑުކޮޅު ބީޓީ އަތުން އަތުލުމަށް ފަހު، މި އެވޯޑަކީ "މޫންލައިޓް" އަށް ލިބުނު ފިލްމެއް ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި، މިއީ ޖޯކެއް ނޫން ކަމަށް ބުނެ، ކިއު ކާޑުކޮޅުގައި އޮތް ނަން މުޅި އޯޑިއެންސަށް ފެންނާނޭހެން ވަނީ ދައްކާލާފަ އެވެ.

އޮސްކާގެ އިތުރުން މިދިޔަ ޑިސެމްބަރު މަހު ބޭއްވި މިސް ޔުނިވާސްގެ ހަފްލާގައި ވެސް ވަނީ މިފަދަ ކަމެއް ދިމާވެފައެވެ. އެ ފަހަރު އެނައުންސަރަށް އޮޅިގެން އެހެން މީހެއްގެ ނަން ވަނީ އިއުލާނުކުރެވިފައެވެ.

"މޫންލައިޓް" އަކީ އެމެރިކާގެ ކަޅު ނަސްލުގެ ކުއްޖެއް ފްލޮރިޑާ ސްޓޭޓްގެ މަޔާމީގައި އުޅެ ބޮޑުވާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. "ލާ ލާ ލޭންޑް" އަކީ ލޯބީގެ މިއުޒިކަލް ޑްރާމާ އެކެވެ.

"ލާ ލާ ލޭންޑް" އަށް ބެސްޓް ޕިކްޗަރގެ އޮސްކާ ނުލިބުނު ނަމަވެސް، ފިލްމްގެ ޑިރެކްޓަރ، ޑޭމިއަން ޗަޒެލް ވަނީ ބެސްޓް ޑިރެކްޓަރުގެ އޮސްކާ ހާސިލްކޮށްފަ އެވެ. އަދި، ފިލްމްގެ އަންހެން ލީޑް، އެމާ ސްޓޯން ވަނީ ބެސްޓް އެކްޓްރެސްގެ އޮސްކާ ހޯދާފައިވެ އެވެ. މީގެ އިތުރުން، "ލާ ލާ ލޭންޑް" އަށް ވަނީ ބެސްޓް ސިނަމެޓޮގްރަފީ، ބެސްޓް އޮރިޖިނަލް ސްކޯރ އަދި ބެސްޓް އޮރިޖިނަލް ސޯންގް ކެޓަގަރީތަކުން އޮސްކާ ލިބިފަ އެވެ. ބެސްޓް އެކްޓަރގެ އޮސްކާ ލިބިފައިވަނީ "މެންޗެސްޓަރ ބައި ދަ ސީ" އިން ކޭސީ އެފްލެކް އަށެވެ. ބެސްޓް ސަޕޯޓިންގ އެކްޓަރގެ އޮސްކާ "މޫންލައިޓް" ގެ މަހެރްޝާލާ އަލީ ކާމިޔާބު ކޮށްފައިވާ އިރު، ބެސްޓް ސަޕޯޓިންގ އެކްޓްރެސްގެ އޮސްކާ ކާމިޔާބު ކޮށްފައިވަނީ "ފެންސަސް" އިން ވަޔޯލާ ޑޭވިސް އެވެ.

"މެންޗެސްޓަރ ބައި ދަ ސީ" ވަނީ ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ ކާމިޔާބު ކޮށްފަ އެވެ. ބެސްޓް އެޑެޕްޓެޑް ސްކްރީންޕްލޭގެ ކެޓަގަރީ "މޫންލައިޓް" އިން ވަނީ ކާމިޔާބުކޮށްފަ އެވެ. އިރާނުގެ ފިލްމެއް ކަމަށްވާ "ދަ ސޭލްސްމަން" އަށް ބެސްޓް ފޮރިން ލެންގުއޭޖް ފިލްމްގެ އޮސްކާ ލިބިފައިވާ އިރު، "ޒޫޓޯޕިއާ" ހޮވިގެންދިޔައީ އެންމެ މޮޅު އެނިމޭޓެޑް ފީޗަރގެ ގޮތުގަ އެވެ. މިދިޔަ އަހަރު ނެރުނު "ޖަންގަލް ބުކް" އަށް ބެސްޓް ވިޝުއަލް އެފެކްޓްސްގެ އެވޯޑް ލިބުނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް